ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ޝަހީމް މިހެން ވިދާޅުވީ، އެކްސްގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ.

Ad
rt

ޝަހީމްގެ ދަރިފުޅަކަށް މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީން މަގާމެއް ހަމަޖައްސާފައިވާ ކަމަށާއި، ޝަހީމްގެ ކޮށްކޮއަކަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ނައިބުގެ މަގާމު ދީފައިވާކަމަށް ބައެއް ނޫސްތަކުގައި ވަނީ ބުނެފައެވެ.

ޝަހީމް މިއަދު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އޭނާގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫން ކަމަށެވެ.

''އަޅުގަނޑުގެ ދަރިޔަކު، ނުވަތަ ޢާއިލާގެ މެންބަރަކު ކިޔަވައިގެން ހުރި ދާއިރާއަކުން ޚިދުމަތްކުރަން އެމީހަކަށް ލިބޭ ފުރުޞަތަކީ އަޅުގަނޑު ނާޖާއިޒްގޮތުގައި ހޯދައިދޭނެ ފުރުޞަތެއްނޫން. ދައުލަތުގެ މުދަލާއި މަޤާމާއި ފައިސާ ނާޖާއިޒު ގޮތުގައި ބޭނުން ނުކުރާނެކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން'' ޝަހީމް ވިދާޅުވެފަވެއެވެ.

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ޝަހީމް ދެއްވީ ނާޖާއިޒު އެއްވެސް ކަމެއް ނުކުރަށްވާނެކަމުގެ ޔަޤީންކަން

ކޮންމެ ސަރުކާރަކު ވެސް އެ ސަރުކާރެއްގެ އިސްވެރިންނާއި ގުޅުން ހުންނަ މީހުންނަށް ސިޔާސީ މަގާމުތައް ލިބުމަކީ އާންމުކޮށް ހިނގާ ކަމެކެވެ.