މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ނަމާދު ވަގުތު “މަޣްރިބު ނަމާދުގެ ވަގުތު ވަދެއްޖެ” - ނަމާދުކުރުމަށް ހަނދުމަކޮށްދެން!
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,360 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 2022 ވަނަ ޞަފްޙާ

ބަތަލާ ރިސޯޓުގެ ދެބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

ބަތަލާ ރިސޯޓުގެ ދެބިދޭސީން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އއ. ބަތަލާ ރިސޯޓުގެ ދެ ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ބަތަލާ ރިސޯޓުން ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓު ކުރި 3 މީހުން ތެރެއިން 2 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. Samples from three foreign nationals staying in AA. Sandies Bathala have been tested for #COVID19. 2 out of 3 of these samples have […]

އަލީ އާދިލް
ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ ގޮތް ހަދައިފި

ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީކޮށް ޓެސްޓުކުރެވޭނެ ގޮތް ހަދައިފި

ކޮވިޑް-19އަށް ރާއްޖޭގައި ދާއިމީ ގޮތެއްގައި ޓެސްޓު ކުރެވޭނެ ގޮތް ހަމަޖައްސައިފިއެވެ. އެކަން ހާމަކުރެއްވީ ކޮވިޑް-19އާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ސިލްސިލާކޮށް ދަރުބާރުގޭގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އޮފް ހެލްތު ޢަބްދު ﷲ އަމީނެވެ. އެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވި އައިޖީއެމް ހޮސްޕިޓަލުގައި މިހާރު ދާއިމީ ގޮތެއްގައި ކޯވިޑް-19 އަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަމަށެވެ. މިހާތަނަށް ރާއްޖޭގައި 24 ސާމްޕަލެއް ޓެސްޓުކޮށްފަ...

ޝިއުނާ އާދަމް
ސަޢޫދީގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފި

ސަޢޫދީގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފި

ސަޢުދީއަރަބިއްޔާގެ ޤާޠިފް ޞަރަޙައްދު ކަރަންޓީން ކުރަން ނިންމައިފިއެވެ. ސަޢުދީޢަރަބިއްޔާގެ ދައުލަތުގެ މީޑިއާއިން ބުނާ ގޮތުގައި، އެޤައުމުގެ ސަރުކާރުން މިއަދު ވަނީ އެޤައުމުގެ އިރުމަތީ ޕްރޮވިންސްގެ ޤާޠިފް ޞަރަޙައްދު “ލޮކްޑައުން”ކޮށް ކަރަންޓީން ކުުރުމަށް ނިންމާފައެވެ. އެގޮތަށް ސަރުކާރުން ނިންމާފައިވަނީ އެ ޞަރަޙައްދުން 11 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ، ހިފެހެއްޓުމެއްނެތި ފެތުރިދާނެކަމުގެ ބިރު އޮތުމުންކަމަށްވެއެވެ. ޤާޠިފް ޞަރަޙައްދުގެ ސަރުކާރު އޮފީސްތަކާއި، ޢާންމު ޚިދުމަތްދެ ތަންތަންވެސް މުއްދަތެއް...

ޝިއުނާ އާދަމް
ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި އެކަކު މާލެ ގެންގޮސްފި

ކުޅުދުއްފުށީ ސިޓީގައި ނުރައްކާތެރި ދެ އެކްސިޑެންޓެއް ހިނގައި މެދު އަނިޔާވި މީހަކު ސީރިޔަސްވެ މާލެ ގޮންގޮސްފިއެވެ. މިއަދު ހެނދުނު ހިނގި ފުރަތަމަ އެކްސިޑެންޓު ހިނގާފައިވަނީ ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުގައި އަލަށް އިމާރާތް ކޮށްފައިވާ މިސްކިތް ކައިރިން ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. އެ އެކްސިޑެންޓްގައި ސައިކަލް ދުއްވަންއިން މުޙައްމަދު އިބްރާހިމްގެ ބޮލަށް ސީރިއަސް އަނިޔާތަކެއްވެ މިރޭ އިރާކޮޅުގެ ވަގުތެއްގައި ވަނީ އިތުރު ފަރުވާއަށް ހަނިމާދޫ މަގުން މާލެ ގެންގޮސް އައިޖީއެމްއެޗްގެ އެމަޖެންސީގައ...

ޔުމްނާ ޢަލީ
ކޮވިޑް-19: އިސްލާމިކް މިނިސްޓްރީގެ އިލްތިމާސްތައް

ކޮވިޑް-19: އިސްލާމިކް މިނިސްޓްރީގެ އިލްތިމާސްތައް

ކޮވިޑް-19 ގެ ނުރައްކާ ކުރިމަތި ވެފައިވާ މިދަނޑިވަޅުގައި އަމަލުތައް ބަހައްޓަންވީގޮތް ބަޔާންކޮށް އިސްލާމިކް މިނިސްޓްރީން ނޫސް ބަޔާނެއް ނެރެފިއެވެ. އެނޫސް ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަސް (ނޮވެލް ކޮރޯނާ ވައިރަސް) ރާއްޖެއިން ފެނިފައިވުމާއި، އިތުރަށް މިވައިރަސް ރާއްޖޭގައި ފެތުރުން ހުއްޓުވުމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މިވައިރަސްގެ ޢަލާމާތްތައް ކަމަށް ބެލެވޭ ހުންއައުމާއި، ރޯގާ ޖެހުމާއި، ކެއްސާ ކިނބިހިއަޅާ މީހުންނާއި، ކަރަންޓީން ކޮށްފައިވ...

