ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖޭގެ ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ މަޤާމުގައި ހުންނެވި މާފަންނު މާފުށީގެ ނިޢުމާތު ޝަފީޤުގެ މަޤާމުގެ މުއްދަތު 5 (ފަހެއް) އަހަރު ދުވަހަށް މިއަދު އިތުރުކުރައްވައިފިއެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމަށް ނިޢުމާތު ޝަފީގު އައްޔަން ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރުހުމާއެކު 23 ޖުލައި 2020 ގައެވެ. ޗިލްޑްރަންސް އޮމްބަޑްސް ޕަރސަންގެ މަޤާމުގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. ނިޢުމާތުގެ މަޤާމުގެ ފުރަތަމަ ދައުރުގެ މުއްދަތު، މި މަހުގެ 23 ވަނަ ދުވަހު ހަމ...
ޔުމްނާ ޢަލީ
ސިޔާސީ އޮއިވަރެއްގައި ޤައުމު ޖެއްސުމުގެ އާދަ މި ސަރުކާރުން ވަނީ ނައްތާލާފައިކަމަށް ރައީސް ޑރ. މިހައްމަދު މުޢިއްޒު އިއްޔެ ވިދާޅުވެއްޖެއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، 2040 ވަނަ އަހަރު އަންނަ އިރު ދިވެހިރާއްޖެ އަކީ ތަރައްޤީވެފައިވާ ޤައުމެއްކަމުގައި ހެދުމަށް ހިފާފައިވާ އަމާޒަށް ވާޞިލުވެވޭނީ، ދިވެހި ހުރިހާ ރައްޔިތުން، އެއް ވިސްނުމެއްގައި އެކަތިގަނޑެއްގެ ގޮތުގައި...
ޔުމްނާ ޢަލީ
ނ. ވިހަފަރުގައި ވައިގެ ބަނދަރެއް ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފައްޓަވާނޭކަމަށް ރައީސް މުޙައްމަދު މުޢިއްޒު އިއްޔެ އިޢުލާންކުރަށްވައިފިއެވެ. ރައީސް ނ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ނ. އަތޮޅު މާފަރުގައި ވައިގެބަނދަރެއް އޮތްކަމުގައި ވިޔަސް، ހޮޅުދޫ، ވެލިދޫ އަދި ފޮއްދޫ ހިމެނޭ ސަރަޙައްދުގައި އިތުރު ވައިގެބަނދަރެއް އޮތުން މުހިންމުކަމަށް ދެކެވަޑައިގަންނަވާކަމ...
ޔުމްނާ ޢަލީ
ކުރީގެ އަދަދާއި ގުޅޭ: ވީ ދެރައިންނާއި އައި ރުޅިން ސާމިހް ފޯނު ކަނޑާލިއެވެ ރޮއިރޮއި އިން ސާޔާއަށް ދެ ލޯ ހުޅުވާލެވުނީ އާދިލް އައިސް އޭނާގެ ދެ ކޮނޑުގައި ހިފަހައްޓާލުމުންނެވެ. ވަރުބަލިވެ، ދުޅަވެފައިވާ ލޮލަކުން ސާޔާ އާދިލްއަށް ބަލައިލިއެވެ. ދާދިގާތުން އޭނާއަށް އާދިލްގެ މޫނު ފެނުމާއެކު ކެތްތެރިކަން ކޮޅުންލީ ކަހަލައެވެ. ހިތްވަރާއި ހިމާޔަތް ބޭނުންވެފައި ހުރިލެއް ބޮޑުކަމުން ސާޔާއަށް ބޭ އިހްތިޔާރުގައި އާދިލްގެ މޭގައި މޫނު ޖައްސާލެވުނެވެ. ” ނުރޮއި… ހިތްވަރުކުރޭ. ” އޭނާ ބުނެލީ ސާޔާގެ […]
ސަލާމާ ޢަބްދުލް ޢަލީމް
ވ.އަތޮޅުގައި ފަރަށް އަރާފައި އޮންނަ ބޯޓު ފަރުން ނެއްޓިގެން އޮޔާދާތީ ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ. މި ބޯޓަކީ ވ. ކެޔޮދޫ ކައިރީގައި ފަރަށް އަރާފައި އޮތް ބޯޓެކެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ބޯޓު މިހާރު ވަނީ ފަރުން ނެއްޓިގެން އޮޔާދާން ފަށާފައެވެ. މި ބޯޓު އޮޔާދަނީ އެ އަތޮޅުގެ ތެރެއިން ހުޅަނގު އުތުރަށެވެ. އެހެންވެ ދަތުރުވެރިން ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ. މިބޯޓު އޮޔާދާނެ ކަމަށް އެމްއެންޑީއެފުން ލަފާކޮށްފައި ވަނީ ވ.އަތޮޅު ތެރެއިން ގޮސް އަލިހުރަސް...
