ޔުކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް އަމާޒުކޮށް ރަޝިއާގެ ވަރުގަ ހަމަލާއެއްދީފިއެވެ. ޔުކްރެއިންގެ އޮފިޝަލުން ބުނާގޮތުގައި ރަޝިޔާއިން ޔުކްރެއިންގެ ހަކަތައާއި ގޭސްގެ ވަސީލަތްތަކަށް އަމާޒުކޮށް ހުކުރު ދުވަހު މިސައިލްތަކާއި ޑްރޯންތައް ބޭނުންކޮށްގެން ވަރުގަދަ ހަމަލާއެއް ދީފިއެވެ. “އެކި ސަރަހައްދުތަކުގައި ހުރި ހަކަތައާއި ގޭސްގެ ވަސީލަތްތައް ބޮޑެތި މިސައިލްތަކާއި ޑްރޯންތަކުގެ ހަމަލާތަކުގެ ދަށުގައި ވަނީ” ޔޫކްރެއިންގެ ހަކަތައިގެ މިނިސްޓަރު ޖަރމަން ގަލުޝެންކޯ ފޭސްބުކްގައި ލިޔުއްވިއެވެ. “ރަޝިޔާއިން އެ ހަމަ...
އަޙްމަދު ދާއޫދު
އިސްރާއީލުގެ ހަރުކަށި ހިފެހެއްޓުންތަކާ އެކުވެސް، ފަލަސްތީނުގެ 90،000 އަށްވުރެ ގިނަމީހުން ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދު އަލްއަޤްޞާ މިސްކިތުގައި ކޮށްފިއެވެ. އިރުމަތީ ޤުދުސްގައި ހުންނަވާ އިސްލާމިކް ވަޤްފުގެ ޑިރެކްޓަރ ޖެނެރަލް، ޝެއިޚް އައްޒާމް އަލް-ޚަޠީބު އަނަޑޯލު ނިއުސް އޭޖެންސީއަށް ވިދާޅުވިގޮތުގައި، 90،000 އަށްވުރެ ގިނަމީހުން ހުކުރު ނަމާދުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންގެ ހިތުގައި އިސްލާމްދީނަށް އޮންނަ ލޯތި ހާމަވެގެންދާ ކަމެއްކަ...
އަޙްމަދު ދާއޫދު
ވިލާ ކުންފުނީގެ ދަށުން ހިންގާ ރޯޔަލް އަައިލެންޑް ރިސޯޓްގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނާއި، މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ބައްދަލުކުރަށްވައި ސިއްރު ރޭވުމެއް ރޭއްވެވިކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާޢިއުކޮށްފައިވާ ޚަބަރު، ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާހީމް ދޮގުކުރަށްވައިފިއެވެ. އެ ޚަބަރު ދޮގުކުރަށްވައި، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ޤާސިމް އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 5 މާރިޗް 2025 ދުވަހުގެ ”ދިޔަވަރ...
ޔުމްނާ ޢަލީ
ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އިން ބާއްވާ ފުރަތަމަ އިހްޔާ ފޯރަމް މިރޭ ބާއްވަން ނިންމައިފިއެވެ. ޕީއެންސީން ބުނީ 1446 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙުޔާކުރުމަށް އެ ޕާޓީން ކުރިއަށްގެންދާ ސިލްސިލާ ޕްރޮގުރާމުގެ ފުރަތަމަ ފޯރަމު މިރޭ އޮންނާނެ ކަމަށެވެ. މި ފޯރަމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ވެސް އެ ޕާޓީން ދަޢުވަތު ދީފައިވާއިރު، މި ފޯރަމް ފަށާނީ މިރޭ 21:00 ގައި އެ ޕާޓީގެ މައި ހަރުގެ، ކޮންގްރެސް ހައުސް ގައެވެ. […]
ޔުމްނާ ޢަލީ
މާތްﷲ އެކަލާނގެ އަޅުތަކުންނަށް ރޯދަ ފަރުޟު ކުރައްވާފައި ވަނީ تَقْوَى ވެރިކަން ޙާޞިލު ކުރުޅައުމަށްކަމީ ޝައްކެތް އޮތްކަމެއްނޫނެވެ. މިއަދުގެ ހުކުރު ޚުޠުބާ ޚާއްޞަކޮށްފައި ވަނީ ރޯދައިގެ ހިކުމަތްތަކުގެ މައްޗަށެވެ. ހަމަކަށަވަރުން ރޯދައިގެ ހިކުމަތް ނުހަނު ގިނަގުނައެވެ. މިއަދުގެ ޚުތުބާއިން ނަކަލުކޮށްފައިވާ މުހިންމު ބައިތައް ތިރީގައި ހިމަނާލާފައި އެވަނީ އެވެ. މާތްﷲ ރޯދަ ފަރުޟުކުރެއްވި ޙިކުމަތް ޞަރީޙަކޮށް ވަނީ ބަޔާން ކުރަށްވާފައި ﷲ ޝަރުޢުކުރައްވައިފައިވާ ބައެއް އަޅުކަންތަކުގެ ޙިކުމަތް ޞަރީޙަކޮށް ބަޔާންކުރަ...
