ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނުކުރެވޭތާ 4 މަސް
އިންޑިއާ ކަޝްމީރުގެ އެންމެ ބޮޑު މިސްކިތުގައި ހުކުރު ނަމާދު ނުކުރެވޭތާ 4 މަސް ދުވަސްވެއްޖެކަމަށް ބޭރުގެ ހަބަރުތައް ބުނެފިއެވެ. ބޭރުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އޯގަސްޓު މަހު، އިންޑިއާ އިން އެ ޤައުމުގެ ޤާނޫނު އަސާސީން ކަޝްމީރަށް ލިބިދީފައިވާ އަމިއްލަ ވަންތަކަން އުވާލުމަށް ނިންމިފަހުން ކަޝްމީރުގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދު ކުރުން ވަނީ މަނާކޮށްފައެވެ. އެގައުމުގެ ސިފައިންވަނީ ހުކުރު ނަމާދުގެ އިތުރުން ދީނީގޮތުން އެއްވެސް ކަހަލަ ބައްދަލުވުމެއް ކަޝްމީރުގައި ބޭއްވުން މަނާކޮ...