ރޯދަމަހު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުން އޮފީހުގެ ބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކޮށްފި އެވެ. ޕީޖީ ހުސައިން ޝަމީމް އޭނާގެ ބްލޮގްގައި ލިޔުއްވާފައިވާ ގޮތުން މޮބައިލް ފޯނާ ނުލައި އުޅެން ދަސްކުރުމުގެ ގޮތުން ރޯދަމަހު އެ އޮފީހުގެ މުވައްޒަފުންބައްދަލުވުންތަކަށް މޮބައިލް ފޯނު ވެއްދުން މަނާކުރީ ބައްދަލުވުންތަކުގައި ދެއްކެވޭ ވާހަކަތަކާއި ކުރަންޖެހޭ މަސައްކަތްތަކަށް ސަމާލުކަން ހޯދުމަށް ކަމަށެވެ. އެއީ އާންމުންނަށް ލަގްޒަރީ ފެންވަރުގެ ހިދުމަތެއް ދިނުމަށް މުހިންމު ކަމެއް ކަމަށް އޭ...
ހުސައިން ހަބީބް
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް އެ އަތޮޅު މާފަހިން ހަދިޔާކޮށްފިއެވެ. ހއ.މާފައްސަކީ ސީގަލް ގްރޫޕުގެ ފަރާތުން ދަނޑުވެރިކަން ކުރަމުން އަންނަ ރަށެކެވެ. ސީގަލް ގްރޫޕްގެ ފަރާތުން އިހަވަންދޫ ފެހިކުރުމަށް ބޭނުންވާ ގަސް ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން ވަނީ 205 ގަސް ހަދިޔާކޮށްފައެވެ. ހަދިޔާކޮށްފައިވާ ގަސްތަކުގެ ތެރޭގައި ހިޔާލިބޭފަދަ ގަސްތަކާއި ބަގީޗާ ގަސްތައް ހިމެނެއެވެ. އިހަވަންދޫ ފެހިކުރުމުގެ ޕްރޮގްރާމާއި ގުޅޭގޮތުން މައުލޫމާތު ދެމުމުން އެ ރަށު ކައުންސިލުގެ ރައީސް އަހްމަ...
އިބްރާހިމް ޚަލީލް
ވައިގެ މަގުން ރާއްޖެ އައި ފަސިންޖަރެއްގެ ލަގެޖުން 5 ކިލޯ އަށްވުރެ ގިނަ ޑްރަގް އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި މަހުގެ 12 ވަނަ ދުވަހު ރާއްޖެ އައި ފަސެންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެ ފަސިންޖަރަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 56 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ލަގެޖުން 5.30 ކިލޯގެ މަސްތުވާތަކެތި ހޯދައި، އަތުލައިގެންފައިވާކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެމީހާ އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެ އަށް ދަތުރުކުރި […]
ޔުމްނާ ޢަލީ
ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ސެމީ ފައިނަލް މެޗުތައް މިރޭ ކުޅުމަށް ހަމަޖެހިއްޖެއެވެ. މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ވެޓަރަންސް އާއި އެޗްވައިއެމް ބްލެކް ފްލޭޝްއެވެ. ދެވަނަ މެޗުގައި މިރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް އާއި ޓީމް އެފްއެފްއެވެ. ބުލް ޝާކްސްއަކީ މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނެވެ. […]
މުޙައްމަދު
ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) ކުންފުންޏަށް 78 މިލިއަން ރުފިޔާ ދައްކަން ކޮށްފައިވާ ހުކުމް ބާތިލްކޮށް، ޕަބްލިކް ސާވިސް މީޑިއާ ހިމަނައިގެން އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބިގަށް 78 މިލިއަން ދައްކަން 2016 ވަނަ އަހަރު ސިވިލް ކޯޓުން ހުކުމްކުރީ 2010 ވަނަ އަހަރު މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އިން ދައުލަތުގެ މީޑިއާ ހިންގި ދުވަސްވަރު ބިގާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ މައްސަލައިގަ އެވެ. އޭގެ […]
ހުސައިން ހަބީބް
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރަން ނިންމެވި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު އަލުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތަކަށް އެދި ހައި ކޯޓަށް ހުށަހަޅުއްވައިފި އެވެ. ޑިމޮކްރެޓްސްގެ ފަރާތުން ހިތަދޫ މެދު ދާއިރާ އަށް ވާދަކުރަން އަހުމަދު ރަޝީދު ނަން ހުށަހެޅުއްވުމަށް ފަހު ނަން އަނބުރާ އޭރު ގެންދެވި އެވެ. އަދި އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިހާރު އޮތީ ހަމަވެފަ އެވެ. މަޖިލިސް އިންތިހާބު ރޯދަ މަހުގެ ފަހަށް ތާވަލު ކުރުމުން […]
ހުސައިން ހަބީބް
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތައް ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ވަރަށް އަވަހަށް ގާއިމު ކުރައްވާނެ ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުން ކޮންމެ ދުވަހަކު ހެން ގެނެސްދެމުން އަންނަ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ސެގްމަންޓުގައި ހިޔާ ފްލެޓެއްގައި ދިރިއުޅޭ މީހަކު ކުރި ސުވާލެއްގައި ބުނެފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމުން ކަންބޮޑުވާ ކަމަށެވެ. އެހެންވެ، އެ ސަރަހައްދުގައި ކުޅި...