ޔުމްނާ ޢަލީ
ކުޅުދުއްފުށި މަށި ކުޅީގައި އަޅަން ފަށާފައިވާ ވިއުވިންގް ޕްލެޓްފޯރމްގެ ބޭސް ފައުންޑޭޝަން މަސައްކަތް ނިންމާލައިފިއެވެ. މި ޕްލެޓްފޯމް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އެރަށު ކޮރަލް ފުޓްބޯޅަ ދަނޑުގެ އިރުމަތީ އޮންނަ ދަނޑުމަގުގެ އިރުމަތީ ފަރާތު، ކުޅީގެ ސަރަހައްދުގައެވެ. މި ޕްލެޓްފޯމުގައި ޖެޓީއަކާއިއެކު ހަޓެއް ތަރައްގީކުރާނެއެވެ. ޖެޓީގެ އަރިމަތީ ފެންސްސުޖެހުމުގެ އިތުރުން ޖެޓީއަށް އަރާފޭބުމަށް ރޭމްޕެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ކުޅީގައި ކެނޯ ދުއްވުމުގެ އިންތިޒާމް ފަސޭހައިނ...
އިބްރާހިމް ޚަލީލް
ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް އްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގޮވާލައްވައިފިއެވެ. މެމްބަރު އިބްރާހީމް މުހައްމަދު މިފަދައިން ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ”ޕީއެންސީ މަޖިލިސް މެމްބަރުންނަށް އާސަންދަ ހަމަޖައްސައިދޭން ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި” ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އާސަންދައިން ވަނީ ދޮގުކޮށްފައެވެ. މި ޚަބަރު ދޮގުކޮށް އާސަންދައިންގެ ޕޯސްޓްގައި ވަނީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އާސަންދަ ކުންފުނިން...
ޔުމްނާ ޢަލީ
އަލް އަޞްރު ސޫރަތުން ލިބޭ އެންމެ ބޮޑު އެއް އިބްރަތަކީ ވަގުތުގެ މުހިއްމުކަމެވެ. އެގޮތުން މި ސޫރަތް ފަށަމުން “ޒަމާން ގަންދެއްވަމެވެ” އޭ ވިިދާޅުވެ ފަށާފައިވުމުން ދޭހަވަނީ ވަގުތަށް މާތް ﷲ ދެއްވާފައިވާ އަހައްމިއްޔަތުކަމެވެ. ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ބޭނުން ކުރުމަށްޓަކައި ތިމާގެ ދުވަހުގެ ތާވަލު އެކުލަވާލައި ނަމާދާއި، ﷲ އަށް ކިޔަމަންތެރިވުމަށް އިސްކަންދޭ ހާލުގައި ތިމާގެ އެހެން ކަންތައްތައް ތަރުތީބު ކުރުމެވެ. ބޭކާރު ގޮތުގައި ވަގުތު ނަގާ ނުލުމެވެ. އެ ދެ ނިއުމަތްތަކާމެދު ވަރަށް […]
Thiladhun
ޔުއެފާ ކޮންފަރެންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ޑެންމާކުގެ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅެ ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ރެއާލް ސޮސިއެޑާޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. ރޭ ކޯޕަންގޭފަންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކޮށްފައި ވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައިނުވެއެވެ. މެޗުގެ ފުރަތަމަ ލަނޑު ޗެލްސީން ޖެހިއިރު، މި ލަނޑު ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ކުކުރެއާ ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ރީސް […]
އިބްރާހިމް ޚަލީލް
އޯޕަންއޭއައި ކުންފުނިން އެކުންފުނީގެ މަޝްހޫރު ޗެޓްޖީޕީޓީއަށް އައު އަޕްޑޭޓެއް ގެނެސްފިއެވެ. އެއީ މެކްއޯއެސްގައި ބޭނުންކުރެވޭ ވަރޝަންގައި ސީދާ ކޯޑު އެޑިޓްކުރެވޭނެ ފީޗަރެކެވެ. މި އައު ފީޗަރުގެ ސަބަބުން، ޗެޓްޖީޕީޓީ އަށް އެކްސްކޯޑު، ވީއެސް ކޯޑު އަދި ޖެޓްބްރެއިންސް ފަދަ ތަރައްޤީކުރުމުގެ ޓޫލްތަކުގައިވާ ކޯޑު ސީދާ އެޑިޓްކުރެވޭނެއެވެ. އަދި “އޯޓޯ-އެޕްލައި” މޯޑު އޮންކޮށްފިނަމަ، އިތުރު ކްލިކްތަކެއް ކުރުމަކާ ނުލައި ސީދާ ބަދަލުތައް ގެނައުމުގެ ފުރުޞަތު ޗެޓްޖީޕީޓީއަށް ލިބޭނެއެވެ. އޯޕަންއޭއައިގެ ބަޔާނުގައި ބުނެފަ...
