އެމްޑަބްލިޔުއެސްސީގެ އެމްޑީ މަތީނު ވެސް އިސްތިއުފާ ދެއްވައިފި
ސަރުކާރުގެ ފެން ކުންފުނި، މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު ވެސް މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަތީން ވަނީ އޭނާ މަގާމު ދޫކޮށްލެއްވިކަން ކަށަވަރުކޮށްދެއްވާފައެވެ. ނަމަވެސް ސަބަބެއް ވިދާޅެއްނުވެއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނެފައިވާ ގޮތުގައި މަތީން މިއަދު މަގާމުން އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އެ އިސްތިއުފާ ގަބޫލުކޮށް އޭނާ މިއަދު...