މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,357 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2030 ވަނަ ޞަފްޙާ

ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1)

ތާރީޚުގެ ތެރެއިން ތިލައުތުރު ދިއްދޫ (1)

ހއ.ދިއްދޫ ނުވަތަ ތިލަ އުތުރު ދިއްދޫއަކީ ތިލަދުންމަތީ އުތުރުބުރީގެ އެންމެ އުތުރުން އަތޮޅުގެ މެދުތެރޭގައި އޮންނަ ރަށެކެވެ. މިރަށް އިހަވަންދިއްޕޮޅާ ވަކިކޮށްލަނީ ރަށުގެ އުތުރު ފަރާތުން ގައްލަންދޫއާއި ދެމެދުން އޮންނަ ގައްލަންދޫ ކަނޑު އޮޅިއެވެ. އަތޮޅުގެ އެހެން ރަށްރަށުގެ ނިސްބަތުން ދިއްދުއަކީ ބިމުގެ ގޮތުން އެހާ ބޮޑުރަށެއްނޫނެވެ. ހަނި ދިގުކޮށް އޮންނަ މިރަށުގެ ފުޅާ މިނުގައި 0.35  ކިލޯމީޓަރު ހުންނަ އިރު ރަށުގެ ދިގުމިނުގައި ގާތްގަނޑަކަށް 2 ކިލޯމީޓަރ ހުންނާނެ ކަމަށް ލަފާކުރެވެއެވެ. ދާދިފަހަކާ ޖެހެންދެންވެސ...

ނައްޝާމް ނަސީރު
އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ "ދަރަނި ދަންތޫރައެއް" ނޫން: ރައީސް ނަޝީދު

އިންޑިއާ އިން ރާއްޖޭގައި ހިނގާ ޕްރޮޖެކްޓުތަކަކީ ދެފުށްފެންނަ ޕްރޮޖެކްޓުތަކެއް ކަމަށާއި އޭގެ ތަފްސީލުތައް ދިވެހި ރައްޔިތުންނަށް އެނގޭ ކަމަށް އަދި އެ ޕްރޮޖެކްޓުތަކަކީ ދަރަނި ދަންތޫރައެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. އިންޑިއާއަށް ތައުރީފުކޮށް ގުޖުރާތުގައި އިއްޔެ ފެށި “އައިޑިއާސް ކޮންކުލޭވް” ގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިވަގުތު އޮތީ ޑިމޮކްރެޓިކް ސަރުކާރެއްކަމަށާއި އަދި އިންޑިއާގެ އެހީތެރިކަމާއެކު މިހާރު...

އަލީ އާދިލް
މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭތީ ސަމާލުވާން އެދެފި

މިދުވަސްވަރަކީ މާލޭގައި ރޯގާ އަދި ފާނަބަސަންދު ފެތުރޭ ދުވަސްވަރަކަށްވާތީވެ ބަލިމީހުންގެ އަދި އަމިއްލަ ރައްކަލަށްޓަކައި، ތިރީގައި ދެންނެވިފައިވާ ފަރާތްތައް ބަލިމީހުންނަށް ޒިޔާރަތް ނުކުރުމީ އެދެވިގެންވާ ކަމެއްކަމަށް ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗް އިން ބުނެފިއެވެ. އެހޮސްޕިޓަލުން މިއަދު ނެރުނު އިޢުލާނެއްގައި ވަނީ5 ކަމަކަށް ސަމާލުވުމަށް އެދިފައެވެ. 1. ފާނަބަސަންދު ޖެހިގެން އުޅޭގެއެއްގެ މީހުން (ކުރިން ފާނަބަސަންދު ޖެހިފައި ނުވާ މީހުން އަދި ފާނަބަސަންދަށް ވެކްސިން ދެޑޯޒް ޖަހާފައި ނުވާ މީހުން...

އިބްރާހިމް އަސްވާޤް
ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން

ޤިޔާމަތްވުމުގެ ޢަލާމާތެއް - ދީންވެރި ތަޤްވާވެރިން ބާކީވެ، ހަމަބުއްދިނުވާ މީހުން އަމުރުވެރީން ކަމުގައިވުން

ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރޭގައި ދަށުދަރަޖައިގެ މީސްތަކުން ހެޔޮމީހުންނަށްވުރެ މަތިކުރުމާއި އެފަދަ މީހުން ދޫކޮށް މިބައިމީހުން ކަންކަމަށް ވެރިކުރުން ހިމެނެއެވެ. ފަހެ މީސްތަކުންނަށް އަމުރުވެރީން ކަމުގައި ވާނީ އެމީހުންގެ ތެރޭތިބި ހަމަބުއްދިނުވާ އަދި އެބައެއްގެ ކިބައިގައި އެއްވެސް ހެވެއްނުވާ ދެރަވަރު މީހުންނެވެ. މިއީ ކަންތަކަން އެފުއްމިފުށަށްޖެހި ޙާލަތު ބަދަލުވެގެން ދިއުމުވެ. މިއީ ޒަމާނުގައި ފެންނަން އޮތް ކަމެއްވެސް މެއެވެ. މީސްތަކުންގެ ވެރިން ކަމުގައްޔާއި ކަންކަމުގައި އިސްވެ ބަސްކިޔައި ހަދާ ގި...

Thiladhun
ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކާ ބެހޭ ތިން ވާހަކަ - ހަޔާތަށް އަސަރުކުރާނެ

ބޮކަކީ ރާއްޖޭގައި ވެސް އުޅޭ އެއްޗެކެވެ. އެއީ ފުންމަމުން އެއްތަނުން އަނެއްތަނަށްދާ އަނގަ ބޮޑު އެއްޗެވެ. އަޅުގަނޑަށް މިހާތަނަށް އިވިފައިވާ ބޮކުގެ ވާހަކަތަކުގެ ތެރެއިން މި ތިން ވާހަކައަކީ މީހެއްގެ ހަޔާތުގައި ވަރަށް މުހިންމު ފިލާވަޅުތަކެއް ހޯދިދާނެ ތިން ވާހަކައެވެ. މި ވާހަކަތައް އެކި މީހުން ލިޔެފައި ހުންނަގޮތް ކުޑަކޮށް ތަފާތެވެ. އަޅުގަނޑުގެ ލިޔުމުގައި ވެސް އަމިއްލަ ގޮތެއް ހުންނާނެއެވެ. މިއިން ވާހަކައެއް ކުރިން އަހާފައިވާ ފަރާތްތަކަށް އެކަން ފާހަގަ ވާނެއެވެ. ފުރަތަމަ ވާހަކަ (ވަޅަށް ވެއްޓުނު […]

ޢަބްދުﷲ ސަޢީދު
ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް އެމްޑީޕީން ބަޔާނެއް ނެރެފި

ހދ. ހަނިމާދޫގައި ބޭއްވި ވަރކްޝޮޕް ދިފާއުކޮށް ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބަޔާނެއް ނެރެފިއެވެ. ފަރުދުންގެ މެދުގައި ދީނީ ގޮތުން ޚިޔާލުތަފާތުވާ ވަގުތުތަކުގައި އެފަރާތްތަކާ ޚިޔާލު ތަފާތުވާ މީހުންނަކީ އިސްލާމް ދީނުގެ އަދުއްވުންގެ ގޮތުގައި ސިފަކޮށް އެފަރާތްތަކާމެދު ރައްޔިތުންގެ ރުޅިވެރިކަމާއި ނަފްރަތު އުފެއްދުމަށް ދައްކާ ވާހަކަ ތަކެއްކަމަށާއި އެކަންކުރުމުގައި އެއްވެސް ޙަޤީޤަތެއް ނެތް ބުހުތާނު ދޮގު ހަދަމުންދާކަން ފާހަގަ ކޮށްފައިވެއެވެ. އެގޮތުން އެމްޑީޕީއިން ދެމިސާލެއްވަނީ ފާހަ...

އަލީ އާދިލް
މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ އަދި ކުމުންދޫއަށް ފެނަކަ އެމްޑީ ޒިޔާރަތް ކުރައްވައިފި

މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީގެ ދަޢުވަތަކަށް ހދ. މަކުނުދޫ އަދި ހދ ކުމުންދޫއަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދު ޒިޔާރަތް ކުރައްވައިފިއެވެ. އިއްޔެ ހެނދުނު ހދ. މަކުނުދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ފެނަކައިގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަ ފުޅުގައި ސައީދު ވިދާޅުވީ ފެނަކަ ކޯޕަރޭޝަން އިން ދެމުން ގެންދާ ހުރިހާ ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއްނެތި ދެމުން ގެންދާނެ ކަމަށެވެ. އަދި ފެނަކައިންދޭ އެއްވެސް ހިދުމަތެއް އެއްވެސް ތަފާތު ކުރުމެއ...