އަޙްމަދު ދާއޫދު
ރަޝިޔާއާ ގުޅޭގޮތުން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޯން ދެއްވި ބަޔާނަކަށް ރައްދު ދެއްވަމުން، ރަޝިޔާގެ ރައީސް ވްލަޑިމީރް ޕުޓިން، 1812 ވަނަ އަހަރު ނެޕޯލިއަން ބޮނަޕާޓް މޮސްކޯއާ ދެކޮޅަށް ކުރި ހަނގުރާމަ ނިމިގެން ދިޔަގޮތް ހަނދާން ކޮށްދީފިއެވެ. ބުރާސްފަތި ދުވަހު މޮސްކޯގައި “ޑިފެންޑަރސް އޮފް ދަ ފާދަރލޭންޑް ފައުންޑޭޝަން” ގެ މެންބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕުޓިން ވިދާޅުވީ، ” ނެޕޯލިއަންގެ ޒަމާނަށް އެނބުރި ދާން ބޭނުންވާ މީހުން އަދިވެސް އެބަތިބި ކަމަށާއި، އެފަދަ މީހުން […...
އަޙްމަދު ދާއޫދު
އިންޑިއާ ކަންނަޑާ އެކްޓްރެސް ރަންޔާ ރާއޯ 14 ކިލޯގެ ރަން، ވަގަށް އިންޑިއާއަށް އެތެރެކުރަން އުޅެނިކޮށް ބެންގަލޫރުގެ ކެމްޕެގައުޑާ ބައިނަލްއަޤުވާމީ ވައިގެ ބަނދަރުން ހައްޔަރުކޮށްފިއެވެ. އެންޑީޓީވީގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ރަންޔާ ރާއޯގެ އަތުން ފެނިގެން ހިފެހެއްޓި ރަނުގެ އަގަކީ 14.56 ކުރޯރް ރުޕީސް ކަމަށް އެގައުމުގެ ޑިރެކްޓަރޭޓް އޮފް ރެވެނިއު އިންޓެލިޖެންސް (ޑީއާރްއައި) އިން ބުނެފައިވެއެވެ. މިއީ ފަހަކަށް އައިސް ބެންގަލޫރު ވައިގެ ބަނދަރުން ހިފެހެއްޓުނު އެންމެ ގިނަ ޢަދަދެއްގެ ރަން ކަމަށް ޑީއާރްއ...
އަޙްމަދު ދާއޫދު
ކަނޑުމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގަނެފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު ބުނެފިއެވެ. ކަސްޓަމްސް އިން ބުނިގޮތުގައި މިތަކެތި އަތުލައި ގަތީ އިއްޔެއެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި، މި ވޭޕް ޝިޕްމަންޓް އަތުލައިގަތީ ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއް ފާސްކުރިއިރު ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމާ ގުޅިގެން އިތުރަށް ބެލުމުންނެވެ. މިގޮތުން މުދަލުގެ ތެރޭގައި ވޭޕް ސްޓިކް ފޮރުވާފައި ހުރިކަމަށް ޝައްކުވެގެން އިތުރަށް ބެލުމުން 400...
