ހއ. ކެލާ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުން ހަޤީޤަތަކަށް ހަދައިދެއްވާނެކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ކެލާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކެލާ ފަޅުތެރޭގައި ތަރައްޤީކުރެވޭ ރިސޯޓުގެ ފައިދާ ކެލާއާއި މުޅި އަތޮޅަށް ކުރާނެކަމުގައި ވިދާޅުވެފައެވެ. ރާއްޖޭގައި ކާބޯތަކެތީގެ ޔަޤީންކަން ކަށަވަރުވާވަރަށް ދަނޑުވެރިކަން ތަރައްޤީކުރަން ސަރުކާ...
ޔުމްނާ ޢަލީ
ހއ. ބާރަށު ނެރު އަދި ބަނދަރު ސަރަޙައްދު ފުންކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ، މަސައްކަތުގެ 84 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ. އަދި ނެރު ފުންކުރުމާއި ބަނދަރު ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ، މަސައްކަތަށް ބޭނުންވާ ޖިއޯބޭގްގެ ޝިޕްމެންޓް މިހާރު ސައިޓަށް ގެންގޮސްފައިވާއިރު، ޖިއޯބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތުގެ 58 އިންސައްތަ ފުރިހަމަކުރެ...
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޭން ޓު ޕޭ ބޭނުންކޮށްގެން ބޮޑެތި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ. ބީއެމްއެލް ސްކޭން ޓު ޕޭ އަކީ އެ ބޭންކުގެ މޯބައިލް އެޕްލިކޭޝަނުގައި ހިމެނޭ ފީޗާއެކެވެ. މި ފީޗާ މެދުވެރިކޮށް ކިޔުއާރު ކޯޑު ސްކޭންކޮށްގެން ފައިސާ ދައްކާ ލެވެއެވެ. ބީއެމްއެލް އިން ބުނީ، ކަސްޓަމަރުންނަށް ފައިސާގެ މުއާމަލާތް ކުރާއިރު ޑައިނެމިކް އަދި ސްޓެޓިކް ކިއުރާރް ކޯޑު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި އަށް ހަފުތާއަށް ބަހާލައިގެން ކޮންމެ ހަފުތާއަކު […]
އަޙްމަދު ވަހީދު
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ގްރޫޕަކުން ގޮސް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލާގައި ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. ރ. މީދޫއަށް ނިސްބަތްވާ އަނަސްޖުލައި 31، 2017 ގައި މަރާލި މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުލަތުން ދައުވާކުރީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒާއި، ތ. ކިނބިދޫ ގުލްފާމުގޭ މުހައްމަދު […]
ހުސައިން ހަބީބް
ހއ. ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަށަފަރަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގެ ތެރޭގައި ވައުދުވެވަޑައިގެންނެވި ކަންކަމާއި އިތުރު ކަންކަން ވެސް ރައްޔިތުންނަށްޓަކައި ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ވަށަފަރު ބިން ހިއްކުމުގެ މަޝްރޫއަކީ ވެސް ކެމްޕެއިންގެ ތެރޭގައި ވެ...
މުޙައްމަދު
ރާއްޖެއަކީ ހަމައެކަނި މާލެ ކަމަށް ބަލައިގެން ގާނޫނުތައް ހެދުން ހުއްޓާލަން ޖެހޭ ކަމަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާ އަށް ވާދަކުރައްވާ ޙުސައިން ޘަޤީފް މިއަދު ވިދާޅުވެއްޖެއެވެ. އަންނަ މަހުގެ 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ޕީއެސްއެމް ނިއުސް އިން ގެނެސްދޭ “މަޖިލިސް ބަހުސް 2024” ގައި ވާހަކަ ދައްކަވަމުން ޘަޤީފް ވިދާޅުވީ ވައިކަރަދޫ ދާއިރާ އަށް އެންމެ ބޮޑަށް ބޭނުން ވަނީ […]
މުޙައްމަދު
ހއ. ދިއްދޫ ބިން ހިއްކައިގެން އެއާޕޯޓު އެޅުމުގެ މަޝްރޫއު ހަގީގަތަކަށް ހައްދަވައި ދެއްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ބޮޑުތިލަދުންމައްޗަށް ރައީސް މުއިއްޒު ފެއްޓެވި ދަތުރުފުޅުގައި ހއ. ދިއްދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ތެރޭގައި ދިއްދު އަށް ވަޑައިގެން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައި ދެއްވާނެ ކަމަށެވެ. ދިއްދޫގައި ކުރަން އޮތް އެންމެ މުހިންމު އެއް ކަމަކީ ސިއްހީ ނިޒާމު ވ...
