މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,476 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 794 ވަނަ ޞަފްޙާ

އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި

އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024ގައި އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް އިތުރު ފުރުސަތެއް ދީފިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ވަނީ އޮބްޒާވަރުންނާއި މޮނިޓަރުންނާއި އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށް ވުމަށް ފޯމު ފުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލާފައި ވަނީ މާދަމާއިން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ 13:30ގެ ނިޔަލަަށެވެ. އޮބްޒާވްކުރުމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން މޮނިޓަރަކަށް ވުމަށް އެދި ފޯމު ހުށަހެޅ...

ޔުމްނާ ޢަލީ
އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރަކަށްވުމަށް އާންމު ހިއްސާދާރުންނަށް ހުޅުވާލައިފި

އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ހޮވާނީ އެއް މެންބަރުންނެވެ. މި ޑިރެކްޓަރު ހޮވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެެވެ. ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިއްބަވައެވެ. އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އެ ކުންފުނީގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެހިންނަށެވެ. އަދި ވިޔަފާރި އާއި ހިނ...

އަޙްމަދު ވަހީދު
ބާޒާރުގައި މިރުހުގެ އަގު ހެޔޮވާން ފަށައިފި

ބާޒާރުގައި މިރުހުގެ އަގު ހެޔޮވާން ފަށައިފި

ރޯދަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި އަގު ބޮޑުކޮށް ވިއްކަން ހުރި މިރުސް ކިލޯއެއްގެ އަގު ހެޔޮ ވާން ފަށައިފިއެވެ. ރޯދަމަސް ފެށުނުއިރު މިރުހުގެ އަގު ހުރީ ކިލޯއެއް 700ރ. އާއި 800ރ. އާ ދެމެދުގައެވެ. ރޯދަ މަހުގެ ދެވަނަ ދުވަހު މިރުސް ކިލޯއެއްގެ އަގު 900ރ. އަށް ވެސް އެރިއެވެ. އެކަމަކު، ހަފްތާއެއްހާ ދުވަސް ފަހުން، ބާޒާރުގައި މިރުސް ކިލޯއެއްގެ އަގު ވަނީ 400ރ. އާއި 600ރ. އާ ދެމެދުގައެވެ. ރަމަޟާން މަހުގެ ތެރޭގައި އެންމެ […]

މުޙައްމަދު
1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި 3 މީހަކަށް ދައުވާކުރަން ފޮނުވައިފި

މީހެއްގެ އެކައުންޓު މެދުވެރިކޮށް މަކަރާއި ހީލަތުން 1.8 މިލިއަން ރުފިޔާ ފޭރުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފިއެވެ. އެ ފައިސާތައް ފޭރިގަނެފައި ވަނީ ފޯނާއި ބީއެމްއެލް އެޕްގެ ޕާސްވޯޑު އެނގޭ މީހެއް މެދުވެރިވެގެންނެވެ. އަދި މި މައްސަލަ ހުށަހެޅިތާ 48 ގަޑިއިރުގެ ތެރޭގައި 1.6 މިލިއަން ރުފިޔާ ވަނީ ރިކަވާކޮށް ވެރިފަރާތާ ހަވާލުކޮށްފައެވެ. މި މައްސަލައިގައި 16 އަހަރުގެ ކުޑަ ކުއްޖަކާއި 23 އަހަރުގެ ފިރިހެނަކާއި 24 […]

މުޙައްމަދު
އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބުލް ޝާކްސް އާއި ވެޓަރަންސް ސެމީއަށް

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބުލް ޝާކްސް އާއި ވެޓަރަންސް ސެމީއަށް

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ސެމީ ފައިނަލަށް އެންމެ ފުރަތަމަ ދަތުރު ކުރި ދެ ޓީމުގެ ތެރޭގައި އެޗްވައިއެމްގެ ދެ ޓީމު ކަމަށްވާ ބުލް ޝާކްސް އާއި ވެޓަރަންސް ހިމެނިއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި އެޗްވައިއެމް ވެޓަރަންސް ވަނީ 6-3 އިން ޓީމް އެފްއެފް ބަލިކޮށްފައެވެ. ވެޓަރަންސްގެ ލަނޑުތަކުގެ […]

މުޙައްމަދު
އޮސަސޫނާ ބަލިކޮށް ރެއާލަށް އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް

އޮސަސޫނާ ބަލިކޮށް ރެއާލަށް އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި އޮސަސޫނާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ދިހަ ޕޮއިންޓްގެ ލީޑެއް ރެއާލުން ހޯދައިފިއެވެ. އޮސަސޫނާގެ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކުރީ 4-2 ގެ ނަތީޖާއިންނެވެ. މިވަގުތު ރެއާލް އެއްވަނާގައި އޮތީ ކުޅުނު 29 މެޗުން ހޯދި 72 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ޖިރޯނާއަށް 29 މެޗުން ލިބިފައި ވަނީ 62 ޕޮއިންޓެވެ. ރޭ ޖިރޯނާއާއި ގެޓާފޭ ބައްދަލުކުރި މެޗު ކާމިޔާބު ކޮށްގެން […]

އިބްރާހިމް ޚަލީލް
''ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ''

''ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލު ލިބޭނެ''

ހިޔާ ފްލެޓްތަކުގެ ލިފްޓްތައް ހަރުކުރުމުގެ މަޝްރޫޢު ނިމޭއިރު ބަލިމީހުން އުފުލުމުގެ ކަންކަމަށް ހައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް ޑރ. މުއިއްޒު އެގޮތަށް ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓްގައި ގދ.ގައްދޫ، ކައިރުގޭ، މުޙައްމަދު ލަބީބު، ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. ލަބީބު ސުވާލުކޮށްފައި ވަނީ، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓުތައް ހ...

ޔުމްނާ ޢަލީ
އީސީގެ އައު ވެބްސައިޓް ލޯންޗްކޮށްފި

އީސީގެ އައު ވެބްސައިޓް ލޯންޗްކޮށްފި

އިލެކްޝަންސް ކޮމިޝަން (އީސީ) އިން އައު ވެބްސައިޓެއް ފަރުމާކޮށް ބޭނުންކުރަން ފަށައިފިއެވެ. އީސީން މިއަދު ބުނީ އެ ކޮމިޝަންގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ އައު ވެބްސައިޓުގެ ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ. އީސީގެ އައު ވެބްސައިޓްގެ ލިންކް: https://www.elections.gov.mv އީސީއަކީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތ...

ޔުމްނާ ޢަލީ
ފަވަރަ މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ލިމިޓް ދެ ލައްކައަށް ބޮޑުކޮށްފި

ފަވަރަ މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ލިމިޓް ދެ ލައްކައަށް ބޮޑުކޮށްފި

އިންސްޓަންޓް ޕޭމަންޓް ސިސްޓަމް “ފަވަަރަ” މެދުވެރިކޮށް ޓްރާންސްފާ ކުރެވޭ ފައިސާގެ ލިމިޓު 200،000 ރުފިޔާއަށް ބޮޑުކޮށްފިއެވެ. މީގެ ކުރިން ފަވަރަ މެދުވެރިކޮށް އެންމެ ބޮޑުކޮށް ޓްރާންސްފާކުރެވެނީ 50،000 ރުފިޔާއެވެ. އަދި، ރިކުއެސްޓް ފޮނުވޭނެ އެންމެ މަތީ އަދަދަކީ 5،000 ރުފިޔާއެވެ. ފަވަރައަށް ގެނައި ބަދަލާ އެކު މިހާރު ފަވަރަ މެދުވެރިކޮށް އެއް ބޭންކުން އަނެއް ބޭންކަށް 200،000 ރުފިޔާއާ ހަމައަށް ޓްރާންސްފާ ކުރެވޭނެއެވެ. އަދި، 10،000 ރުފިޔާއާ ހަމައަށް ރިކުއެސްޓް ކުރެވޭނެއެވެ. “ފަވަރަ”އަކީ ފަސޭހަ، އަވަސް އަދި...

އަޙްމަދު ވަހީދު
އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ

އުތީމު އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް މި މަހު 19 ގައި ފަށަނީ

ތިލަދުންމަތީ އުތުރުބުރީ އުތީމް ކައުންސިލާއި އެރަށުގެ ޖަމިއްޔާއެއްކަމަށްވާ ވިންގާރސް ގުޅިގެން ކުރިއަށް ގެންދާ “އުތީމް އެންމެ އަލިގަދަތަރި ޤުރުއާން މުބާރާތް 1445” އަންނަ އަންގާރަ ދުވަހު (19 މާޗް 2024) ފަށާނެއެވެ. ހުރިހާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލި މި މުބާރާތުގައި އުތީމް ސްކޫލާއި ޕްރީސްކޫލުން 55 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަދި މަދަރުސީ ތައުލީމް ނިންމާފައިވާ 5 ފަރާތަކުން ވެސް ވަނީ ބައިވެރިވެފައެވެ. މުބާރާތް ކުރިއަށް ގެންދަނީ އެންމެ އަލިގަދަތަރިއަށް ވާދަކުރާ ބައިގައި ޕްރީސްކޫ...

