ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް، ހަމަޖައްސަވައިފިއެވެ. ފުލުހުން މިއަދު ބުނިގޮތުގައި ޝިޔާމް މި މަގާމަށް ހަމަޖެއްސެވީ މިއަދު (4 އޮކްޓޫބަރު 2026) އިން ފެށިގެން ކަމަށެވެ. އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދެވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.
ޔުމްނާ ޢަލީ
އެމެރިކާއާއި އީރާނާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް އަސްކަރީ އެއްވެސް ހައްލެއް ނެތް ކަމަށާއި، އަދި އިތުރަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިގެން މި ހަނގުރާމަ ހައްލު ނުކުރެވޭނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޤްޗީ ވިދާޅުވެއްޖެއެވެ. ވޮޝިންގޓަނުން ތެހެރާނާ ދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކަށް އިޝާރާތް ކުރައްވައި އޭނާ މިހެން ވިދާޅުވީ އާދީއްތަ ދުވަހުއެވެ. އީރާނުގެ ވެރިރަށް ތެހެރާނުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަރަޤްޗީ ވިދ...
ޔުމްނާ ޢަލީ
އިންޑިއާގެ އީ-ކޮމާސް މާކެޓްޕްލޭސް “ގްލޯބަލް ދުކާން” މެދުވެރިކޮށް ވިޔަފާރިކުރާ ދިވެހި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ އިންތިޒާމު މޯލްޑިވްސް ޕޯސްޓް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ. މިއީ އޮންލައިންކޮށް ވިޔަފާރިކުރާ ދިވެހިންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ލުއިތަކެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޚިދުމަތެކެވެ. މޯލްޑިވްސް ޕޯސްޓުން ބުނި ގޮތުގައި، ކަސްޓަމަރުން ވިޔަފާރިކުރުމަށްފަހު ޗެކްއައުޓް ކުރާ ވަގުތު “ޕޭ ތުރޫ މޯލްޑިވްސް ޕޯސްޓް” އިޚުތިޔާރު ކުރެވޭނެއެވެ. އަދި އެތަ...
އަޙްމަދު ވަހީދު
ހދ. ކުޅުދުއްފުށި ސިޓީގައި ބޭއްވުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ މިޒާޖާއި އަޚްލާޤަށް އަންނަ ބަދަލުތަކަށް މުޖުތަމަޢު ހޭލުންތެރިކުރުވުމުގެ ގޮތުން ބާއްވާ ޚާއްޞަ ސެޝަނުގައި ބައިވެރިވުމަށް ފުރުޞަތު ހުޅުވާލައިފިއެވެ. މިއީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ (ސީ.އޭ.ޕީ.އެސް) ގުޅިގެން ކުރިއަށް ގެންދާ ސެޝަނެކެވެ. މި ސެޝަން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޫބަރު 14 އަދި 15 ވާ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މިއީ ބެލެނިވެރިންނާއި، ކުދިން ބަލަހައްޓާ ފަރާތްތަ...
ފާތިމަތު ސަޙާ
ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާ ބެހޭ ވަޒީރު ޤީލާ ޢަލީ، ށ. އަތޮޅު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި، އެ ހޮސްޕިޓަލުގައި އަލަށް ޤާއިމުކުރެވިފައިވާ ޚިދުމަތްތައް ބައްލަވާލައްވައިފިއެވެ. މި ދަތުރުފުޅަކީ ށަވިޔަނި އަތޮޅުގެ ޞިއްޙީ ޚިދުމަތް އިތުރަށް ތަރައްޤީކޮށް، އައު ޚިދުމަތްތައް ތަޢާރަފުކުރުމުގެ މަޤްޞަދުގައި ކުރައްވާ ދަތުރުފުޅެކެވެ. ށ. އަތޮޅު ހޮސްޕިޓަލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މުވައްޒަފުންނާއި އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ އަތޮޅު ހޮސްޕިޓަލުތަކުގައި ސް...
