ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ޗައިނާ، ރާއްޖެ އާއި ދެކޮޅަށް ނިކުންނައިރު އެއްވެސް ބަހަނާއެއް ނެތް ކަމަށާއި ބޭނުންވަނީ މި މެޗުން ތިން ޕޮއިންޓް ހޯދުން ކަމަށް ޗައިނާގެ ކޯޗް މާސެލޯ ލިއްޕީ ބުނެފި އެވެ. މިއީ މި ފަހަރުގެ ކޮލިފައިންގައި ޗައިނާ ކުޅޭ ފުރަތަމަ މެޗް އަދި މިއީ ވަރަށް މުހިންމު މެޗެއް. އަހަރުމެންގެ މިއޮތީ ވަރަށް ބޮޑު އަމާޒެއް ކަނޑައަޅާފަ އެއީ، ކޮލިފައިންގެ އަނެއް ބުރަށް ދިއުން. އެހެންކަމުން އެކަން ހާސިލުކުރުމަށް މެޗުން މޮޅުވެ […]
އިބްރާހިމް އަސްވާޤް
ދުނިޔޭގެ ޕޯސްޓްދުވަސް ފާހަގަކުރުމުގެ ބޭނުމަކީ، ޤައުމީ ތަރައްޤީއަށް ޕޯސްޓްގެ ސަބަބުން އަންނަ ކުރިއެރުންތަކާމެދު ޢާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. ޕޯސްޓް ދުވަހަކީ ކޮންމެ އަހަރެއްގެވެސް އޮކްޓޯބަމަހުގެ 9 ވަނަ ދުވަހެވެ. ރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވީ 1906 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 9 ވަނަދުވަހުއެވެ. ޕޯސްޓްގެ ޚިދުމަތް ވިޔަފާރި އުޞޫލުންދޭ ގޮތަށް ސަރުކާރުން ހަމަޖައްސަވައި ކުރީގެ ޕޯސްޓަލް ޑިޕާރޓްމަންޓް ސަރުކާރުގެ ވިޔަފާރި ކުންފުންޏަކަށް ބަދަލުކުރެއްވީ 1994 ވަނަ އަހަރުއެވ...
ޝިއުނާ އާދަމް
ހދ. ނޮޅިވަރަންފަރު ބަނދަރު ސަރަޙައްދުގައި، އެރަށު ކައުންސިލުން ޚަރަދުކޮށްގެން އަޅާފައިވާ ދަތުރުހިޔާ އިމާރާތުން ބައެއް ކުއްޔަށް ދޫކުރުމަށް އިއުލާން ކޮށްފިއެވެ. އެރަށު ކައުންސިލުން، މީގެކުރިން މިކަމާ ގުޅިގެން ކޮށްފައިވާ އިއުލާނެއް ބާޠިލުކޮށް، އަލުން މިއަދު މިކަމަށް އިއުލާން ކޮށް، ކުއްޔަށް ހިފުމަށް ޝައުގުވެރިވާ ފަރާތްތަކަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ. ނޮޅިވަރަންފަރު ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދަތުރުހިޔާ ސާފުކޮށް ބެލެހެއްޓުމާއެކު، އިމާރާތުން ކުއްޔަށް ދޫކުރާ ބަޔަށް ގެންނަންޖެ...
Thiladhun
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރުއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ގެއްލުވާލާފައިވާ މައްސަލައިގެ ތަޙްޤީޤާބެހޭ ގޮތުން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރައްވައި މިކަމާއި ގުޅިގެން ފިޔަވަޅު އެޅުމުގައި ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގައި ވިދާޅުވެފައެވެ. “މިސަރުކާރެއް، އަޅުގަނޑެއް ފަހަތަކަށް މިކަމުގައެއް ނުޖެހޭނަން. އަޅުގަނޑުމެން މިތިބީ ކުރަންޖެހޭ ކޮން...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުކަމަށް، 4 ބޭފުޅުން މިއަދު ޢައްޔަން ކުރައްވައިފިއެވެ. އެންޓިކޮރަޕްޝަން ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އައްޔަންކުރެއްވި ބޭފުޅުންނަކީ އަލްއުސްތާޛާ ފާޠިމަތު އަނޫލާ, ގަލޮޅު ވަޑިނޮޅުގެ އާއި އަލްފާޟިލާ މަރްޔަމް ޝިއުނާ، އައްޑުއަތޮޅު ހިތަދޫ ނެދުންގެ އާއި އަލްފާޟިލާ ޢާއިޝަތު ޢަބްދުﷲ، ފާދިއްޕޮޅު ހިންނަވަރު ރޯލްގޯލްގެ އަދި އަލްފާޟިލް ޢަލީ އަޝްރަފު، ދަފްތަރު ނަންބަރު ރސ 3366 މި ބޭފުޅުންގެ ތެރެއިން ފާޠިމަތު އަނޫލާ އ...