އިބްރާހިމް ޚަލީލް
ދެވަނަ ފުރުސަތުގައި ރީ ރަޖިސްޓްރީވީ 10،000 މީހުން، ވޯޓު ފޮށި ބަހައްޓާނީ 3 ގައުމުގައި

ދެވަނަ ފުރުސަތުގައި ރީ ރަޖިސްޓްރީވީ 10،000 މީހުން، ވޯޓު ފޮށި ބަހައްޓާނީ 3 ގައުމުގައި

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓުލުމަށް ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލި ދެވަނަ ފުރުސަތުގައި 10،000 މީހުން ރީ ރަޖިސްޓްރީ ކޮށްފައިވާ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. އަންނަ މަހު 21 ވަނަ ދުވަހު އޮންނަ މަޖިލީސް އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައި އޮތް ތަން ނޫން އެހެން ތަނަކަށް ރީރަޖިސްޓާކުރަން ހުޅުވައިލި ހަ ދުވަހުގެ މުއްދަތުގެ ހަމަވީ އިއްތެ މެންދުރު ފަހު 3:00 އަށެވެ. އީސީން ބުނި ގޮތުގައި ވޯޓުލާން 10،028 މީހުން ވަނީ ރީރެޖިސްޓާވެފައިވެއެވެ. އީސީން […]

އަޙްމަދު ވަހީދު
ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (46)

ސިލްސިލާ ވާހަކަ: ރުހެވޭނީ ކޮންހިތަކުން؟ (46)

ކުރީގެ އަދަދާ ގުޅޭ: ” ކިހިނެއްވީ؟ އަހަރެންގެ އަތުން ކާލަބަ” ނުހަނު ލޯތްބާއެކު ޒޯޔާ ބުންޏެވެ. ވަގުތަކީ ޒާރާ އައިސް ދޮރު ހުޅުވާލި ވަގުތެވެ. ސިހިފައި ޒޯޔާގެ އިތުރުން މުއާޒަށްވެސް ބަލައިލެވުނީ ޒާރާގެ މޫނަށެވެ. މުއާޒްއާ ދާދި ގާތުގައި ހުރި ޒޯޔާއަށް ބަލަމުން ޒާރާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. “ޒާ؟” ސުވާލުން ފުރިގެންވާފަދަ ގޮތަކަށް މުއާޒް ޒާރާއަށް ގޮވާލިއެވެ. “ކިހިނެއްވީ؟ އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ މިހުރީ ކާކު؟” ގަދަކަމުން ހިނިތުންވެލަމުން ޒާރާ ވާހަކަ ދެއްކިއެވެ. […]

ސަލާމާ ޢަބްދުލް ޢަލީމް
އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް މޮޅުވެއްޖެ

އެޗްވައިއެމް ފުޓްސަލް ޗެލެންޖު: ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް މޮޅުވެއްޖެ

ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގައި އެޗްވައިއެމް ބްލެކް ފްލޭޝް އާއި ޓީމް އެފްއެފް ރޭ މޮޅުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ބްލެކް ފްލޭޝް މޮޅުވީ 5-2 އިން ހުޅުމާލެ ހޮސްޕިޓަލް ބަލިކޮށްގެންނެވެ. ބްލެކް ފްލޭޝްގެ ލަނޑުތަކުގެ ތެރެއިން ރަމީޒް މުސްތަފާ (ރަންޓެ) އާއި މުހައްމަދު އިހުސާން ސައީދު (ލިއުބީ) ވަނީ ދެ ލަނޑު ޖަހައިފައެވެ. ބްލެކް […]

މުޙައްމަދު
ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީން ލިބޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީން ލިބޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ދިވެހިރާއްޖޭގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމަށް ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު، ރޭ ޝުކުރު އަދާކުރައްވައިފިއެވެ. ތުރުކީވިލާތުގެ ރައީސަށް، ރައީސް މުޢިއްޒު ޝުކުރު އަދާކުރެއްވީ މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެއަރ ކޯރ އަދި އަންމޭންޑް އޭރިއަލް ވެހިކަލްސް އިފުތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކ...