ޝިއުނާ އާދަމް
ޕީޕީއެމްގެ ޖަލްސާގައި ގޮނޑިތައް ފުރި އިސްވެރިން ކޮޅަށް

ޕީޕީއެމްގެ ޖަލްސާގައި ގޮނޑިތައް ފުރި އިސްވެރިން ކޮޅަށް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް މިރޭ ކާނިވާ ސަރަހައްދުގައި ކުރިއަށްދާ ޖަލްސާއަށް އެޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ނިކުމެ ސަރަހައްދު ފުރާލައިފިއެވެ. ޕީޕީއެމްއިން މިރޭ ކުރިއަށްދާ ޖަލްސާގައި އެޕާޓީން ޖެހި ހުރިހާ ގޮޑިއެއް ފުރިފައިވާ އިރު އެ ސަރަހައްދުގައިވެސް ގިނަ ބަޔަކު ތިބިކަން ފާހަގަ ކުރެއެވެ. ޕީޕީއެމްއިން ބުނީ ޖަލްސާ ފެށުމުގެ ބައިގަޑި އިރު ކުރިން ގޮޑިތައް ފުރިފައިވާ ކަމަށާއި ގޮނޑިތައްފުރި ލީޑަރޝިޕް ކޮޅަށް ތިބެންޖެހިފައިވާކަމަށެވެ. ޕީޕީއެމުން ބުނެފައިވަނީ އެ ޕާޓީނ...

ޔުމްނާ ޢަލީ
ތިލަދުންމަތީ ހޮވުން: ކައުންސިލް އިންތިޚާބަށް "ތިލަދުން"އިން ހާއްސަ ޕެކޭޖެއް

ތިލަދުންމަތީ ހޮވުން: ކައުންސިލް އިންތިޚާބަށް "ތިލަދުން"އިން ހާއްސަ ޕެކޭޖެއް

އަންނަ އެޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް އަމާޒުކޮށްގެން ތިލަދުންގެ ފަރާތުން ކެންޑިޑޭޓުން އިސްތިހާރުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. “ތިލަދުން” ގައި އިސްތިހާރު ކުރެއްވުމަށް ހާއްސަ އަގުތަކެއް ވަނީ ހަމަޖައްސާފަ އެވެ. ކައުންސިލް އިންތިޚާބާއި ގުޅިގެން “ތިލަދުން”އިން ކުރިއަށް ގެންދާ ކަންކަމުގެ ތެރޭގައި އިންތިޚާބުގައި ވާދަކުރައްވާ ބޭފުޅުންގެ އިސްތިހާރުތައް ވެބްސައިޓުގައި ޖެހުމުގެ އިތުރުން ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ހއ، ހދ އަދި ށ އަތޮޅުގެ...

ތިލަދުން
"އަޕްސައިޑް-ޑައުން ޖެލީފިޝް" ނުރައްކާތެރި ތަފާތު ޖެލީފިޝްއެއް!

"އަޕްސައިޑް-ޑައުން ޖެލީފިޝް" ނުރައްކާތެރި ތަފާތު ޖެލީފިޝްއެއް!

ފްލޮރިޑާއިން މައިކްރޯން އޭޝިއާގެ ކުޅިތަކު އުފެދިފައިވާ ޖަންގަލި ތަކުގައި އެއްކޮޅުން އަނެއްކޮޅަށް ފަތާލުމުން އެއްވެސް ފައެއް ނެތްނަމަވެސް ކަށިޖެހުމުގެ ޤާބިލުކަން ލިބިފައިވާ “ޖެލީ ފިޝް” ނުވަތަ މާވަރު ފެނުން އެކަށީގެންވެއެވެ. މި މާވަރުތަކުގައި ނުޖެހުނު ކަމުގައި ވިޔަސް ބައެއްފަހަރު ކަށިޖަހާ ކަމަށް ބުނެވެއެވެ. މިއީ ވެދާނެ ކަމެއްތޯއެވެ؟ ކޮމިއުނިކޭޝަންސް ބައޮލޮޖީއިން ހޯދިފައިވާ ގޮތުގައި މިހެން ކަށި ޖެހުމުގެ ކުޅަދާނަކަން ލިބެނީ އިންސާނުންގެ ލޮލަށް ފެންނަވަރަށް ވުރެ ކުދި މައިކްރޮސްކޯޕިކް ވިހައެއް މިމާވަރ...

