ބިދޭސީ އަންހެނެއްގެ ގައިގާ ކަޓަރުއަޅައި ފައިސާތަކެއް ފޭރިގެންފިއެވެ.
ފުލުހުން ބުނިގޮތުގައި މިކަން ހިނގާފައި ވަނީ ހުޅުމާލެ ފޭސް އެކެއްގައެވެ.
އެ އަންހެން މީހާ އަކީ ހުޅުމާލޭގައި ހުންނަ ސްޕާއެއްގައި މަސައްކަތްކުރާ މީހެކެވެ.
އޭނާގައިގާ ކަޓަރު އަޅައި، ބިރުދައްކާ ފައިސާ ފޭރުނު މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ މައްސަލަ ތަހްގީގުކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެފައެވެ.
މި ހާދިސާއާއި ގުޅޭ ފޮޓޯ އާންމުކުރަމުން ’’ސަބްޓިނީ އެލެވެންއެލެވެން’’ ނަމުގައި ފޭސްބުކްގައި ބޭނުންކުރާ އެކައުންޓަކުން ބުނީ އެ ޕޯސްޓުގައިވާ ފޮޓޯއިން ފެންނަ މީހާ އަކީ އެ ޢަމަލު ހިންގި މީހާ ކަމަށެވެ. އެމީހާއާއި ގުޅޭ މައުލޫމާތު ހުރިނަމަ އަންގައި ދިނުމަށް ވެސް އެ އެކައުންޓުން ކުރި ޕޯސްޓްގައި ބުނެފަވެއެވެ.
އެ އެ ކައުންޓުން އާންމު ކުރި ފޮޓޯތަކުން ތަޅުންގަނޑު މައްޗަށް ލޭ އެޅިފައި ހުރި މަންޒަރާއި، އެކަން އަމާޒުވި ކުއްޖާގެ އަތަކާއި ފަޔެއް ފެނެއެވެ. އެ އަތާއި ފައިގައި ވެސް ލޭ ހުއްޓާ ފޮޓޯއިން ފެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!