މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (06:30 އިން 10:30 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,326 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2095 ވަނަ ޞަފްޙާ

މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި

މާފަރު އިންޓަރނޭޝަނަލް އެެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށައިފި އެވެ. މިއަދު 09:00 ގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރި މޯލްޑިވިއަންގެ ޝެޑިއުލް ފުލައިޓް މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދުގެ 09:40 ގައެވެ. މާލެއިން މާފަރަށް ދިއުމަށް ނަގަނީ 40 މިނެޓެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 60 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހެދި މާފަރު އިންޓަނޭޝަނަލް އެއާޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް މާފަރަށް މިއަދު ހެނދުނު ފެށިފައިވާއިރު އެކަން...

ޔުމްނާ ޢަލީ
ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެ

ބޯކޮށް ވާރޭވެހި ތިލަދުންމަތީގެ ރަށްރަށުގައި ފެން ބޮޑުވެއްޖެއެވެ. މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ.ކުރިނބީ، ހދ. ކުޅުދުއްފުށި އަދި ހދ.ނޮޅިވަރަންފަރުގެ ބައެއް ގެތަކަށް ފެންވަދެ، ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ނޮދާން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދެއްމުންދާކަމަށެވެ. Raajje ah kuramundhaa vissaaraagai HDh. Kurin'bi, HDh. Kulhudhuffushi adhi HDh. Nolhivaranfaru ge baeh gethakah fenvadhe, baeh magutha...

އިބްރާހިމް އަސްވާޤް
އުރީދޫ އިން ވައިފައި ކޯލިން ތައާރަފްކޮށްފި

އުރީދޫ އިން ވައިފައި ކޯލިން ތައާރަފްކޮށްފި

އޫރީދޫ މޯލްޑިވްސް އިން ރާއްޖެއަށް ވައިފައި ކޯލިން ތައާރަފްކޮށްފިއެވެ. މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރެވޭ ހިދުމަތެކެވެ. މި ހިދުމަތް ތައާރަފްކޮށްފައިވަނީ މިރޭ ކުރިއަށްދާ “އޫރީދޫ ކަލަރ ރަން” މިއުޒިކް ފެސްޓިވަލުގެ ތެރެއިން ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އަދި އޫރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބް ހާންއެވެ. ވައިފައި ކޯލިން ބޭނުންކޮށްގެން ކަސްޓަމަރުންނަށް އެޗްޑީކޮށް އޫރީދޫ ކޯލިން ރޭޓުތަކާއި އެއް އަގެއްގައި ރޭންޖުޑަށް ހިސާބުތަކުގައި ތިބޭ ފަރާތްތަކަށް ގުޅާލެވޭނެއެވެ. މި ހިދުމ...

އިބްރާހިމް އަސްވާޤް
ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާޓް: ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ

ބޮޑު ތިލަދުންމައްޗަށް ޔެލޯ އެލާޓް: ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެކަމަށް ލަފާ ކުރެވޭތީ މޫސުމާބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފިއެވެ. މެޓް އޮފީހުން ބުނީ، ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެގޮތުން މިއަދު ހެނދުނު 08:10 އިންމެނދުރު 12:00 އަށް ހއ އިން ފެށިގެން ނ އަތޮޅާ ދެމެދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓް އޮފީހުން […]

އިބްރާހިމް އަސްވާޤް
އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު

އުތީމު އާދަމްބޭގެ ގަލަމުން: އެކެއްދޭއްގެ ދަތުރު

އެކެއްދޭއްގެ ދަތުރަކީ ރާއްޖެތެރޭގެ އަތޮޅުތަކުގައި މީހުންދިރިއުޅޭ ކޮންމެ ރަށަކުންވެސް މަހަކު އެއްފަހަރު އެއަތޮޅެއްގެ އަތޮޅުވެރިކަން ކުރާ ރަށަށް ކުރި ދަތުރެކެވެ. ރާއްޖޭގެ އެކިހިސާބުތަކުގައި މިދަތުރަށް ކިޔާނަން ތަފާތުވެދާނެއެވެ. އަޅުގަނޑު މިދަންނަވަނީ ތިލަދުންމަތީގައި މިދަތުރަށް ކީނަމެވެ. މިދަތުރަށް އެކެއްދޭއްގެ ދަތުރޭ ކިޔަނީ ދަތުރުކުރާ ދުވަހަށް ނިސްބަތްކޮށްގެންނެވެ. އެއީ ކޮންމެ މަހެއްގެ ފުރަތަމަ ދެދުވަހުގެ ތެރޭގައި (އެއްވަނަ ދުވަހާއި ދެވަނަ ދުވަހު) މިދަތުރު ކުރަން ޖެހޭތީއެވެ. މިކަން އަޅުގަނޑަށް ފެ...

