ނަފްރަތަށް ވަނީ ވަކި ބައެއްގެ ވަހާކަ ދެއްކީމާތޯ ސައިޙް ސަމީރު ސުވާލު އުފައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އިންސާނީ ހައްގުތަކާއި އިންސާނީ ކަރާމާތާއި އަދި ކުރިއަރަމުން އަންނަ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓާ ހިފެހެއްޓުމަށް ކަމަށްބުނެ އުފެއްދި ޖަމިއްޔާއަކުން ނެރެފައިވާ ރިޕޯޓެއްގައި ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ، މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާ، މާތް ރަސޫލަށް ނިސްބަތްކޮށް ފުރައްސާރަކޮށްފައި ވާތީ ގިނަ ބަޔަކު ދަނ...
އިބްރާހިމް އަސްވާޤް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެމްބެސެޑަރ އެޓް ލާޖްގެ މަޤާމަށް، މައްޗަންގޮޅި ރައުފަތުގެ، އަޙްމަދު މާހިރު މިއަދު ޢައްޔަން ކުރައްވައިފިއެވެ. އަޙްމަދު މާހިރަށް މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އަޙްމަދު މާހިރަކީ މީގެ ކުރިން ވެސް ދިވެހިދައުލަތުގެ ސަފީރުގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ
އިބްރާހިމް އަސްވާޤް
ހދ.ކުޅުދުއްފުށި އަމީރު އަމީން ސުކޫލުގެ ދަރިވަރުންނަށް ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކަލައިފިއެވެ. އެސުކޫލުގެ ދަރިވަރުންގެ ފަރާތުން ރާއްޖޭގެ މުވައްސަސާތަކުގެ ޔުނީފޯމް ދައްކާލުން އޮތީ މިއަދު އެސުކޫލުގައި ކުރިޔަށް ގެންދިޔަ ހަރަކާތެއްގައެވެ. މި ހަރަކާތުގައި އެމް.އެން.ޑީ.އެފް ނޯރތަން އޭރިޔާ، ކުޅުދުއްފުށި ޕޯސްޓާއި އެމް.އެން.ޑީ.އެފް ކުޅުދުއްފުށި ފަޔާރ ސްޓޭޝަންގެ ސިފައިން ވެސް ވަނީ ބައިވެރިވެފައެވެ. Raajjeyge muassasaathakuge uniform dhakkaalumah HDh. Kulhudhuffushi Ameer Ameen School ge dhari...
ފާތިމަތު ސިނާޒާ
ރާއްޖޭގައި މި އަހަރުގެ މިހާތަނަށް އާ 19 ރިސޯޓް ހުޅުވާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ. މިއަދު ކްރޮސްރޯޑްސް މޯލްޑިވްސްގައި ފެށި “މޯލްޑިވްސް ޓޫރިޒަމް ކޮންފަރެންސް 2019” ގައި ވާހަކަ ދައްކަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި އަހަރުގެ މިހާތަނަށް 19 ރިސޯޓެއް ހުޅުވައިފައިވާ ކަމަށާއި 20 ވަނަ ރިސޯޓް އައްޑޫގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންކަމަށެވެ. “އަޅުގަނޑުމެން ވައުދުވީ ފުރަތަމަ އަހަރު 20 ރިސޯޓް ހުޅުވަން. މީގެ ދެ ރޭ ކުރިން […]
ފާތިމަތު ސިނާޒާ
ހދ. ވައިކަރަދޫގައި މަސްމާރުކޭޓްގެ އިމާރާތް ހެދުމުގެ މަސައްކަތް، އެ ރަށު ކައުންސިލުން ހުށަހަޅާ ބީ.އޯ.ކިޔު އާއި އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކޮށްފިއެވެ. އެގޮތުން އެއިދާރާއިންދޭ ބީ.އޯ.ކިޔުއާ އެއްގޮތަށް އަމިއްލަ ތަކެތީގައި މަސްމާރުކޭޓު އިމާރާތް ކުރުމުގެ މަސައްކަތްތައް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 4 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 އަށް އެރަށު ކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށާއި 1 އޮކްޓޯބަރ 2019 ވާ ހޯމަ ދުވަހުގެ 11:00 ގައި އެއިދާރާއަށް ދުރުވެ އަންދ...