މުޙައްމަދު
ކާށިދޫގައި އަލިފާނުގެ ހާދިސާއެއް ހިނގައި ދޯނިތަކެއް އަނދައި ހުލިވެއްޖެއެވެ. މިހާދިސާއާއި ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، ކ.ކާށިދޫ އެއްގަމަށް އެހެލާފައި އޮތް ދޯނިތަކެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ”މި ހާދިސާގައި އެންމެ ފުރަތަމަ 00:56 ހާއިރު މަޢުލޫމާތު ލިބިފައިވަނީ އެ ރަށުގައި ވަކިންހުރި އޮޑިހަރުގެއެއްގައި އެހެލާފައިހުރި ދޯނިތަކެއްގައި އަލިފާން ރޯވެ އަދަމުންދާކަމަށް، އިތުރު ސަރަހައްދަކަށް އަލިފާން ފެތުރުމުގ...
ޔުމްނާ ޢަލީ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުންގެ ފޮޓޯ އާއި ވީޑިއޯ ހިއްސާ ކުރުމަށް މާލެ ސިޓީ ކައުންސިލުން އެދިއްޖެއެވެ. މާލެ ސިޓީ ކައުންސިލުން “އެކްސް” ގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ މަގުމަތީގައި އަދިވެސް ކުނިތައް ބަހައްޓަމުން ގެންދާ ކަމަށެވެ. އެހެންވެ، ހިނގާ ބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ދުވާރު މަތީގައި އާއި ގޯޅި ކަންމަތީގައި ވެސް ކުނިތައް ބަހައްޓާ ކަމަށް ބުނެފައިވެއެވެ. އެފަދަ ކަންތައްތައް ކުރާ މީހުން ހޯދުމުގެ މަސައްކަތް ކައުންސިލުން މިހާރު […]
މުޙައްމަދު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އަންނަ މަހުގެ 21 އަދި 22 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ. ވިހި ވަނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އޭޕްރީލް 21 ގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމައިފައެވެ. ރައީސް އޮފީހުން ބުނީ މަޖިލިހުގެ އިންތިހާބުގެ ވޯޓުލުމުގެ މަސައްކަތާ ގުޅިގެން ދެ ދުވަސް ސަރުކާރު ބަންދު ދުވަހުގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ހަމަޖައްސަވާފައިވާ ކަމަށެވެ. […]
މުޙައްމަދު
ކުރީގެ އަދަދާ ގުޅޭ: ” މަންމަމެން ޤަބޫލު ނުކުރިޔަސް ހަގީގަތް ހާމަ ކުރަން އެބަ ޖެހޭ… ޖުމާ އެދުވަހު މާހިލްގެ ބޮލުގައި އެޅުވީ ދޮގު ތުހުމަތެއް ނޫން މަންމާ! އެއީ ތެދު. މިއަދު މާހިލް ޒާރާ ގާތު ވެސް އެކަމަށް އެބަ އެއްބަސް ވޭ.” އަސަރާއެކު މާހިލް ބުނެލިއެވެ. އެއާއެކު ކަފީލާއަށް ފުންމައިގެން ތެދުވެވުނެވެ. އަދި ޒާރާގެ މޫނަށް ބަލަހައްޓައިގެން އޭނާ ހުރީ ދެލޯ ބޮޑުކޮށްގެންނެވެ. ޒާރާއަށް އިސްޖަހާލެވުނެވެ. “އަހަންނަށް ހިއެއް ނުވެ ތިއީ ތެދެއް ހެންނެއް. […]
ސަލާމާ ޢަބްދުލް ޢަލީމް
“ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ”ގެ ނަމުގައި އާ އިދާރާއެއް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފިއެވެ. މިއީ ގާނޫނުއަސާސީގެ 116 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ދަށުން ހޯމްލޭންޑް މިނިސްޓްރީގެ ދަށުން ހިންގާ ގޮތަށް އުފެއްދި އިދާރާއެކެވެ. ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ގާއިމް ކުރީ، ދައުލަތާއި ރައްޔިތުންގެ ސައިބާ ސެކިއުރިޓީއާ ގުޅުން ހުރި އެންމެހާ ކަންތައްތަކުގައި ފާރަވެރިވުމަށެވެ. އަދި ގައުމީ ފެންވަރުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި މަ...