އިބްރާހިމް އަސްވާޤް
ސަރުކާރުގެ މައި ހޮސްޕިޓަލް، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މި އަހަރުގެ ސްކޫލު ބޮޑު ޗުއްޓީ ދުވަސްވަރު، ހިތާނުކުރުމަށް ބޭނުންވާ ކުދިން ނަންނޯޓު ކުރުމަށް މި މަހު ފުރުޞަތު ހުޅުވާލަން ނިންމައިފިއެވެ. އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، ސްކޫލު ބަންދުގައި ހިތާނު ކުރަން ބޭނުންވާ ކުދިން ނަން ނޯޓު ކުރުމުހެ ފުރުސަތު މި މަހު 15 ގައި ހުޅުވާލާނެއެވެ. މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އައިޖީއެމްއެޗް އިން ނަން ނޯޓު ކުރަން ހުޅުވާލާފައިވާއިރު، […]
Thiladhun
ސަރުކާރުން، ހދ. ކުމުންދޫގައި އަޅަން ފެށި ފުޓްސަލް ދަނޑުގައި މިހާރު ނުނިމި ހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު އިއުލާން ކޮށްފިއެވެ. ކުމުންދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން އެރަށުގައި ތަރައްޤީކުރަން ފަށާފައިވާ ފުޓްސަލް ދަނޑުގައި މިހާރު ނުނިމިހުރި މަސައްކަތްތައް ނިންމަން އެކައުންސިލާ ހަވާލުކޮށްފައިވާތީ، އެކައުންސިލުން ދޭ މައުލޫމާތާ އެއްގޮތަށް އެމަސައްކަތް ކޮށްދޭނެ ފަރ...
Thiladhun
ރަށްރަށުން ކަރަންޓު ކެނޑޭއިރަށް މާލޭގައި ހުންނަ މީހަކަށް ގުޅައިގެން އާދޭސް ދެންނެވުމަށް ނިމުން ގެނެވޭނީ ރަށްރަށުގެ ރައްޔިތުންގެ ބެލުމުގެ ދަށަށް އިންޖީނުގެތައް ގެނެސް، އިޔާދަކުރަނިވި ހަކަތަ އުފެއްދުމާ ދިމާލަށް ދާއިމީ ގޮތަކަށް މިސްރާބު ބަދަލުކުރެވިގެންކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ. އަލީ ޙުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި މިހެން ވިދާޅުވިއިރު، އިއްޔެ، އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ވަނީ ވަރަށް ގިނަ ވަގުތަށް ކަރަންޓު ކެނޑިފައެވެ. “ރަ...
Thiladhun
މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ނ. މަނަދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މާފަރަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. އެތަކެތި ހޯދާފައިވަނީ މާލެއިން ފުރައިގެން މާފަރަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ. މިއަދު ފުލުހުން ހިންގި މިއޮޕަރޭޝަންގެ ތެރެއިން، އެލޯޗުންގައި...
އިބްރާހިމް އަސްވާޤް
ހޮނިހިރު ދުވަހުގެރޭ އިރާކޮޅު ހުރިހާ ދިވެހިންނަށް ލިބުނު ޚަބަރަކީ މުޅިރާއްޖެ ކަހަލަގޮތަކަށް އެޚަބަރަކަށް މީގެ ދޮޅުއަހަރެެއްހާ ދުވަހުންފެށިގެން އިންތިޒާރު ކުރަމުން އައި އެންމެންގެ ދަގަނޑޭ ޤައުމީ ޓީމަށް ނެގި ވާހަކައެވެ. މީސް މީޑިއާގައި އެންމެން އެއްވާނަކަށް ދައްކަމުން ދިޔައީ ދަގަނޑޭ ޓީމްގައި ހިމެނިވާހަކައެވެ. ފާއިތުވި ދޮޅު އަހަރުން ފެށިގެން ހުރިހާ ދިވެހިން ކަހަލަ ގޮތަކަށް ދައްކަމުން އައީ އެއްވާހަކައެކެވެ. ދަގަނޑޭ އަކީ ޤައުމީ ޓީމުގައި ކޮންމެހެންވެސް ހުންނަންޖެހޭ ކުޅުންތެރިއެއްކަމެވެ. ގިނަ ބަޔަކަށް ދ...
