ހަލުވިކަމާއެކު ފެތުރެކުންދާ ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ، އީރާންގެ ބައެއް ސިޓީތަކާއި ޕްރޮވިންސްތަކުގައި މިއަދު ހުކުރު ނަމާދު ނުކުރަން އެ ޤައުމުގެ ސަރުކާރުން ނިންމައިފިއެވެ.
އެޤައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެޤައުމުގެ 23 ސިޓީއަކާއި 31 ޕްރޮވިންސްގައި މިއަދު ހުކުރު ނަމާދު ނުކުރާނެ ކަމަށެވެ. އޭގެ ތެރޭގައި މުގައްދަސް ސިޓީ ގޯމްވެސް ހިމެނެ އެވެ.
Iran coronavirus death toll reaches 26, many Friday prayers canceled https://t.co/EcukQLTaio pic.twitter.com/Teh0b8ZCG0
— Reuters (@Reuters) February 28, 2020
މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޝީއީ މުސްލިމުން ޒިޔާރަތްކުރާ ގޯމްއަކީ އީރާނުން މި ބަލި ފެތުރެން ފެށި ސިޓީ އެވެ. އެންމެ ގިނަ މީހުން ޕޮޒިވްވެފައިވެސް ވަނީ އެ ސިޓީންނެވެ.
އިރާންގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، އެޤައުމުގައި ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުން 26 މީހުން މިހާތަނަށް މަރުވެފައެވެ. އެޤައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު މިހާތަނަށް ވަނީ 245 އަށް އަރާފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ތެރޭގައި އެޤައުމުގެ ޑެޕިއުޓީ ހެލްތު މިނިސްޓަރަކާއި، ވިމެން އެންޑް ފެމިލީ އެފެއަރޒްގެ ނާއިބު ރައީސް ހިމެނޭހެން އެޤަމުގެ އިސް އޮފިޝަލުން ހިމެނެ އެވެ.
އެވައިރަސް ފެތުރެންފެށި ޗައިނާ ފިޔަވާ އެހެން ގައުމަކުން އެންމެ ގިނަ މީހުން މަރުވެފައިވަނީ އިރާނުންކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.
މިހާތަނަށް 44 ގައުމަކާއި ސަރަހައްދަކުން 82،000 އަށް ވުރެ ގިނަ މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ވައިރަސް ޖެހުނު 2،808 މީހަކު މަރުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!