މުޙައްމަދު
ވަރަށް ހަގު އުމުރުގައި ޤުރުއާން އުނގެނެން ފެށި ހއ.ދިއްދޫ ޝެހެނާއީ، ޢަބްދުالله ޒައިން ބިން މުޙައްމަދަކީ އެ އަތޮޅު ތައުލީމީ މަރުކަޒުގައި ތައުލީމީ ހާސިލް ކުރަމުން އަންނަ ދަރިވަރެކެވެ. ގިނަ ޤުރުއާން މުބާރާތްތަކެއްގައި މިހާތަނަށް ވާދަކޮށްފައިވާ ޒައިން މި މުބާރާތުގައި ބައިވެރިވާން ހިތުގައި ބޮޑު ޝައުގެއް އުފެދުނީ މި މުބާރާތަކީ އާންމުކޮށް ބޭއްވޭ މުބާރާތްތަކާއި ތަފާތު މުބާރާތަކަށްވެފައި، މި މުބާރާތުން ޤުރުއާނުގެ އިލްމު އިތުރަށް އުނގެނުމުގެ ފުރުސަތު ލިބިގެންދާތީއެވެ. ފާއިތުވި މުއްދަތުގައި ޒައިން ވަނީ ބައި...
އިބްރާހިމް ޚަލީލް
މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ) ރޭ އިފްތިތާހު ކޮށްފިއެވެ. މިޖަމިއްޔާގެ ރައީސްއަކީ މަޑުވަރިދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތުއެވެ. އަދި މިހަމިއްޔާގެ ޗެއަރޕާސަންއަކީ ޓްރާންސްޕޯޓު މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓްރ ސައުދުއެވެ. ޖަމިއްޔާގެ ނާއިބު ރައީސްއަކީ އަމިނަތު މުޒުނީނާއެވެ. އެމްޓީއޭއަކީ, ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތު ރަގަޅު ކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެންމެހާ ފަރާތްތަކަށް އެއްބާރުލުން ދީ, ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކުރިމަތިވާ ގޮންޖެހުންތައް...
މުޙައްމަދު
ހއ. އިހަވަންދޫ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެރަށުގެ ތަރައްޤީގެ މަސައްކަތްތަކަށް އިސްކަން ދެއްވައި، ރަށުގެ ރައްޔިތުންގެ އުއްމީދުތައް ޙަޤީޤަތަކަށް ހައްދަވައިދެއްވާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް އިއްޔެ ފެއްޓެވި ދަތުރުފުގައި ހަތަރު ވަނަ މަންޒިލެއް ގޮތުގައި އިއްޔެ އިހަވަންދޫ އަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ދެއްކެވިވާހަކަފުޅުގައި ވަނީ އެރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ގިނަގުނަ ކަންތ...
ޔުމްނާ ޢަލީ
ހއ. އުލިގަމުގެ ރައްޔިތުން މިވަގުތު އެންމެ އެދޭ ކަމަކީ ރަށުގައި އައު ޞިއްޙީ މަރުކަޒެއް ހެދިގެންދިއުންކަމަށް އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ތިން ވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. އުލިގަމަށެވެ. އެރަށުގައި ރަށު ކައުންސިލާއި އެކު ރައީސް ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ ކަންތައްތައް ރައީސް އަށް ދަންނަވާފައެވެ. […]
ޔުމްނާ ޢަލީ
ހއ. ތުރާކުނު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި އެ ރަށް ކައިރީގައި އޮންނަ އެ އަތޮޅު ވަނގާރު ހިމަނައިދޭން އެރަށު ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަރިހުގައި ދަންނަވައިފިއެވެ. ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުގައި ދެވަނަ މަންޒިލެއް ގޮތުގައި އިއްޔެ ވަޑައިގަތީ ހއ. ތުރާކުނަށެވެ. ރައީސް ތުރާކުނަށް ވަޑައިގެން އިއްޔެ ހަވީރު އެރަށު ސްކޫލްގައި އެރަށު ކައުންސިލާއެކު ބޭއްވެވި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެ ރަށަށާއި، ކައުންސިލަށް ބޭނުންވެފައިވާ […]
ޔުމްނާ ޢަލީ
ހއ. ހޯރަފުށީގެ ބިން ހިއްކުމަށް މިހާރު ބަޖެޓްކޮށްފައިވާ މިންވަރުން އެކަން ނުކުރެވޭނެ ކަމަށާއި، ނަމަވެސް އެރަށުގައި އެ މަޝްރޫޢު ހިންގައި ނިންމައި ދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވަނީ، ޖުމްލަ ގޮތެއްގައި ހޯރަފުށީގެ ތަރ...
