ފެނަކަ ކޯޕަރޭޝަންގެ ޗެއާމަންގެ މަގާމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ކުރިން އަދާކުރެއްވި އަހްމަދު ޝަހީރު ހަމަޖައްސަވައިިފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ޝަހީރު މި މަގާމަށާއި، އެ ކުންފުނީގެ ބޯޑު މެންބަރުކަމަށް ހަމަޖެއްސީ މި މަހުގެ އަށް ވަނަ ދުވަހުއެވެ.

Ad
rt

ޝަހީރު ވަނީ ކުރީގެ ރައީސް، އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމްގެ ސަރުކާރުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

އެސްޓީއޯގެ އެމްޑީކަމަށް ހަމަޖެއްސުމުގެ ކުރީން އޭނާ ވަނީ އެތަނުގެ އިސް ގިނަ މަގާމުތަކެއް ފުރުއްވައި، 29 އަކަށް އަހަރު އެ ކުންފުނީގައި މަސައްކަތް ކުރައްވާފައެވެ.

އާ ސަރުކާރުން ފެނައިގެ އެމްޑީއަކަށް ހަމަޖައްސާފައި ވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުއާޒު މުހައްމަދު ރަޝީދުއެވެ. އަދި އެ ކުންފުނީގައި ދެ ޑީއެމްޑީން ވެސް ތިއްބަވައެވެ.

އާ ސަރުކާރު ހަވާލުވިއިރު، ފެނަކަ އޮތީ ވަރަށް ހާލުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. އަދި އެ ކުންފުނީގެ ދަރަނި ކުޑަކޮށް، ކުންފުނި އަލުން ކޮޅަށް ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް ވަނީ ބުނެފައެވެ.