އިލެކްޝަންސް ކޮމިޝަން (އީސީ) އިން އައު ވެބްސައިޓެއް ފަރުމާކޮށް ބޭނުންކުރަން ފަށައިފިއެވެ.
އީސީން މިއަދު ބުނީ އެ ކޮމިޝަންގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ރައްޔިތުންނަށް ފަސޭހައިން ލިބޭނެގޮތަށް ފަރުމާކޮށްފައިވާ އައު ވެބްސައިޓުގެ ޚިދުމަތް މިއަދުން ފެށިގެން ލިބެމުންދާނެ ކަމަށެވެ.
އީސީގެ އައު ވެބްސައިޓްގެ ލިންކް: https://www.elections.gov.mv
އީސީއަކީ އިންތިޚާބުތަކާއި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އެކަންތައްތައް ހިންގުމާއި، ބެލެހެއްޓުމާއި، އެކަންތައްތަކަށް މަގުފަހިކުރުމާއި ގުޅޭ ހުރިހާކަމެއް ވިލަރެސްކޮށް ހިންގުމުގެ ކަންކަން ޤާނޫނުން މަތިކޮށްފައިވާ މުވައްސަސާއެވެ.
މީގެ އިތުރުން ސިޔާސީ ޕާޓީތައް ރަޖިސްޓަރީ ކުރުމާއި، ސިޔާސީ ޕާޓީތަކާ ގުޅޭކަންކަން ވެސް ޤާނޫނުން މަތިކޮށްފައި ވަނީ އެ ކޮމިޝަނަށެވެ.
އީސީން އެ ކޮމިޝަންގެ އައު ވެބްސައުޓްގެ ޚިދުމަތް ދޭން ފެށިއިރު، އެ ކޮމިޝަނުން އަންނަނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތައްޔާރުވަމުންނެވެ.
އެ އިންތިޚާބު ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ އަންނަ އޭޕްރިލް މަހުގެ 21 ވަނަ ދުވަހުއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!