ފާތިމަތު ސިނާޒާ
ލާމަރުކަޒު ކުރުމުގެ ވާހަކައިގެ ތެރެއަށް ވަދެލަން މިޖެހުނީ މިހުކުރުގައި މާފުށްޓަށް ކުރިދަތުރުގެ ތެރެއިން އުފެދުނު ޚިޔާލަކުންނެވެ. ދަތުރުގެ ތެރެއިން ދިމާވި ރައްޓެއްސަކާ ދެއްކި ވާހަކައިގެ ތެރޭގައި، ދިވެހި ދައުލަތުގެ ޚަޒާނާއަށް މާފުށިން ލިބޭ ވާރުގެ މިންވަރު އޭނާ ކިޔާދިނެވެ. އަޅުގަޑުގެ ސުވާލަކަށްވީ ސަރުކާރުން މިރަށުގެ ކައުންސިލަށް، ރަށުގެ ތަރައްގީއަށް އަހަރު ދެނީ ކިހާވަރެއްކަން އެނގޭތޯއެވެ. އޭނާއަކަށް ނޭނގެއެވެ. އަދި ބޮޑަށް ލަފާކުރެވެނީ އެއްޗެއް ނުދޭކަމަށެވެ. މިހާރު އަޅުގަޑުމެން ލާމަރުކަޒުކޮށްގެން މި...
މުޙައްމަދު ޝިހާބް
އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން މަޝްވަރާކޮށްފި އެވެ. 1 އޮކްޓޯބަރ 2019 ވީ އަންގާރަ ދުވަހު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ބައްދަލުވުމެއްގައި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތާއި ގުޅޭގޮތުން ފުލުހުންނާއި އިހަވަންދޫ ކައުންސިލް މެމްބަރުން މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމުގައި، އެރަށުގެ ޕޮލިސް ސްޓޭޝަންގެ އައު އިމަރާތް އެޅުމަށް ހަމަޖެހިފައިވާ ބިމުގެ ކަންކަން އަވަސްކުރުމާއި، ގުޅޭގޮތުންނާއި ފުލުހުން މިހާރު ދެމުން ދާ ޙިދުމަތުގެ ފެންވަރު ރަނގަޅުކޮށް ހަރުދަނާ ކުރުމަށް ކު...
ފާތިމަތު ސިނާޒާ
މޯލްޑިވްސް ޕޮލިސް ސާވިސް އާއި ފީވަކު ޞިއްހީ މަރުކަޒާއި ގުޅިގެން ކަސްރަތު ޕްރޮގްރާމެއް ފަށައިފިއެވެ. “ބަރުދަން ލުއިކުރުން” ގެ ނަމުގައި ފެށި މި ޕްރޮގްރާމް ފަށާފައިވަނީ އިއްޔެއެވެ. މި ޕްރޮގްރާމުުގައި އެ ރަށުގައި ދިރިއުޅޭ 18 އަހަރުން މަތީގެ ކޮންމެ މީހަކަށްވެސް ބައިވެރި ވެވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން މަޢުލޫމާތު ދެއެވެ. އަދި މި ޕްރޮގްރާމުގައި ފައިދާހުރި ކާނާއާއި، ކާނާ ބޭނުންކުރަންވީ ގޮތާއި، އަދި ހަށިގަނޑުގައި ހުންނަ ސަރުބީތައް ފަސޭހައިން ވިރުވާލަދޭނެ ގޮތް ބުނެދޭނެއެވެ. […]
Thiladhun
އިއުލާން ކުރުމަކާ ނުލައި، ރައްޔިތުންގެ މަޖިލިހުގެ އިދާރީ ތިންމަގާމުގައި މިހާރު ތިއްބެވި ތިން ބޭފުޅަކު، އިތުރު ދައުރަކަށް އެ މަގާމުތަކުގައި ބައިތިއްބަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށް އައްޔަންކޮށްފި އެވެ. މިއަދު މީހުން އައްޔަންކޮށްފައި ވަނީ މަޖިލީހުގެ އަމީން ޢާއްމުގެ މަޤާމަށާއި ކައުންސެލް ޖެނެރަލްގެ މަޤާމަށާއި ސަރޖެންޓް އެޓް އާރމްސްގެ މަޤާމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމުގެ މަޤާމަށް އައްޔަންކުރެއްވީ އަލްއުސްތާޛާ ފާޠިމަތު ނިޔުޝާއެވެ. ކައުންސެލް ޖެނެރަލްގެ މަޤާމަށް އައްޔަން ކުރ...