މުޙައްމަދު
މާލޭގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައި ހުރި ޕެލެޓްތައް ނަގަން ފަށައިފިއެވެ. މާލެ ސިޓީ ކައުންސިލްގެ “އެކްސް” އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ މާލޭގެ މަގުތަކުގައި ޕާކުކުރަން އޮންނަ ޖާގަތަކުގައި ގިނަ އަދަދަކަށް ޕެލެޓް ބަހައްޓާފައި ހުންނަ މައްސަލައިގައި އެ ޕްލެޓުތައް ނަގަމުންދާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އާންމުކޮށްފައެވެ. ބޮޑުތަކުރުފާނު މަގުގައި ހުރި ކުނި އަދި ޕެލެޓުތައް ނަގާ ސާފުކުރުން pic.twitter.com/TDmyBm58i6 — Malé City Council (@MaleCitymv) March 18, 2024 ފޮޓޯތަ...
މުޙައްމަދު
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި 602 ވޯޓު ފޮށި ބަހައްޓަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ. މިފަހަރުގެ މަޖިލިސް އިންތިހާބު އޮންނާނީ އަންނަ މަހުގެ 21 ގައެވެ. މަޖިލީސް އިންތިހާބުގެ ރީ-ރެޖިސްޓްރޭޝަނަށް މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ހަމަވިއިރު، އީސީން ވަނީ ވޯޓު ފޮށި ބަހައްޓާ ތަންތަނުގެ މައުލޫމާތު އާންމުކޮށްފައެވެ. އެގޮތުން 602 ވޯޓު ފޮށީގެ ތެރެއިން މާލޭގައި 181 އަދި ހުޅުމާލޭގައި 51 ވޯޓު ފޮށި ބަހައްޓައެވެ. އަދި ވިލިމާލޭގައި 9 […]
މުޙައްމަދު
ހުޅުމާލެ ޔޫތު މޫވްމަންޓް (އެޗްވައިއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ “އެޗްވައިއެމް ރަމަޟާން ޔުނިޓީ ފުޓްސަލް ޗެލެންޖް 1445” ގެ ސެމީ ފައިނަލްގައި ކުޅޭ ހަތަރު ޓީމު ކަށަވަރުވެއްޖެއެވެ. ހުޅުމާލެ ރެހެންދި އެއް ނަމްބަރު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މާދަމާރޭ 22:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބްލެކް ފްލޭޝް އާއި އެޗްވައިއެމް ވެޓަރެންސެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗުގައި މާދަމާރޭ 23:15 ގައި ބައްދަލު ކުރާނީ އެޗްވައިއެމް ބުލް ޝާކްސް […]
މުޙައްމަދު
އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މެންބަރުން އައްޔަންކުރުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭގޮތަށް އީސީގެ ގާނޫނަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ. އީސީގެ ޤާނޫނަށް މި އިސްލާޙް ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ އެމްޑީޕީ މެންބަރު ޔޫނުސް އަލީއެވެ. 2008 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ވަނަ ދުވަހު ޢަމަލުކުރަން ފެށި އިލެކްޝަން ކޮމިޝަންގެ ޤާނޫނުގައި ބުނާގޮތުން އެ ކޮމިޝަނަށް މެންބަރުން ޢައްޔަންކުރާނީ، ރައީސުލްޖުމްހޫރިއްޔާއެވެ. އަދި ކޮމިޝަނަށް އައްޔަނުކުރުމަށްޓަކައި މަޖިލީހުން ފާ...
ޔުމްނާ ޢަލީ
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗީޕް އެގްޒެކްޓިވް އޮފިސަރ (ސީއީއޯ) އަދި މެނޭޖިން ޑިރެކްޓަރު އަހްމަދު ސަމާހް ރަޝީދު ވަގުތީގޮތުން މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ. އެކަން ހާމަކޮށްފައި ވަނީ ދައުލަތުގެ ކުންފުނިތަކުގެ ބެލެނިވެރިޔާ، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ. އެ ނޫސްބަޔާނުގައި ބުނެފައިވާގޮތުން މިފްކޯގެ ސީއީއޯ އަދި އެމްޑީ ސަމާހް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރިކުރީ އޭނާ އާއި ގުޅޭގޮތުން ކޯޕ...
ޔުމްނާ ޢަލީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަގު ހެދުމުގެ މަސައްކަތް އެމްއޭސީއެލުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ ހަވާލުކޮށްފިއެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރެވެ. މި އެއްބަސްވުމުގެ ދަށުން އެއާޕޯޓުގެ މަގުތައް މަރާމާތު ކުރުމާއި ރީސާފަސް ކުރުމުގެ މަސަ...
އަޙްމަދު ވަހީދު