ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްްއޭއެމް)ގެ ރައީސްކަމަށް ވާދަކުރެއްވުމަށް މަހިބަދޫ ދާއިރާގެ މެމްބަރު އަހްމަދު ތޯރިގް (ޓޮމް) މިއަދު ފޯމް ހުށަހަޅުއްވައިފިއެވެ.

ޤައުމީ ޓީމުގެ ކުރީގެ ކުޅުންތެރިޔާ ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރުމަށް ފޯމު ހުށަހެޅުމަށްފަހު ވިދާޅުވީ، އޭނާ އެ މަގާމަށް ވާދަކުރަށްވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި ރީޖަނަލް އެސޯސިއޭޝަން ހަދައި އެ ރީޖަންތަކުން އެފްއޭއެމްްގެ ކަންކަމުގައި ބަސްކިޔުމުގެ ފުރުސަތު ހޯދައިދިނުމުގެ ވައުދާއެކުގައި ކަމަށެވެ.

Ad
rt

ޓޮމް ރައީސްކަމަށް ވާދަކުރަށްވަނީ އެފްއޭއެމްގެ މެންބަރު ހުރިހާ ކުލަބެއް (23 ކުލަބު) ގެ ތާއީދާއެކު އެވެ.

އޭނާގެ އެކްސްކޯ އަކީ:
* ރައީސް: އަހްމަދު ތާރިޤް
* ސ. ވީޕީ: އަލީ އިބްރާހިމް (ނިއު)
* ވީޕީ: ހުސައިން ޝާފިއު (މާޒިޔާ)، މުޖުތަބާ ޖަލީލް (ނިއު)
* އިމްރާން މުހައްމަދު (ކުރީގެ ޤައުމީ ކީޕަރު)
* މުހައްމަދު އުމައިރު (ކުރީގެ ޤައުމީޓީމް ކުޅުންތެރިޔާ)
* އަޙްމަދު އައްބާސް (ޓީސީ)
* އަލީ ރިޒްވާން (ބީޖީ)
* އަންހެން މެންބަރު: ހައްވާ ނަސްރާ ސައީދު، ހައްވާ ރަޝީދާ
* އަބްދުﷲ ނާސިޙް

މިހާރު އެފްއޭއެމްގައި މެމްބަރު ކްލަބްތަކުގެ އަދަދަކީ އެއްވަނަ ޑިވިޒަންގެ 10 އަދި ދެވަނަ ޑިވިޒަންގެ 13 ކްލަބާ އެކު ޖުމްލަ 23 އެވެ.

ޓޮމް ވަނީ ކުރިން ވެސް އެ މަގާމު ފުރުއްވާފައެވެ.