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރަސްފަންނަށް ޒިޔާރަތްކުރައްވައި، އެތަނުގެ މާޙައުލު ހިތްފަސޭހަ ތަނަކަށް ހެދުމަށް ސަރުކާރުގެ މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. މި މަސައްކަތް ފެށިފައިވަނީ މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ރައީސް މުޢިއްޒު ރަސްފަންނަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ ޙާލަތު ވަޒަންކުރެއްވުމަށްފަހު، އެމަނިކުފާނުގެ އިރުޝާދުގެ ދަށުންނެވެ. އެދުވަހު ރައީސް ވަނީ ރަސްފަންނާއި ސަލްޓަންޕާކުގެ ޙާލަތު ފެނިވަޑައިގެންނެވުމުން ހިތާމަކުރައްވާ...
ޔުމްނާ ޢަލީ
ބާވެ ވީރާނާ ވަމުންދާ އަމީރު އަމީން ސްކޫލުގެ މަރާމާތު މަސައްކަތްތަކާއި ފަރުނީޗަރ ފޯރުކޮށްދިނުމަށް ސިޓީ ގަރާޖާއި އެކު އެއްބަސް ވުމެއްގައި ކުޅުދުއްފުށީ ސިޓީ ކައުންސިލުން ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރަން ހަވާލުކުރި މަރާމާތުގެ މަސައްކަތްތަކު ތެރޭގައި ސްކޫލް ކްލާސްރޫމްތަކުގެ އެތެރެއާއި ވަށާފާރު އަދި ގޭޓުތައް މަރާމާތްކޮށް، އިމާރާތުގެ ފުރާޅާއި ކުޅޭ ސަރަހައްދުގެ ހިޔާގަނޑުތަކާއި ކުޅޭ ސާމާނު އައު ކުރުން ހިމެނެއެވެ. މީގެ އިތުރުން އަލަށް އިތުރު ފާހާނާތައް ހެދުމާއި މިހާރު ސްކޫލުގައި ހުރި ފާހާނ...
އައިޝަތު އައިނީ އާމިރު
ނޭޝަނަލް ހޭންޑްބޯލް ޓީމުގެ ޕްރެކްޓިސްތައް ރޭގަނޑު ކުރިޔަށް ގެންދިނުމަށްޓަކައި ކުޅުދުއްފުށީ ހޭންޑްބޯލް ކޯޓުގައި ލައިޓްތައް ޖަހައި ނިންމާލައިފިއެވެ. ދިވެހިރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ފުުރަތަމަ ބީޗް ހޭންޑްބޯލް މުބާރާތް، (ކޮމަންވެލްތު ބީޗް ހޭންޑްބޯލް ޗެލެންޖް 2025) ކުޅުދުއްފުށީގައި ބޭއްވުމަށްޓަކައި މަސައްކަތްކުރަމުން އަންނަ އިރު އެންމެ ފެންވަރުގައި ޕްރެކްޓިސްތައް ބޭއްވުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ލައިޓްތައް ޖަހާ ނިންމުމަށްފަހު، ރޭގަނޑުގެ ފުރަތަމަ ޕްރެކްޓިސް ވ...
އައިޝަތު އައިނީ އާމިރު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ އޭނާގެ މަސައްކަތަށް ނުފޫޒު ފޯރުވަން އުފައްދާފައިވާ ތުހުމަތުތަކެއް ކަމަށް އޭނާގެ ވަކީލުން ވިދާޅުވެއްޖެ އެވެ. އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ ފަނޑިޔާރު އަޒްމިރަލްދާއި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑްކޮށްފަ އެވެ. އޭގެ ތެރެއިން ފަނޑިޔާރު ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ފަނޑިޔާރު [...
ހުސައިން ހަބީބް
ކުރީގެ ސްޕެޝަލް އެންވޯއީ އިބްރާހިމް ހުސައިން ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން ސިވިލް ކޯޓުން އަމުރުކުރީ ގާނޫނާ ހިލާފަށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ރައީސްގެ ސްޕެޝަލް އެންވޯއީގެ މަގާމު އަދާކުރެއްވި ޒަކީގެ ޕާސްޕޯޓް ކެންސަލްކުރަން 2020 ވަނަ އަހަރު ސިވިލް ކޯޓުން އިމިގްރޭޝަންގެ މައްޗަށް އަމުރުކުރީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެންނެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިދިޔަ އަންގާރަ ދުވަހު އިއްވި […]
ހުސައިން ހަބީބް