ފާތިމަތު ސަޙާ
ހުޅުމާލެ ފޭސް 1 ގައި ފުލުހުން ރަށުތެރެ ޕެޓްރޯލް ކުރަމުން ދަނިކޮށް، އަމަލުތައް ހުރި ގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރި ޒުވާނެއްގެ އަތުން 57 ގްރާމްގެ މަސްތުވާތަކެތި ފެނިގެން އޭނާ ހައްޔަރުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ޏ. ފުވައްމުލައް، ދޫޑިގަން، ރެއަރ، މުޙައްމަދު ޖައުޝް ޝުޖާޢު (22އ) އެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ މި އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެގޮތުން އޭނާ ހައްޔަރުކުރީ ހުޅުމާލެ […]
ޝިއުނާ އާދަމް
ދަސްވެނީންނަށް ލިބިފައިވާ ޢިލްމާއި ހުނަރުގެ އަލީގައި ޤައުމަށް ބޭނުންތެރި ދާއިރާތަކަށް އީޖާދީ ވިސްނުންތައް ހޯއްދަވައިދެއްވުމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިފަދައިން އެދިވަޑައިގެންނެވީ ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑްސް 2026” ޙަފުލާ ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއަކީ ފުރިހަމައަށް ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައި ފެނިގެންދިޔުމަކީ އެންމެހާ ދިވެހި ރައްޔިތުންގެވެ...
ޔުމްނާ ޢަލީ
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […]
ފާތިމަތު ސަޙާ
މާލޭގައި ފުޅާ ދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުން ދިޔަ ދެ ބިދޭސީއަކު، 1،700 އަށް ވުރެ ގިނަ ބަނގުރާ ފުޅިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ. އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރުމާއި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ. މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ޕެރުމަލް މަޔަވަން އަދި ސްރީލަންކާއަށް ނ...
ޝިއުނާ އާދަމް
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމުގެ މަޤާމަށް، އެ ކޮމިޝަނުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް ހ. މީނާޒް، ޝަމްޢޫން ޙަމީދު، މިއަދު ޢައްޔަންކުރައްވައިފިއެވެ. މި މަޤާމަށް ޝަމްޢޫން ޢައްޔަން ކުރެއްވުމަށްޓަކައި ޚާއްޞަ ރަސްމިއްޔާތެއް ބާއްވަވާފައިވަނީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި ޝަމްޢޫން ޙަމީދު ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރު ކަމުގެ ހުވައި ކުރައްވާފައެވެ. ޝަމްޢޫން ޙަމީދަށް އެޗްއާރް...
ޔުމްނާ ޢަލީ
ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ރޭ ފެނިގެންދިޔަ މޮޅު ކުޅުމާއެކު، ބުރުކީނާ ފާސޯގެ މައްޗަށް 7-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން އާޖެންޓީނާ ފުރިހަމަ ކާމިޔާބީއެއް ހޯދައިފިއެވެ. އަމިއްލަ ދަނޑު ކަމަށްވާ އެސްޓާޑިއޯ މޮނިއުމެންޓަލްގައި ކުޅުނު މި މެޗުގައި ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާއިން ވަނީ ހަމަލާތަކުން ފުރިގެންވި މޮޅު ކުޅުމެއް އެ ޓީމުގެ ސަޕޯޓަރުންގެ ކުރިމަތީގައި ދައްކާލައިފައެވެ. މިއީ ބައިނަލްއަގުވާމީ މި ބްރޭކުގައި އާޖެންޓީނާ ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗެވެ. މި ބްރޭކުގެ ފުރަތަމަ މެޗުގައި ބޮލ...
އަޙްމަދު ވަހީދު
ޔުއެފާ ނޭޝަންސް ލީގުގައި ހޮނިހިރު ދުވަހު އަމިއްލަ ދަނޑުގައި ޗެކިއާގެ މައްޗަށް 3-1 އިން ހޯދި މޮޅާއެކު، ބަލިނުވެ ސްޕެއިނުން ޖެހިޖެހިގެން 40 މެޗު ހަމަކޮށްފިއެވެ. މި މެޗުގައި ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ މެޗު ފެށިގެން މާގިނައިރުތަކެއް ނުވަނީސް ހިތްގައިމު ލަނޑެއް ޖަހައި، ކުރީކޮޅު ލަނޑު ޖެހުމުގެ ސިލްސިލާ ދަމަހައްޓައިފައެވެ. މެޗުގެ ހަވަނަ މިނެޓުގައި ޔަމާލް މި ލަނޑު ކާމިޔާބުކުރީ ކަނާތްފަރާތު އަރިމަތިން އެތެރެއަށް ވަދެ، ވާތު ފައިން ފޮނުވާލި ބާރު އަދި […]