Thiladhun
އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް މޯލްޑިވް ގޭހުގެ ދެ މުއައްޒަފުންނަށް ހައްޖު ދަތުރު ދޭން ނިންމައިފިއެވެ. މިކަން ރަސްމީކޮށް އިއުލާނުކޮށްފައި ވަނީ، އެ ކުންފުންޏަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި، ހުޅުމާލޭގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ހަރަކާތް...
Thiladhun
ނ. ދިގުރަށުގައި ގާއަޅާ މެޝިނެއްގެ ބެލްޓް ދަށުވެ ބިދޭސީއަކު މަރުވެއްޖެއެވެ. ރިސޯޓެއް ގޮތަށް ތަރައްގީ ކުރަމުންދާ ނ. ދިގުރަށުގައި ހިނގި މި ހާދިސާގައި މަރުވެފައިވަނީ ސަން ކޮންސްޓްރަކްޝަން ކުންފުނީގައި މަސައްކަތް ކުރާ އުމުރުން 25 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން މިހާތަނަށް ބެލި ބެލުމުން މި މީހާ އަށް އަނިޔާވެފައިވަނީ އެ ރިސޯޓުގައި މަސައްކަތް ކުރަމުންދަނިކޮށް ގާ އަޅާ ބޮޑު މެޝިނެއްގެ ބެލްޓު ދަށުވެގެން ހިނގި އެކްސިޑެންޓެއްގައި […]
އިބްރާހިމް އަސްވާޤް
ހަނިމާދޫގައި އަލަށް އިމާރާތްކުރާ ހިނަވާގޭގެ ބިންގާ އިއްޔެ އަޅައިފިއެވެ. ހދ. އަތޮޅު ކައުންސިލާއި، ހދ. ހަނިމާދޫ ކައުންސިލް ގުޅިގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި ހިނަވާގޭގެ ބިންގާ އަޅުއްވައިދެއްވީ ހަނިމާދޫގައި މިކަމަށް ބޭއްވި ރަސްމިއްޔާތުގައި ހދ. އަތޮޅު ކައުންސިލުގެ ރައީސް އާދަމް ޢަލީ އާއި ހަނިމާދޫ ކައުންސިލުގެ ރައީސް އަބުދުއްސަލާމް ޢަލީއެވެ. ހދ. އަތޮޅު ކައުންސިލުގެ މެންބަރުންނާއި، ހދ. ހަނިމާދޫ ކައުންސިލުގެ މެންބަރުންނާއި، މުވައްޒަފުންނާއި އަދި ހަނިމާދޫގައި ހުންނަ ސަރުކާރުގެ މުއައްސަސާތަކުގެ...