އަޙްމަދު އަސްފާން
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ޖަމާވެ ގިނަ ދުވަސްވެފައިވާ ކުނިތައް ނަގައި ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން އިޢުލާން ކޮށްފިއެވެ. މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ އެދިލެއްވުމަށް މި މަސައްކަތް ކޮށްދޭނެ ދިވެހި ފަރާތްތައް ހޯދަން މިއަދު ފިނޭންސް އިން އިއުލާން ކޮށްފައިވާއިރު، ބީލަމުގައި ބައިވެރިވުމަށް 500 ރުފިޔާގެ ނޮން ރިފަންޑަބަލް ފީއެއް ދައްކަން ޖެހޭނެއެވެ. ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައިވަނީ މި ފީ ބަލައިގަތުން ކުރިއަށްދާނީ މ...
Thiladhun
ކ. ހުރައަށް ދަތުރު ދިޔަ ހިރިޔާ ސްކޫލުގެ ދަރިވަރުންތަކަކާއި ޕްރިންސިޕަލް ގެނބިގެން މަރުވި ހާދިސާ އަށް މިއަދަށް އަށް އަހަރު ފުރޭއިރު، އެ ހާދިސާގެ ހަނދާންތައް ދިވެހިންގެ ހިތުން އަދިވެސް ފިލައިގެނެއް ނުދެއެވެ. އެ ދުވަހު އެތައް ދިވެހިންނެއް ވަނީ ކަރުނަ އަޅާފައެވެ. އެ ހާދިސާ ކައިރިން ފެނުނު ކުދިންނާއި ޓިޗަރުން އަދިވެސް ތިބީ ނަފްސާނީ ގެއްލުމެއްގެ ތެރޭގައެވެ. މި ހިތާމަވެރި ހާދިސާގެ ހަބަރު އިވުނު ކޮންމެ ދިވެއްސަކު އެމީހަކަށް ވެވުނު މިންވަރަކުން އެމީހެއްގެ އެހީތެރިކަމާއި އެއްބާރުލުން […]
އަފްރާހް އަބްދުލް ރަޝީދު
ނިމިދިޔަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހަކީ ދިވެހިންގެ ތެރެއިން ގިނަބަޔަކު ކަރުނުން ތެންމާލި ދުވަހެކެވެ. ހދ. ނޮޅިވަރަމްފަރުގެ ރައްޔިތުންތަކެއް ދަތުރުކުރި ލޯންޗެއް ގަދަ ވިއްސާރައިގައި ބަންޑުން ޖަހާލައި މުޅި ގައުމާއި އެރަށުގެ ރައްޔިތުން، ހިތާމައާއި ކަރުނައިގެ އަސަރުތަކުން ފުރުނު ދުވަހެކެވެ. ހަމަ އެ ދުވަހު އެހެން “ހަނގުރާމައެއް” ވެސް އެ ރަށު ރައްޔިތުންތަކެއް ދިޔައީ ކުރަމުންނެވެ. ރަށުގެ އެއް އަވަށް އެ އޮތީ ފެނު އަޑީގަ އެވެ. ފެން ނުވަންނަ ގެއެއް ނެތެވެ. ގެއްލުން ނުވާ […]
ނ. ހަސަން
މިއަދު ހަވީރު 4:45 ން ފެށީގެން އައްޑޫ ސިޓީން ކަރަންޓު ކެނޑުނު މައްސަލައަށް އަދިވެސް ހައްލެއް ނުލިބެއެވެ. ކަރަންޓު ކެނޑިފައިވަނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުންނެވެ. ކަރަންޓު ނުލިބުމުގެ ސަބަބުން ގިނަބަޔަކު ދަނީ އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. މީގެ އިރުކޮޅެއްކުރިން ފެނަކައިން ބުނެފައިވަނީ ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މާލެއިން ފަންނީ ބަޔަކު މޯލްޑިވިއަންގެ ފްލައިޓެއްގައި އައްޑޫއަށް ދަތުރު ކުރާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން ފެނަކައިން ވިދާޅުވީ ކަރަންޓު ކެނޑެން ދިމާވީ އިންޖީނަށް...