އުތީމު އާދަމް ޢަބްދުއްރަޙްމާން
ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވައިފި

ހަރުކަށި އަނިޔާވެރި އަމަލުތައް ހުއްޓުވުމުގައި ސަރުކާރަށް އެއްބާރުލުން ދެއްވުމަށް އިލްތިމާސްކުރައްވައިފި

ހަރުކަށި އަނިޔާވެރި އަމަލުތައް ހިންގުން ހުއްޓުވުމުގައި ހުރިހާ ފަރާތްތަކުން ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ހޯމް މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ. މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މިއަދު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްލާމް ދީނަށް ކުޑައިމީސް ބަސް ރައްދުކޮށް، ފުރައްސާރަކޮށް މަލާމާތް ރައްދުކުރުމާ ދީނުގެ ނަމުގައި ހައްދުފަހަނައަޅާފައިވާ އަމަލުތައް މަދުން ނަމަވ...

އިބްރާހިމް އަސްވާޤް
ޔޫ.އެން.ޑީ.ޕީ ހިލޭ އެހީގެ ދަށުން އައިޑިއާސް އިން ހއ ކެލާގައި ތަފާތުއެކި ޕްރޮޖެކްޓްތައް ހިންގަނީ

ޔޫ.އެން.ޑީ.ޕީ ހިލޭ އެހީގެ ދަށުން އައިޑިއާސް އިން ހއ ކެލާގައި ތަފާތުއެކި ޕްރޮޖެކްޓްތައް ހިންގަނީ

  “ގުލޯބަލް އެންވިރަމަންޓް ފެސިލިޓީ ސުމޯލް ގްރާންޓްސް ޕްރޮގުރާމް މޯލްޑިވުސް” ދަށުން މަދަނީ ޖަމިއްޔާތަކަށް ފޯރުކޮށްދޭ ހިލޭއެހީ، އެންމެ ރަނގަޅު ޕުރޮޕޯސަލްތައް ހުށައެޅި ފަރާތްތަކާއި ހަވާލުކޮށްފިއެވެ. ހިލޭއެހީ ކަމިޔާބުކުރި ފަރާތްތަކަށް، ކާމިޔާބުކުރިކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ހަފްލާއެއް ވަނީ މިމަހުގެ 28 ވަނަ ދުވަހު ސެންޓުރަލް ހޮޓެލްގައި ބާއްވަފައެވެ. މި ހަފްލާގައި ލިޔުންތައް ހަވާލުކޮށްދެއްވީ ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އާއި މިނިސްޓަރ އޮފް ފިޝަރީޒް، މެރިންރިސޯރސަސް އެންޑް އެގު...

ތިލަދުން
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ. މި ފުރުސަތު އެ ކައުންސިލުން ހުޅުވާލާފައިވަނީ ބުރާސްފަތި ދުވަހު ނެރުނު އިއުލާނެއްގައެވެ. އިއުލާނުގައި ބުނެފައިވަނީ މާލޭގެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދި ހުށަހެޅުމުގެ ފުރުޞަތު 01 ޑިސެމްބަރ 2019 އިން 19 ޑިސެމްބަރ 2019 ގެ ނިޔަލަށް ހުޅުވާލާކަމަށެވެ. “މި ގޮޅިތަކަށް އެދޭނީ އެކަމަށް ޚާއްޞަކޮށް މި ކައުންސިލުން ދޫކުރާ ފޯމުންނެވެ. މި ފޯމް ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 […]

އިބްރާހިމް އަސްވާޤް
ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމީކޯ ފައިނަލަށް، ސެމީފައިނަލް މާދަމާ

ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމީކޯ ފައިނަލަށް، ސެމީފައިނަލް މާދަމާ

އެހެން އަހަރުތަކޭކޭވެސް އެއްފަދައިން މިއަހަރުވެސް ބޮޑު ޗުއްޓީއާއި ދިމާކޮށް ފިއްލަދޫ ސްޕޯޓްސް އެކަޑަމީން އިންތިޒާމްކޮށްގެން ކުރިއަށްދާ ފިއްލަދޫ ހޮލިޑޭ ކަޕްގެ ލީގު އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މެޗްތަކުގެ ކުޅުން ނިންމާލައިފިއެވެ. ފަހު ދެމެޗްގެ ކުޅުން މިއަދު ނިމުނުއިރު ހެނދުނުގެ މެޗްގައި އެފްސީ ލެޖެންޑްސް އަދި ފޮލޯމީ ބައްދަލުކޮށް އެފްސީ ލެޖެންޑްސްއިން މެޗް ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ މެޗްގެ ދެގޯލްވެސް ކާމިޔާބުކޮށްދިން އަބްދުﷲ ޝިފާއު ހާޝިމްއެ...