ޔުމްނާ ޢަލީ
ހއ.އުތީމު ސުޕޯރޓްސް އެރީނާ ޕުރޮޖެކްޓުގައި ހިމެނޭ ބަށި ކޯޓު އަދި 2 ވޮލީ ކޯޓުގެ މަސައްކަތް ބަޔަކާ ހަވާލު ކޮށްފިއެވެ. އިއްޔެ ސޮއި ކޮށް ހަވާލުކުރި ބަށި ކޯޓު ހަވާލުކޮށްފައިވަނީ އުތީމުގެ ބޭފުޅަކާއެވެ. އަަދި ވޮލީ ކޯޓުގެ މަސައްކަތް ހަވާލުވެފައިވަނީ ނ. ވެލިދޫ ބޭފުޅެކެވެ. ނިމި ދިޔަ 2018 ވަނަ އަހަރު އިޢުލާން ކޮށް ބިޑުކުރި މިމަސައްކަތް ޔޫތުމިނިސްޓްރީގެ ފަރާތުން އެފަރާތް ތަކަށް ދީފައިވަނީ ހުށަހެޅި އަގަށް އެފަރާތްތައް އެއްބަސްވުމާގުޅިގެންނެވެ. ރަށް ރަށުގެ ތަރައްޤީ އަށް މިފަދަ ބޮޑެތި […]
ފާތިމަތު ސިނާޒާ
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ. ފަތިހު 4:00 އިން ހެނދުނު 09:00 އަށް މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓް ނެރެފައިވާ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ. ރޭ ދަންވަރުވެސް […]
އިބްރާހިމް އަސްވާޤް
ނަމާދަކީ، އޭގެ ޒަރީއްޔާއިން ދީން ޤާއިމުވެފައި އޮންނަ ދީނުގެ ތަނބެވެ. އެއްވެސް އަޅުކަމަކަށް ދެވިފައި ނުވާ މަޤާމެއް އިސްލާމް ދީނުގައި ނަމާދަށް ދެވިފައި ވެއެވެ. ރަސޫލާގެ ހަދީޘްފުޅެއްގައި ވެއެވެ.”ދީނުގެ އަޞްލަކީ އިސްލާމެވެ. އަދި އޭގެ ތަނބުތަކަކީ ނަމާދެވެ. އަދި އޭގެ ކުރިބޯއްޓަކީ ﷲ ގެމަގުގައި ޖިހާދު ކުރުމެވެ.” ރަސޫލުﷲ ގެފާނު މިޢުރާޖު އަރައިވަޑައިގެންނެވި ރޭގައި އެކަލޭގެ ފާނުގެ މައްޗަށް ފަސްނަމާދު ފަރުޟު ކުރެއްވުނެވެ. ނަމާދަކީ، ﷲ ގެ ޙައްޤުތަކުގެ ތެރެއިން ޤިޔާމަތް ދުވަހުގައި އެންމެ ފުރަތަމަ އަޅާގެ […]
ހުސައިން ހަބީބް
ދިވެހި ތާރީހުގައި، މި ފަހަކަށް އައިސް ރާއްޖޭގައި ހިނގާދިޔަ އެންމެ ބޮޑު އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އަލިފާނުގެ ހާދިސާއާއި ގުޅިގެން، އެތައް ބައެއްގެ އުމުރުދުވަހު ކުރި މަސައްކަތް ވަނީ އަނދާ އަޅިޔަށް ވެފައެވެ. އެތަކެއް ސަތޭކަ މީހުން ވަނީ މަގުމަތި ވެފައެވެ. އަބަދަށްފެހި މަގު، ހ. ތިލަފުށީ ގޭގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ ހިނގި “ހެންވޭރު ބޮޑު ހުޅު” ގެ ސަބަބުން ޖުމްލަ 26 ގެއަކަށް އެކި […]
Thiladhun
ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ މިޞްރާބު ހިމެނޭ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި އެކްޝަން ޕްލޭން އިފްތިތާޙު ކޮށްފައިވަނީ އެކަމަށްޓަކައި މިރޭ ބެއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ރައީސް ޞާލިޙް ވިދާޅުވީ، މިއީ ސަރުކާރުގެ ވަޢުދުތައް ހާސިލުކުރާނެ ގޮތުގެ މަޝްވަރާ ހޯދައި، ވަގުތު ތާވަލު ހަދައި، ވިލަރެސްކޮށް، ކަރުދާހަށް ތިރިކޮށްފައިވާ، ކަންކުރާނެ ގޮތުގެ ސިޔާސަތު ކަމަށެވެ. މި ޕްލޭނަކީ ސަރުކާރ...
Thiladhun
ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. ފުޓުބޯޅަ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނި މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއި ފުޓްބޯޅަ އެސޯސިއޭޝަނާއި ދެމެދު ކުރެވުނު މަޝްވަރާއަށް ފަހު “ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް” ކުޅޭ ފޯމެޓަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައި ވާނެ ކަމަށެވެ. ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ، މި ބަދަލުތަކަށް ފަހު “ޖަޒީރާ ފުޓްބޯޅަ ޗެމްޕިއަންޝިޕް 2020” އަށް ކޮލިފައިވުމަށް ކުޅެވޭ ރަށު މުބާރާތް...
Thiladhun