މިނިސްޓަރު عبد الله ގެ މަންމާފުޅު އަވަހާރަވެއްޖެ، ރައީސްގެ ތައުޒިޔާ
މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ މަންމާފުޅު ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަވަހާރަވެއްޖެއެވެ. މިނިސްޓަރު ޢަބުދުﷲ ނާޞިރު މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށެވެ. އަދި ރައީސް ވަނީ ތަޢުޒިޔާ ދަންނަވައި، ކެތްތެރިކަން މިންވަރުކޮށްދެއްވުން އެދި ދުޢާކުރަށްވާފައެވެ. ޝަރީފާ މުޙައްމަދު، މ.ދިލޭރާމްގެ/މާލެ އަކީ ޢަބްދުﷲ ނާޞިރުގެ އިތުރުން ފަންޑް މެނޭޖް...