އައިމިނަތު ޔުމްނާ
އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ޤުރްއާން މުބާރާތެއް ބާއްވަނީ

އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ދިއްދޫގައި ޤުރްއާން މުބާރާތެއް ބާއްވަނީ

ބައިނަލް އަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ދިއްދޫ އެކުވެރިކަމުގެ ޗޭނު ގުޅިގެން ޤުރްއާން މުބާރާތެއް ބޭއްވުމަށް ނިންމައިފިއެވެ. މި މުބާރާތަކީ 18 އަހަރުންމަތީގެ އަންހެން ބޭފުޅުންނަށް ހުޅުވާލެވިފައިވާ މިބާރާތެކެވެ. މިމުބާރާތުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު އެ ޖަމުޢީއްޔާގެ އޮފީހަށް ހުށަހެޅުއްވުމަށް އެޖަމިއްޔާއިން ކުރި އިޢުލާނުގައިވަނީ އެދިފައެވެ....

ޔުމްނާ ޢަލީ
ސީއެންއެންގައި ރާއްޖެ އިޝްތިހާރުކުރަން ބޮޑު ކެމްޕޭނެއް

ސީއެންއެންގައި ރާއްޖެ އިޝްތިހާރުކުރަން ބޮޑު ކެމްޕޭނެއް

ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރު ދުނިޔޭގައި އިޝްތިހާރުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުން، ސީއެންއެން މެދުވެރިކޮށް ހާއްސަ ކެމްޕޭނެއް ހިންގުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިއްޔެ ސޮއިކުރި މި އެއްބަސްވުމުގެ ދަށުން، މާޗު މަހުން ފެށިގެން ތިން މަސްދުވަހުގެ ނިޔަލަށް ހާއްސަ ކެމްޕޭނެއް ހިންގުމަށް ހަމަޖެހިފައިވެ އެވެ. މި ކެމްޕޭނުގެ ދަށުން، ސީއެންއެންގެ ދެކުނު އޭޝިއާ، އޭޝިއާ ޕެސިފިކް، މެދުއިރުމަތި، އެފްރިކާ އަދި ޔޫރަޕްގެ ޗެނަލްތައް މެދުވެރިކޮށް ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިވެހިންގެ ސ...

އިބްރާހިމް އަސްވާޤް
ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (3ވަނަ ބައި)

ތިލަދުންމަތީ އެއްބައިވަންތަކަމުގެ ހަނދާން (3ވަނަ ބައި)

“އަޅުގަނޑުމެންއައި ދޯނި ނެރުންވަދެގެން އައިސް ގޮނޑުދޮށާ ކައިރިކޮށްލިތަނާ ކުއްލިއަކަށް ފެނުނީ، ރައްޔަތް އޮތްގޮތަށް ނިކުތްތަނެވެ. އެންމެންގެކުރީގައި، އެރަށު އަލަވަލު މޫސާއޭ ކިޔާ ބަނޑޭރިއަކު ހުއްޓެވެ. އެއްބައިމީހުންގެ ކޮނޑުމަތީގައި ކަނދުބުރިބުރިހުއްޓެވެ.” މަރާއި ދިރިތިބުން އޮތީވެސް ބަނޑުފުރާނަމުއްތި ކޮށްގެން ކަމަށްވީއިރު މީގެ 77 އަހަރު ކުރީން ތިލަދުންމަތީގެ ރަށްޔިތުން އަތުގުޅާލީ ހައްގުމިންވަރު ހޯދުމަށް ވީހާލެއްގައިވާށެވެ. ހައްޤު މިންވަރު ހޯދުމަށް އުތުރުގެ ރައްޔިތުން ކުރި ހިތްވަރުން ފުރިފައިވާ މަސައ...

ޙުސައިން ޝަހުދީ
އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރާނެ!

އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރާނެ!

ހަލުވިކަމާއެކު ފެތުރެކުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ. އެޤައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޤައުމުގެ 23 ސިޓީއަކާއި 31 ޕްރޮވިންސްގައި މިއަދު ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މުގައްދަސް ސިޓީ ގޯމްވެސް ހިމެނެ އެވެ. Iran coronavirus death toll reaches 26, many Friday prayers canceled https://t.co/EcukQLTaio pic.twitter.com/Teh...

އަލީ އާދިލް
ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދިގު ސުވިމިން ޕޫލާއިއެކު "ދަ ޗެޑީ ކުޑަވިލިނގިލި" ހުޅުވަނީ

ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ދިގު ސުވިމިން ޕޫލާއިއެކު "ދަ ޗެޑީ ކުޑަވިލިނގިލި" ހުޅުވަނީ

ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ “ދަ ޗެޑީ ކުޑަވިލިނގިލި” ރިސޯޓު މި އަހަރުގެ ތެރޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ. ސިންގަޕޫރުގެ ޖީއެޗްއެމް ހޮޓެލްސް އިން ރާއްޖޭގައި ހުޅުވާ ފުރަތަމަ ރިސޯޓް އަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން ލޯންޗުގައި 25 މިނިޓުން ދެވޭ ހިސާބުގައި އޮންނަ ކ. ކުޑަވިލިނގިލީގައި ތަރައްގީކުރާ ރިސޯޓެކެވެ. 36 މޫދު ކޮޓަރި އާއި 63 ބީޗު ވިލާ ހިމެނޭހެން ޖުމްލަ 99 ކޮޓަރި ހުންނާނެ މިރިސޯޓުގައި 150 މީޓަރު ދިގު ސުވިމިން ޕޫލެއް […]

އަލީ އާދިލް
ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ނުގެނައުމަށް އިސްލާމީ މަރުކަޒުގެ އިމާމް ގޮވާލައިފި

ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ނުގެނައުމަށް އިސްލާމީ މަރުކަޒުގެ އިމާމް ގޮވާލައިފި

ބޭރުގެ ލާދީނީ ޖަމާއަތްތައް ރާއްޖެ ގެންނަ ފަރާތްތަކުން އެކަން ނުކުރުމަށް ރާއްޖޭގެ މައި މިސްކިތް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އިމާމް އައްޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވާލައިފިއެވެ. އިބްރާހިމް ރަޝީދު މިހެން ގޮވާލާފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ޤާނޫނާއި ހިލާފު ވޯކްޝޮޕްތަކެއް ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަމުންދާކަމުގެ ޝަކުވާ މިނިސްޓްރީއަށް މިހާރު ލިބެމުންދާތީ އެމިނިސްޓްރީއިން އެމައްސަލަ ބަލަމުންދާކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ދިވެހިންގެ ދީނަ...

އަލީ އާދިލް
ތުއްތުތުއްތު ޝަހީދު

ތުއްތުތުއްތު ޝަހީދު

މި ކުރެހުމުގައި މިވަނީ ކޮން ކުއްޖެއްކަން އެންމެންނަށް ވެސް އެނގޭނެއެވެ. މީގެ ފަސް އަހަރުކުރިން މި މައުސޫމު ތުއްތު ކުއްޖާ ވަނީ ރަޙުމެއްނެތި މަރާލާފައި ނޫންތޯއެވެ. ތުހުމަތު ކުރެވެނީ މި ކުއްޖާއަށް އެންމެ ބޮޑަށް ލޯތްބާއި އަޅާލުންދޭންޖެހޭ މައިމީހާއަށެވެ. މަންމައަށެވެ. ދިގުލައިގެން ދިޔަ ޝަރީޢަތުގެ ޚަބަރުތަކާއި މި ކުއްޖާއާ ބެހޭ ރިޕޯޓްތައް ކިޔާކިޔާ ވަރުބަލި ވެއްޖެއެވެ. އެކަމަކު ފޫއްސެއް ނުވެއެވެ. މާޔޫސެއް ނުވަމެވެ. އިންސާފު ލިބުމަށް ކުރެވޭ އުންމީދު މަރެއް ނުވެއެވެ. ކުރިއަށްދާނީ ދިވެހި ނޫސްވެރިން ތަކުރާރ...

ޢަބްދުﷲ ސަޢީދު
ސަޢުދީއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލުމާއި ގުޅިގެން ތައްޔާރީތައް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފި

ސަޢުދީއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލުމާއި ގުޅިގެން ތައްޔާރީތައް މަޑުޖައްސާލަން މިނިސްޓްރީން އަންގައިފި

ކޮވިޑް-19 ފެތުރޭތީ، އުމްރާ އަށް މީހުން ދިއުމާއި މަސްޖިދުއް ނަބަވީ އަށް ޒިޔާރަތްކުރުން ސައޫދީ ސަރުކާރުން ވަގުތީ ގޮތުން މަނާކޮށްފައިވާތީ އުމްރާގެ އަޅުކަމަށް ދިއުމަށް ކުރަންޖެހޭ ކަންކަން މަޑުޖައްސާލުމަށް އިސްލާމިކް މިނިސްޓްރީން މިއަދު އަންގައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ސަޢުދީ ޢަރަބިއްޔާއިން ޢުމްރާ ވިސާދޫކުރުން ހުއްޓާލާ މިހާރުން ފެށިގެން ވަގުތީގޮތުން ސަޢުދިީ ޢަރަބިއްޔާއަށް އެތެރެ ނުވެވޭނެކަން ޢާއްމުކޮށް ޢިއުލާންކޮށްފައިވާތީ ޢުމްރާއަށް މީހުން ގެންދިއުމުގެ ކަންކަން މަޑުޖައްސާލަން ކުންފުނިތަ...

ޝިއުނާ އާދަމް