ޔުމްނާ ޢަލީ
ހޯރަފުށި ދާއިރާގައި ހިމެނޭ ރަށްތަކުގައި ތަރައްގީއަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައުލޫމާތު، އިންޑިއާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރްއާ ހިއްސާކުރައްވައިފިއެވެ. ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ދާއިރާގެ ރަށްތައް ކަމަށްވާ ހޯރަފުށި، އުލިގަމު އަދި ތުރާކުނުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ސަފީރާ ހިއްސާކުރެވުނު ކަމަށެވެ. ހޯރަފުށީގައި މިވަގުތު ހިނގާ އެންމެ ބޮޑު މަޝް...
އަފްރާހް އަބްދުލް ރަޝީދު
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު “ތިބާ ސައިކޮލޮޖީ” ކުލިނިކް ރަސްމީގޮތުން މިރޭ ހުޅުއްވައިދެއްވައިފިއެވެ. މާފަންނު ފްލެމިންގޯ ގޭގައި މިރޭ ރަސްމީކޮށް ހުޅުވި މި ކްލިނިކަކީ ނަފްސާނީ ބަލިތަކަށް ފަރުވާދިނުމަށް ޚާއްޞަކުރެވިގެން ހުޅުވި ކުލިނިކެކެވެ. އެކްލިނކުންބުނީ ނަފްސާނީ ބަލީގެ ކަންކަން ދިރާސާ ކުރުމާއި މީހުން ތަމްރީންވެސް ކުރާނެކަމަށެވެ. އަދި އެކްލިނިކަކީ ބައިނަލް އަޤްވާމީ މިމްގަނޑުތަކަށް ފެތޭ ކްލިންކްއެއްކަމަށާ، ޚިދުމަތް ދެމުންގެންދާނީ އެންމެ ފަހުގެ ޓްކްނޮލަޖީ ބޭނުންކޮށްގެންކަމަށ...
ޔުމްނާ ޢަލީ
ކައުންސިލްތަކުގެ މާލީ މުއާމަލާތްތަކާއި އާމްދަނީއާއި ޚަރަދު އިލެކްޓްރޯނިކް ނިޒާމަކުން ބެލެހެއްޓުމަށް މިނިސްޓްރީ އޮފް ފިނޭންސާއި ގުޅިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީން ތަރައްޤީކޮށްފައިވާ އެޕްލިކޭޝަން ‘ވިޔަ’ އަށް ކައުންސިލް ތަކުގެ މުވައްޒަފުން އަހުލުވެރިކުރުމުގެ ގޮތުން މަސައްކަތުބައްދަލުވުމެއް ފަށައިފިއެވެ. މި މަސައްކަތު ބައްދަލުވުންތައް ކުރިއަށްދަނީ 3 ބުރަކަށް ބަހާލައިގެން، ކޮންމެ ބުރެއްގައި 50 ކައުންސިލަކުން ކޮންމެ ކައުންސިލަކުން 2 މުވައްޒަފުން ބައިވެރިވެ ތަމްރީނުވާ ގޮތަށެވެ. ކޮންމެ ބުރެއްވެސް ކު...
އިބްރާހިމް އަސްވާޤް
ރާއްޖޭގައި ގެއްލުން ނުވެ ހިންގާ ޑޮމެސްޓިން އެއާޕޯޓަކީ ހަމައެކަނި ދަރަވަންދޫ އެއާޕޯޓުކަމަށާއި ދެން ރާއްޖޭގެ އެކި އަތޮޅު ތަކުގައި ހުރި ޑޮމެސްޓިކް އެއަރޕޯޓުތައް ހިންގަމުންދަނީ ގެއލުމުގައިކަމަށް ޓްރާންސް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ. ސަރުކާރުގެ ވުޒާރާތަކުގެ މައުލޫމާތު ދިނުމަށް “ނުވަގަޑި މީޑިއާ” ނަމުގައި ކުރިއަށްގެންދާ ސިލްސިލާ މައުލޫމާތު ބައްދަލުވުންތަކުގެ ދަށުން މިއަދު މީޑިއާއާ ބައްދަލުކުރައްވައި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު ވިދާޅުވީ މިހާރު ރާއްޖޭގައި ހިންގާ 13 އެއާޕޯޓުގެ...
ޝިއުނާ އާދަމް