އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލު ކުރާނެ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެސްޓީއޯގެ އާންމު ހިއްސާދާރުންގެ ތެރެއިން ބޯޑަށް ހޮވާނީ އެއް މެންބަރުންނެވެ. މި ޑިރެކްޓަރު ހޮވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެެވެ.
ސަރުކާރުގެ ފަރާތުން އެސްޓީއޯ ބޯޑުގައި ހަ މެންބަރުން ތިއްބަވައެވެ.
އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލެވޭނީ އެ ކުންފުނީގެ ހިއްސާ އޮންނަ، އުމުރުން 30 އަހަރު ވެފައިވާ ދިވެހިންނަށެވެ. އަދި ވިޔަފާރި އާއި ހިންގުމުގެ ދާއިރާ އިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ހިއްސާދާރުން އެ މަގާމަށް ކުރިމަތިލުމަށް އެސްޓީއޯއިން އެދެއެވެ.
ވީހާ ވެސް ގިނަ އަންހެންނުން ބޯޑުގެ މެމްބަރުކަމަށް ޝައުގުވެރިކަން ފާޅުކޮށް، އިންތިހާބުގައި ވާދަކުރުމަށް ވެސް އެ ކުންފުނިން އެދެއެވެ.
ބޯޑު މެމްބަރު ކަމަށް ކުރިމަތިލާން ޝައުގުވެރިވާ ހިއްސާދާރުން އަންނަ މަހުގެ 8 ވަނަ ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހެއެވެ.
ބޯޑު މެމްބަރު ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނާ އެސްޓީއޯގެ "ބޯޑު ކެންޑިޑެންސީ ގައިޑްލައިން" ގެ ދަށުން އެ ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮމިޓިން އިންޓަވިއު ކުރާނެއެވެ. އެއަށްފަހު ނަންތައް އަހަރީ އާއްމު ޖަލްސާ އަށް ހުށަހަޅައި މެންބަރަކު ހޮވާނީ ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!