ޔުމްނާ ޢަލީ
ސީޒަންގެ މެދަކާއި ހިސާބުން ވަރަށް ބޮޑަށް ނަތީޖާތައް ދަށްވެ ތާވަލުގެ ގަދަ ދެ ޓީމްގެ ތެރެއިން ބޭރުވެފައި ދުވަސްގަނޑެއްގައި އޮތިމަށްފަހު ނަތީޖާތައް ރަނގަޅުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ބާސެލޯނާ ޖެހިލައިފިއެވެ. ރޭ އަމިއްލަ ދަނޑުގައި ގެޓާފޭއާއި ބައްދަލުކުރި މެޗުގައި ބާސާއިން ވަނީ މޮޅު ކުޅުމެއް ދައްކައި 4-0 ގެ ނަތީޖާއިން މެޗު ކާމިޔާބު ކޮށްފައެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ބާސާ ދެވަނާގައި އޮތީ 26 މެޗުން ހޯދި 57 ޕޮއިންޓާއި އެކުގައެވެ. އެއްވަނާގައި އޮތް […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު މަޝްރޫ އިހަވަންދިއްޕޮޅުގައި ފަށަން ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ހއ، ހދ، ށ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރަތަމަ މަންޒިލެއްގެ ގޮތުގައި އިއްޔެ ހޯރަފުށްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިގޮތުގައި، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ، މަސްވެރިކަމުގެ އިންޑަސްޓްރީ، ދަނޑުވެރިކަމުގެ އިންޑަސް...
ޔުމްނާ ޢަލީ
ޒޯން-1 ގެ އެންމެ ކާމިޔާބު ޓީމް ކަމަށްވާ، އެންމެ ފަހުގެ ދެ އަހަރުގެ ވެސް ޗެމްޕިއަންކަން ހޯދި ވަރުގަދަ ނައިވާދޫ ބަލިކޮށް “ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖު 2024” ގެ ޒޯން އެކެއްގެ ޗެމްޕިއަންކަން އުތީމުން ކާމިޔާބު ކޮށްފިއެވެ. އުތީމާއި ނައިވާދޫ ބައްދަލުކުރި ފައިނަލް މެޗު ރޭ ކުޅެފައިވާއިރު، މި މެޗު ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި އުތީމުން ނައިވާދޫގެ މައްޗަށް […]
އިބްރާހިމް ޚަލީލް
އިހަވަންދިއްޕޮޅުގައި ބަންކަރިން ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ. އުތުރުގެ ހަތަރު އަތޮޅަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ހޯރަފުއްޓަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވެވި ޖަލްސާގައި މިނިސްޓަރު ސައީދު ވިދާޅުވީ ދެތިން ހަފްތާގެ ތެރޭގައި ދުނިޔޭގެ 10 ވަނައިގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ކުންފުންޏަކާ އެކުގައި އެއްބަސްވު...
މުޙައްމަދު
ލ. ގަމުގައި ދިވެއްސަކު ނިޔާވެފައި އޮއްވައި މިއަދު ފެނިއްޖެއެވެ. ފުލުހުން ބުނީ ގަން، މަތިމަރަދޫ ފޮއްތޭ ހަޓް އިރުމަތީ ފަރާތު ގޮނޑުދޮށުގައި ހަބަރު ހުސްވެފައި އޮތް މީހެއްގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މެންދުރު 12:15 ހާއިރު ކަމަށެވެ. މި މީހާ ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ ނިޔާވެފައި ކަމަށް ފުލުހުން ބުންޏެވެ. ނިޔާވެފައި ވަނީ އުމުރުން 86 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންކަން […]
މުޙައްމަދު