ޔުމްނާ ޢަލީ
ތޮޅެންދޫ އަކީ މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް ޤާނޫނީ ހައްލެއް ހޯދަން މަސައްކަތްކުރަށްވަމުން ގެންދަވާކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މާޅެންދުއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވިގޮތުގައި ތޮޅެންދޫ، މާޅެންދޫގެ ބައެއްގެ ގޮތުގައި ހަމަޖެއްސުމަށް އެ މަނިކުފާނު ނިންމަވާފައިވީނަމަވެސް ކޯޓު މަރުޙަލާގައި މައްސަލައެއް އޮތުމުން،...
ޔުމްނާ ޢަލީ
މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ކުރިމަތިލައި ޝަރުތު ހަމަވި ހުރިހާ ދަރިވަރިންނަށް ވެސް ލޯނު ދިނުމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް އާންމުކޮށްފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 ދަރިވަރުން ވަނީ ކުރިމަތިލާފައެވެ. މި ދަރިވަރުންގެ ތެރެއިން...
ޔުމްނާ ޢަލީ
މާލެއިން ގެއްލިގެން ހޯދަމުން އަންނަ މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) ސިންމާލެ ބުރިޖުން މޫދަށް ފުންމާލާ މަންޒަރު ސީސީޓީވީ ފޫޓޭޖުން ފެނިފައިވާކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މިފަދައިން ބުނެފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގަ އެވެ. މި ނޫސް ބަޔާނުގައި ބުނެފައިވަނީ ޙަސަން ޔާމިން ހޯދުމަށް، ތަހުގީގުގެ ތެރެއިން ގިނަ އަދަދެއްގެ ސީސީޓީވީ ފުޓޭޖް ދިރާސާކުރެވިފައިވާކަމަށެވެ. އެ ގޮތުން، މިމަހުގެ 13 ވަނަ ދުވަހުގެ ފަތިހު 03:24 އެހައިކަށް ހާއިރު ޙަސަން ޔާމީން ސިނަމާލެ […]
އަލީ އާދިލް
ރާއްޖެއަށް މުދާ އެތެރެކުރުމަށް ވިޔަފާރިތަކަށް ދޭ ޑޮލަރު ސަޕޯޓަށް ބޭނުންވާ ޑޮލަރު ހިމެނޭހެން ރާއްޖޭގެ ބޭންކުތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދޫކުރާ ޑޮލަރުގެ ނިސްބަތް 10 އިންސައްތަ އިތުރުކުރުމަށް ނިންމައިފިއެވެ. އެމްއެމްއޭއިން މިއަދު ބުނެފައިވާ ގޮތުން، މި ބަދަލަށް މި ހަފްތާއިން ފެށިގެން އަމަލުކުރަން ފަށާނެއެވެ. މި ބަދަލާއެކު ބޭންކުތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މިހާރު ވިއްކާ ޑޮލަރުގެ ނިސްބަތް 40 އިންސައްތައަށް އިތުރުވެގެންދާނެ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވ...
އަލީ އާދިލް
އައްޑޫ ސިޓީގެ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީ އަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އައްޑޫސިޓީ މީދޫގެ ”ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ” ގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) ކަމަށް […]
ޔުމްނާ ޢަލީ
މަތީ ތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޫކުރާ ސްޓޫޑެންޓް ލޯނަށް ހޮވުނު ދަރިވަރުންގެ ލިސްޓް މިއަދު އާންމުކޮށްފިއެވެ. ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މި ލިސްޓް އާންމުކުރުމާއެކު ޝަކުވާ އަށް ވެސް ވަނީ ހުޅުވާލާފައެވެ. މިގޮތުން މި ލިސްޓާމެދު ޝަކުވާއެއް އޮތްނަމަ އަންނަ އޯގަސްޓް މަހުގެ 3 ވަނަ ދުވަހު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ހުށަހަޅަން އެ މިނިސްޓްރީން ވަނީ ފުރުސަތު ދީފައެވެ. މިއަހަރު ސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން ހުޅުވާލި 500 ފުރުޞަތަށް ޖުމްލަ 1338 […]
ޔުމްނާ ޢަލީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްގެ މަސައްކަތް ދެ އަހަރަށް ބަހާލައިގެން ފަށާނެކަމަށާއި، އެކަން ނިންމާނެކަމާމެދު އެއްވެސް ޝައްކެއް ނުކުރަށްވާކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިއްޔެ ނޫނު އަތޮޅަށް ފެއްޓެވި ދަތުރުފުޅުގައި މަނަދޫ އަށް ވަޑައިގެން ރައްޔިތުންނާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ސަރުކާރުން ހަމަ ޕްލޭންކޮށްފައި އޮތްގޮތަށް މި އަހަރު ތެރޭގައި ގިނަ މަސައްކަތްތަކެއް ފަށައި، އަދި އަންނަ އަހަރު ދެން...
