ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހެދުމަށް އްޗަން ގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ގޮވާލައްވައިފިއެވެ.

މެމްބަރު އިބްރާހީމް މުހައްމަދު މިފަދައިން ގޮވައިލެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad
rt

''ޕީއެންސީ މަޖިލިސް މެމްބަރުންނަށް އާސަންދަ ހަމަޖައްސައިދޭން ޚާއްޞަ ޑެސްކެއް ގާއިމުކޮށްފި'' ކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރެއް އާސަންދައިން ވަނީ ދޮގުކޮށްފައެވެ.

މި ޚަބަރު ދޮގުކޮށް އާސަންދައިންގެ ޕޯސްޓްގައި ވަނީ، އެއީ ކަނޑައެޅިގެން ދޮގު ޚަބަރެއް ކަމަށާއި، އާސަންދަ ކުންފުނިން މިފަދަ އެއްވެސް ޑެސްކެއް ގާއިމުކޮށްފައިނުވާނެކަމަށް ބުނެފައެވެ.

މި ޕޯސްޓް އެކްސްގައި ހިއްސާކުރަށްވަމުން، މެމްބަރު މުހައްމަދު އިބްރާހީމް ކުރެއްވި ޕޯސްޓްގައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާއި މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަބުދުﷲގެ ރަސްމީ އެކްސް އެކައުންޓާއި ޓެގް ކުރަށްވާފައެވެ. އަދި ދޮގު ފެތުރުމަކީ ޖިނާއީ ކުށަކަށް ހަދަން ޖެހޭކަމަށް އޭނާ ލިޔުއްވާފަވެއެވެ.