އަޙްމަދު އަސްފާން
ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ ދީނަށް ފުރައްސާރަ ކުރާމީހުންނަށް ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދޭންޖެހޭ

ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ ދީނަށް ފުރައްސާރަ ކުރާމީހުންނަށް ޞައްޙަ ޢަޤީދާ އޮޅުންފިލުވައިދޭންޖެހޭ

އިސްލާމް ދީނުގެ ނަމުގައި، ދީނާ ނުގުޅޭ ކަންކަން ކުރާމީހުންނާ އަދި އިސްލާމް ދީނަށް ފުރައްސާރަކުރަމުންދާ މީހުންނާ މެދުގައިވެސް އަޅަން އެންމެ ރަނގަޅު ފިޔަވަޅަކީ، ދީނުގެ ކަންކަން ރަނގަޅަށް އޮޅުންފިލުވައިދީ، ޞައްޙަ ޢަޤީދާ އެމީހުންގެ ހިތްތަކުގައި ހަރުލެއްވުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދެއްކެވި ވާހަކ...

އިބްރާހިމް އަސްވާޤް
ރައީސް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި

ރައީސް ރަސްމީ ދަތުރުފުޅެއްގައި ޔޫ.އޭ.އީއަށް ފުރާ ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިރޭ އަބޫދާބީއަށް ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅަކީ އަބޫދާބީގެ ވަލީ އަޙްދު، ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ދަޢުވަތަކަށް، ކުރަށްވާ ރަސްމީ ދަތުރުފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އަބޫދާބީގެ ވަލީ ޢަޙްދުގެ އިތުރުން އެ ޤައުމުގެ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވ...

އިބްރާހިމް އަސްވާޤް
ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމިކޯ މޮޅުވިއިރު ފޮލޯމީ އަދި ޑެޒްލިން ރޮވާސްއަށް ހަމަހަމަ ނިމުމެއް.

ފިއްލަދޫ ހޮލިޑޭ ކަޕް: ޑީޖޭ އަމިކޯ މޮޅުވިއިރު ފޮލޯމީ އަދި ޑެޒްލިން ރޮވާސްއަށް ހަމަހަމަ ނިމުމެއް.

ފިއްލަދޫ ހޮލިޑޭ ކަޕްގައި މިއަދުގެ ފުރަތަމަ މެޗްގައި ފޮލޯމީ އަދި ޑެޒްލިން ރޮވާސް ބައްދަލުކޮށް މެޗް ނިމިފައިވަނީ 2-2 ން ދެޓީމް އެއްވަރު ވެގެންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ އަބްދުﷲ މަޖީދު (އައްޕަ) އެވެ. މިއަދު ހަވީރު ކުޅުނު މެޗްގައި އެފްސީ ގޫޕްސް އަދި ޑީޖޭ އަމިކޯ ބައްދަލުކޮށް 3-0 ގެ ނަތީޖާއަކުން މެޗް ކާމިޔާބުކޮށްފައި ވަނީ ޑީޖޭ އަމިކޯއެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީޖޭ އަމިކޯގެ އަލީ އިހްސާނެވެ. މާދަމާވެސް މި […]

އަޙްމަދު އަސްފާން
އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރު ނަހުލާގެ ތަގުރީރު ދިވެހި ބަހުން

އައިއެމްއޯގެ ޖެނެރަލް އެސެމްބްލީގައި މިނިސްޓަރު ނަހުލާގެ ތަގުރީރު ދިވެހި ބަހުން

އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަން (އައިއެމްއޯ)ގެ ޖެނެރަލް އެސެމްބްލީގައި ފުރަތަމަ ފަހަރަށް ދިވެހި ބަހުން، ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ އިއްޔެ ތަގުރީރުކުރައްވަމުން ވިދާޅުވީ ސަރުކާރުން އެކުލަވާލާފައިވާ ސްޓްރެޓިޖިކް އެކްޝަން ޕްލޭންގައި މެރިޓައިމް ދާއިރާއަށް ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. “ދިވެހިރާއްޖޭގެ ތަރައްގީގެ މިސްރާބު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ދާދިފަހުން އިއުލާނުކުރެއްވި ‘ސްޓްރެޓިޖިކް އެކްޝަން ޕްލޭން’ ގައި ވަރަށް ސާފުކޮށް ބަޔާން ކުރައްވާ...

