ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމް ސަރވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނިގޮތުގައި އަތުލައިގެންފައި ވަނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކެނެބިސް އެވެ.
މިތަކެތީގެ ވަގުތީ ބަރުދަނުގައި 1097 ކިލޯގްރާމް ހުރިކަމަށް ކަސްޓަމްސްއިން ބުންޏެވެ.
ކަސްޓަމްސްއިން ބުނިގޮތުގައި މިތަކެތި އަތުލައިގަތީ މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) މަގުން އެތެރެކުރަން އުޅެނިކޮށެވެ.
މަތަކެތީގެ މަގުމަތީ އަގަކީ 877,600.00 ރުފިޔާ ކަމަށް ވެސް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
މި ތަކެތި އަތުލައިގަތްނަމަވެސް މި މައްސަލާގައި އަދި މީހަކު ހައްޔަރުކުރިކަމެއް ނޭނގެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!