ކެނެޑާގައި މުސްލިމުންނާމެދު ނަފުރަތު އުފައްދައި ތަފާތުކުރުމަށް ޖާގައެއް ނެތް: ބޮޑުވަޒީރު
ކެނެޑާގައި އިސްލާމޯފޯބިއާއަށް ނުވަތަ މުސްލިމުންނާ މެދު އޮންނަ ނަފްރަތާއި ތަފާތުކުރުންތަކަށް އެއްވެސް ޖާގައެއް ނެތްކަމަށް އެ ގައުމުގެ ބޮޑުވަޒީރު މާކް ކާނީ ވިދާޅުވެއްޖެއެވެ. ބޮޑުވަޒީރު މިހެން ވިދާޅުވީ މީގެ ނުވަ އަހަރު ކުރިން ކިއުބެކް ސިޓީގެ މިސްކިތަކަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އާކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ ނުވަ އަހަރު ކުރިން، 29 ޖެނުއަރީ 2017 ގައި ކިއުބެކް ސިޓީގެ އިސްލާމިކް ކަލްޗަރަލް ސެންޓަރަށް ދިން ބިރުވެރި ބަޑީގެ ހަމަލާގައި ކެނެޑާގެ ހަ […]