އައްޑޫ ސިޓީގެ ސްޕާއެއްގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ބިދޭސީ އަކާއި ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އައްޑޫސިޓީ މީދޫގެ ''ތިލިންފަރު ބިއުޓީ ސެލޫން އެންޑް ސްޕާ'' ގައި ހަށިވިއްކާމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި އޮޕަރޭޝަން ހިންގާފައި ވަނީ މި ޖުލައި މަހުގެ 19 ވަނަ ދުވަހުއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ. މަރަދޫ / އާބާދީމަންޒިލް، ނަވާލް ޙުސައިން (25އ) އާއި ޔޮންލައްޑާ ސުކްސުވަންގް، ތައިލޭންޑް (36އ) ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ތަހުގީގުކުރަމުން އަންނަކަމަށް ވެސް ފުލުހުން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!