އަޙްމަދު ވަހީދު
ސެޕްޓެމްބަރު 30 އަދަދާއި ގުޅޭ: އާއިޒް މާޔާއަށް ގޮވަމުން ބާރަށް ހިނގައިގަތް ނަމަވެސް، އޭނާއަށް އެ ހިސާބަށް ދެވުމުގެ ކުރިން މާޔާ ކާރަށް އަރައި ދޮރު ޖަހައިފިއެވެ. ކާރު ދުއްވާލި ވަގުތު، ކާރުގެ ބިއްލޫރިގަނޑުން މާޔާގެ ރޮވިފައިވާ މޫނު ފެނި، އާއިޒް ވަރަށް ބޮޑަށް ދެރަވެއްޖެއެވެ. ދެން އާއިޒް އަވަސްވެގަތީ މާޔާއަށް ގުޅައިގެން ވާހަކަ ދެއްކުމަށެވެ. ބާރުދުވެލީގައި ދިޔަ ކާރާ ދިމާލަށް ބަލަހައްޓައިގެން ހުރެ، އޭނާ މާޔާއަށް ގުޅަމުން ދިޔައީ ހާސްހިތަކައިގެންނެވެ. ނަމަވެސް މާޔާ ފޯނެއް ނުނެގިއެވެ. […]
ސަލާމާ ޢަބްދުލް ޢަލީމް
ދިވެހި އުފެއްދުންތެރިންގެ 6،000 އަށްވުރެ ގިނަ އުފެއްދުމާއެކު ބާއްވާ “ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2026″، “ރެޑީ ސެޓް މަޢުރަޒު 26” ގެ ނަމުގައި ކުރިއަށްގެންދިޔަ ޚާއްސަ ހަރަކާތުގެ ތެރެއިން ރަސްމީކޮށް ރޭ އިފްތިތާޙުކޮށްފިއެވެ. އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ގުޅިގެން ކުރިއަށްގެންދިޔަ މި ހަރަކާތުގައި މަޢުރަޒުގެ ރިވީލިންގ ވީޑިއޯއެއް ވަނީ ދައްކާލާފައެވެ. މި ވީޑިއޯގައި މިއަހަރުގެ އެކްސްޕޯ އާންމުންނަށް ފެންނާނެ ގޮތުގެ ނަމޫނ...
ޔުމްނާ ޢަލީ
ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔަކީ ވަކި ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭ ގޮތަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް އިއުލާންކުރައްވާފައިވާ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ކުރީގެ އެކޮނޮމިކް މިނިސްޓަރު ފައްޔާޟު އިސްމާއީލާއި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށަހެޅުއްވި “ބޮޑު ބަދަލު” ސިޔާސަތާއި ގުޅޭ ގަރާރު ފާސްކޮށް، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ފަސްވަނަ ކޮންގްރެސް ރޭ ނިންމާލައިފި އެވެ. މި […]
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވުމަށް ރަސްމީކޮށް ނިންމައި އިއުލާނު ކޮށްފިއެވެ. މިއީ އެ ޕާޓީގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޕާޓީގެ ރައީސްގެ މަގާމު އުވާލި ފަހުން ބާއްވާ ފުރަތަމަ ގައުމީ މަޖިލީހުގެ އިންތިހާބެވެ. އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 27 ގައި ބާއްވާނެކަން ރަސްމީކޮށް އިއުލާނު ކުރެއްވީ “އެމްޑީޕީ ކޮންގްރެސް 2026” ނިންމުމުގެ ރަސްމިއްޔާތުގައި […]
ޔުމްނާ ޢަލީ
މެޗެއްގެ ފުރަތަމަ އެގާރައިގައި ނުހިމެނޭކަން އެނގުމުން ސްކޮޑް ދޫކޮށް ދިޔަ ނަމަވެސް، ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަބަދުވެސް އެ ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ރަމްޒު ކަމަށް ޕޯޗުގަލްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒް ބުނެފިއެވެ. އޭނާ މިހެން ބުނީ ނޭޝަންސް ލީގުގައި ނޯވޭއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން، ގައުމީ ޓީމާއި ސަޕޯޓަރުންގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ގޮވާލަމުންނެވެ. އުމުރުން 41 އަހަރުގެ ރޮނާލްޑޯ ޕޯޗުގަލް ސްކޮޑް ދޫކޮށް ދިޔަކަން ހާމަކުރީ މިދިޔަ ބުދަ ދުވަހުއެވެ. އޭނާ […]
އަޙްމަދު ވަހީދު
ށ. ފުނަދޫ ކައުންސިލުން އެރަށުގައި ތަރައްޤީކުރުމަށް ނިންމާފައިވާ “ސެންޓްރަލް ސްކެއަރ” ޕާކުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 05 އޮކްޓޯބަރ 2026 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:00 ގައި ފުނަދޫ ކައުންސިލް އިދާރާގައިކަމަށް އެ ކައުންސިލުން މައުލޫމާތުދެއެވެ. މީގެއިތުރުން މި މަޝްރޫޢަށް އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 އޮކްޓޯބަރ 2026 ވ...
ފާތިމަތު ސަޙާ