ޔުމްނާ ޢަލީ
އިޒްރާއީލްގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ކާނާ ވިހަވެ ގޮހޮރު ދުޅަވެއްޖެ އެވެ. ހުރި އެއްޗެއް ކެވިގެން ކާނާ ވިހަވެފައި ކަމަށް ޑޮކްޓަރާ ހަވާލާދީ ބުނެފައިވެ އެވެ. އޭނާގެ ޑޮކްޓަރު ބެލުމަށްފަހު ބުނެފައިވަނީ ކާނާ ވިހަވެފައިވަނީ ނުބައިވެފައި ކާއެއްޗެއް ކެއުމުގެ ސަބަބުން ކަމަށެވެ. އޭގެ ސަބަބުން ގޮހޮރު ދުޅަވުމުގެ މައްސަލައެއް ޖެހިފައިވާކަމަށެވެ. އިތުރު ޓެސްޓުތަކަށްފަހު އެ ބަލީގެ ސަބަބުން ގޭގައި އެޑްމިޓްކޮށްގެން ފަރުވާދީފަ އެވެ. ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އޭނާ ވަނީ އަންނަ ތިން ދ...
އަލީ އާދިލް
ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާ ގުޅިގެން ބޭނުންކުރާނެ ލޯގޯއެއް ފަރުމާކުރުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި، އެންމެ ރަނގަޅު ކަމަށް ހޮވުނު ލޯގޯގެ ފަރުމާވެރިޔާ، ހދ. ނޭކުރެންދޫ، ވާރޭވިލާ ފަރުހާދު އިބްރާހީމަށް އިނާމު ހަވާލުކޮށްފި އެވެ. ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، 30,000 ރުފިޔާގެ ފައިސާގެ އިނާމު ފަރުހާދާ ހަވާލުކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ. އަދި މި ބައްދަލުވުމުގައި ވަޒީރު ވަނީ ފަރުހާދަށް މަރުހ...
އަލީ އާދިލް
ނ. މަނަދޫގައި ދިވެހި ޕާސްޕޯޓުގެ ޚިދުމަތް އިއްޔެ ފަށައިފިއެވެ. މި ޚިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މަނަދޫގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާނެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ރައްޔިތުންނާ ގާތުން އަވަހަށް ފޯރުކޮށްދިނުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެކެވެ. މި ސިޔާސަތުގެ ދަށުން މ...
އަލީ އާދިލް
ނ. ކެނދިކުޅުދޫގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ބަހުގެ ހިދުމަތް އެމްޓީސީސީން އިއްޔެ ފަށައިފިއެވެ. މި ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި ކެނދިކުޅުދުއަށް ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ބިން ބޮޑު އެ ރަށުގައި މިހާތަނަށް ބަހުގެ ހިދުމަތް ދެމުން އައީ ހަމައެކަނި ސްކޫލްތަކަށެވެ. ނަމަވެސް އެމްޓީސީސީން މިހާރު މި ހިދުމަތް ފެށުމާއެކު ރަށުގެ އާންމު ރައްޔިތުންނަށްވެސް މި ހިދުމަތް ލިބެން ފަށާފައިވެއެވެ. އެމްޓީސީސީން މި ހ...
އަލީ އާދިލް
އިންޑިއާގެ ނޮއިޑާ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްގެންދިޔަ ވީ.އައި.ޕީ ސެކިއުރިޓީ ޓްރެއިނިންގގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ 10 ފުލުހުން ބައިވެރިވެ، ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށް ސެޓްފިކެޓް ހާސިލުކޮށްފިއެވެ. އިންޑިޔާގެ ސެންޓްރަލް ރިޒަރވް ޕޮލިސް ފޯސްގެ ފަރާތުން ކުރިއަށް ގެންދިޔަ މި ތަމްރީނު ޕްރޮގްރާމަކީ މި ޖުލައި މަހުގެ 8 އިން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ތަމްރީނެކެވެ. މި ތަމްރީނުގައި ޕްރޮޓެކްޓިވް ސެކިއުރިޓީ ޓެކްޓިކްސް، ވެޕަންސް ޓްރެއިނިންގ، ޓ...
އަލީ އާދިލް
އުރީދޫ މޯލްޑިވްސްއިން ވަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްޞަކޮށްގެން 929#* ސުޕަޑީލްސް ކެމްޕެއިނެއް ތަޢާރަފުކޮށްފި އެވެ. މި ކެމްޕެއިނުގެ ދަށުން ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ޚާއްޞަ އޮފަރތަކެއް ލިބިގެންދާނެއެވެ. މި ކެމްޕެއިނުގައި ހިމެނިފައިވަނީ އެކި ކަސްޓަމަރުންގެ ބިހޭވިއަރއަށް ބެލުމަށްފަހު ޚާއްޞަކުރެވޭ އޮފަރތަކެކެވެ. ސުޕަރޑީލްގެ އޮފަރތައް ހޯދުމަށް އިތުރު ސަބްސްކްރިޕްޝަނެއް ނުވަތަ ސައިން އަޕް ފީއެއް ދައްކަން ނުޖެހޭނެއެވެ. އުރީދޫގެ ކޮންމެ ޕޯސްޓްޕެއިޑް އަދި ޕްރީޕެއިޑް ނަންބަރަކަށ...
އިބްރާހިމް އަސްވާޤް