ޔުމްނާ ޢަލީ
ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތުގެ ދެވަނަ ބުރަށް ބައިވެރިން ހޮވައިފި

ހއ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ހއ.އަތޮޅު ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ދި-ފައުންޑޭޝަން ހއ.އަތޮޅުގެ އެންމެ އަލިގަދަ ތަރި ޤުރުއާން މުބާރާތް 1445” ގެ ދެވަނަ ބުރަށް ބައިވެރިން ހިވައިފިއެވެ. މުބާރާތުގެ ފުރަތަމަ ބުރުގެ ދެވަނަ ކިޔުން ރޭ ބާއްވާފައިވާއިރު، ރޭ ކުރިއަށް ގެންގޮސްފައި ވަނީ ހިތުން ކިޔުމުގެ ބައެވެ. ހުރިހާ ބައިވެރިން ކިޔަވާ ނިމުމުން ރޭ ޝޯގައި ވަނީ ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށް ދެވަނަ ބުރަށް ބައިވެރިން ހޮވާފައެވެ. މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ […]

އިބްރާހިމް ޚަލީލް
ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި

ކަނޑުދަތުރުވެރީންނަށް ޚާއްޞަ "ރަސް އައިނު" އެޕް ލޯންޗުކޮށްފި

މަސްވެރިންނާއި ދަތުރުވެރީންނަށް ޚާއްޞަކޮށް އުފައްދާފައިވާ މޯބައިލް އެޕްލިކޭޝަން “ރަސް އައިނު” ރޭ އިފުތިތާޙުކޮށްފިއެވެ. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކަށް އެހީއެއްގެ ގޮތުގައާއި، ދިވެހި ކަނޑުތައް ރައްކާތެރިކަމާއެކު ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތަށް ފަސޭހަކުރުމުގެ ގޮތުން “ރަސް އައިން” ނަމުގައި ފަރުމާކޮށްފައިވާ މި އެޕް އިފްތިތާޙްކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ. ސިފައިންގެ ވައިގެ ބާރާއި، ޔޫއޭވީ ސިފައިންގެ ޚިދުމަތް ތައާރުފު ކުރުމަށް، މާފަރު ބައިނަލްއަޤްވާ...

ޔުމްނާ ޢަލީ
ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި

ރާއްޖޭގައި ޔޫ.އޭ.ވީ ސިފައިންގެ ޚިދުމަތަށް ތަޢާރުފުކޮށްފި

ދިވެހިރާއްޖޭގައި އަންމޭންޑް އޭރިޔަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ. ދިވެހިރާއްޖޭގައި ޔޫއޭވީ ސިފައިންގެ ޚިދުމަތް ތަޢާރުފުކޮށްދެއްވީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި އެމްއެންޑީއެފުން ދިވެހިރާއްޖޭގެ ވައިގެ ސަރަހައްދު ބަލަހައްޓަން ފެށްޓެވުމުގެ ޤަރާރުގައި ސިފައިންގެ އެންމެ މަތީ ވެރިޔާ، ރައީސް ޑރ. މުޢިއްޒު ވަނީ...

ޔުމްނާ ޢަލީ
ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި

ދިވެހި ސިފައިންގެ ވައިގެ ބާރެއް އުފައްދައި އިފްތިތާޙްކޮށްފި

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ކޮމްބެޓް އެންޑް މެނޫވަރ ފޯސްތަކުގެ ތެރޭގައި ވައިގެ ދިފާޢުއަށް ޒިންމާވާ ބާރެއްގެ ގޮތުގައި އެމްއެންޑީއެފް އެއަރ ކޯރ (ދިވެހި ސިފައިންގެ ވައިގެ ބާރު) އުފައްދަވައި، ރޭ އިފުތިތާހުކޮށްފިއެވެ. ދިވެހި ސިފައިންގެ ވައިގެ ބާރު، އެމްއެންޑީއެފް އެއަރ ކޯރ އިފުތިތާހުކޮށްދެއްވާފައި ވަނީ، މާފަރު ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާ...

ޔުމްނާ ޢަލީ