އިބްރާހިމް އަސްވާޤް
ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާ: ރައީސް

ދިވެހިންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމުގެ ބިންގަލަކީ، މާތްވެގެންވާ އިސްލާމީ ޢަޤީދާކަމާމެދަކު ޝައްކެއްނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބު ގައެވެ. މީގެ އިތުރުން ޚިޠާބުގައި ބުނެފައިވަނީ ދިވެހިންގެ ހިތްތަކުގައި، އެންމެ ލޯބި ދެވޭ، އެންމެ ޤަދަރުކުރެވޭ އަދި އެންމެ އިޙްތިރާމްކުރެވޭ އެއްޗަކީވެސް އިސްލާމީ ޢަޤީދާއެވެ. އެހެންކަމުން، އިސްލާމް ދީނުގެ އެންމެ މުހިނ...

އިބްރާހިމް އަސްވާޤް
"ލާމަސީލު ޒުވާނާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

"ލާމަސީލު ޒުވާނާ" ގެ ނަމުގައި ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަނީ

“ލާމަސީލު ޒުވާނާ” ގެ ނަމުގައި، ޒުވާނުންނަށް ޚާއްސަކޮށްގެން ޕްރޮގްރާމްތަކެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާ ދެމެދު މިކަމާއިހުޅޭ ފަހުމުނާމާ އެއްގައި ވަނީ ސޮއިކޮށްފައެވެ. މި ފަހުމުނާމާގައި ސޮއިކުރުމަށް، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދެވެ. މިނިސްޓްރ...

އިބްރާހިމް އަސްވާޤް
ފިނޭ އަދި އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ފިނޭ އަދި އުލިގަމުގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފި

ހއ. އުލިގަމުގައި އަދި ފިނޭގައި އަލަށް އިމާރާތްކުރާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ. މިދެރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވާފައިވަނީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު މުހައްމަދު އެވެ. HDh. Finey gai alah imaaraiy kuraa engine geyge bingaa Managing Director Ahmed Saeed Mohamed adhi HDh. Finey council ge raees Hassan Rasheed miadhu alhuhvaidhevvaifi. #TeamFenaka (1/2) pic.twitter.com/VNunFZGNQq — Fenaka Corporation Ltd (@TeamFenaka) N...

އިބްރާހިމް އަސްވާޤް
ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާއިރު ދިވެހިން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް!

ރާއްޖެ އިސްލާމްވީ ދުވަސް ފާހަގަ ކުރާއިރު ދިވެހިން ވިސްނާލަންޖެހޭ ވަރަށް މުހިންމު ކަމެއް!

އިހު ރާއްޖެއަށް މުދާ ހިފައިގެން އަންނަ ބޮޑެތި ބޯޓްފަހަރު ބަނދަރަށް ލެފުމުން އެ ބޯޓްފަހަރު ބަލާ ފާސްކުރުމަށް މީހުން އަރައެވެ. އޭރުގެ އޮޑިފަހަރު ފަރުމާ ކޮށްފައިހުންނަ ގޮތުން ގެންނަ މުދާ ބަރުކޮށްފައި ހުންނަނީ ބޯޓްގެ އަޑިއަށް ހަދާފާހުންނަ ފަލްކާގައެވެ. ނުވަތަ ވަތުގައެވެ. އެހެންކަމުން މިގޮތަށް މުދާ ހިފައިގެން އަންނަ ބޯޓްފަހަރު ބަލާ ފާސްކުރުމަށް އޭގެ ފަލްކާއަށް މީހުން ފޭބުމުގެ ކުރިން ވާގަނޑެއް އައްސާފައި ފުޅިބައްތިއެއް ރޯކޮށްފައި ފަލްކާގެ ތެރެއަށް ބާލައެވެ. އިރުކޮޅަކު ބެހެއްޓުމަށްފަހު ވާގަނޑަށް ދަމާ ފ...

ހުސައިން ހަބީބް
ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް

ސަމާލުވޭ! މެދު ރާއްޖެ ތެރެއަށް ޔެލޯ އެލާޓް، އުތުރާއި ދެކުނަށް ވައިޓް އެލާޓް

ބޯކޮށް ވާރޭ ވެހޭނޭ ކަމަށް ލަފާކުރެވޭތީ މެދުރާއްޖެތެރެއަށް ޔެލޯ އެލާޓް އަދި އުތުރާއި ދެކުނުގެ އަތޮޅު ތަކަށް ވައިޓް އެލާޓް ނެރެފިއެވެ. Alert Yellow for torrential rain and thunderstorms. pic.twitter.com/V9ENBC4Dh4 — Maldives Meteorology (@MetMaldives) November 29, 2019 ކ އަތޮޅުން ތ އަތޮޅުގެ ރަށްތަކަށް ޔެލޯ އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 06:30 އިން 09:30 އާއި ދެމެދުގެ ވަގުތުތަކަށެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 08:00 އިން މެނދުރު […]

އިބްރާހިމް އަސްވާޤް