ޔުމްނާ ޢަލީ
ކޮވިޑް19ގެ ބިލާހުތައް! ސައްޙަ މަޢުލޫމާތު ފޯރުކޮށްދެމާ!

ކޮވިޑް19ގެ ބިލާހުތައް! ސައްޙަ މަޢުލޫމާތު ފޯރުކޮށްދެމާ!

ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވުމުން ފޭކް މަޢުލޫމާތު ދަޢުރު ވުން މިވަނީ އާންމު ވެފައެވެ. މީސްމީޑިޔާއިން ފެންނަ ކޮންމެ ޕޯސްޓެއްގެ ތެދުދޮގު ނުބަލާ ހިއްސާކުރުން މިވަނީ އާންމު ކަމަށްވެފައެވެ. މިކަން މިގޮތައް ނުކުރުމަށް ސަރުކާރާއި ސިއްޙީމާހިރުން އަންނަނީ ނަސޭހަތް ތެރިވަމުންނެވެ. ވައިބަރ ގުރޫޕް ތަކުންނާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ގޮތްނޭންގޭ ތަފާތު އެކި އެކި ފޮޓޯތަކާއި ސައްހަ ނޫން މަޢުލޫމާތު ދަޢުރު ކުރާފަރާތްތަކަށް ސެއަރ ކުރެވެނީ ސަޙައްހަ ނޫން މަޢުލޫމާތުކަމެއް ގި...

ޔުމްނާ ޢަލީ
ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ

ފޯކައިދޫގައި ހުރި ދިވެއްސެއް ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދަނީ

ށ. ފޯކައިދޫގައި ހުރި ދިވެއްސެއް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ފަރުކޮޅުފުއްޓަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް ށ.ފޯކައިދޫއިން ފަރުކޮޅުފުއްޓަށް މޮނިޓަރކޮށް، ޓެސްޓު ހެދުމަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި މި މީހާއަކީ ކުރެއްދޫ ރިސޯޓްގެ މުވައްޒިފެއްކަމަށްވެސް އެޗްޕީއޭއިން ބުނެފައި ވެއެވެ. #ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތައް ހުރި ދިވެއްސެއް...

ޝިއުނާ އާދަމް
ކޮވިޑް19 އާއި ގުޅިގެން ބިރުވެރިކަން އުފައްދާ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީ

ކޮވިޑް19 އާއި ގުޅިގެން ބިރުވެރިކަން އުފައްދާ ދޮގު ހަބަރު ފަތުރާ މީޑިޔާތަކަށް ގާނޫނީ ފިޔަވަޅު އަޅަނީ

  ކޮވިޑް19 އާއި ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން (އެމްއެމްސީން) ނިންމައިފިއެވެ. އެމްއެމްސީން މިގޮތަށް ނިންމާފައިވަނީ ވައިރަހާ ގުޅޭ ހަބަރާއި މައުލޫމާތު މީޑިއާތަކުން ފެތުރުމާ ގުޅޭގޮތުން އެ ކައުންސިލުން ބޭއްވި ކުއްލި ޖަލްސާގައެވެ. އެމްއެމްސީންއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު  މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެ...

އަލީ އާދިލް
އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ

އިންތިހާބު ފަސް ކުރުމާއި މެދު ޕާޓީތަކާއި އެކު މަޝްވަރާ ކުރަނީ

ކޮވިޑް-19 ގެ ސަބަބުންނާއި އަދި އެ ވައިރަސް މިހާރު ދިވެހިރާއްޖެއިން ވެސް ފެނިފައިވާތީ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅޭ ގޮތުން ސިޔާސީ ޕާޓީތަކާއި އެކުގައި ސަރުކާރުން މަޝްވަރާ ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރޭ ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެކަމާ […]

ޝިއުނާ އާދަމް
ފެނަކައިގެ ހުރިހާ ބްރާންޗަކާއި ހެޑްއޮފީހުގައި ކްލީނިންގ ޑޭއެއް ފާހަގަ ކުރަނީ

ފެނަކައިގެ ހުރިހާ ބްރާންޗަކާއި ހެޑްއޮފީހުގައި ކްލީނިންގ ޑޭއެއް ފާހަގަ ކުރަނީ

ފެނަކައިގެ ހުރިހާ ބްރާންޗަކާއި ހެޑްއޮފީހުގައި ކްލީނިންގ ޑޭއެއް ފާހަގަ ކުރަން އެކުންފުނިން ނިންމައިފިއެވެ. ފެނަކަ ކޯޕަރޭޝަންއިންބުނީ މިއިވެންޓަކީ އެކޯޕަރޭޝަންގެ ހެޑް އޮފީހާއި ހުރިހާ ބްރާންޗްތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދެވޭ ޙަރަކާތެއްކަމަށެވެ. އެގޮތުން ފެނަކަ ހެޑް އޮފީހާއި، އަތޮޅުތެރޭގައި ހުރި ޖުމްލަ 154 ބްރާންޗްގެ މުވައްޒަފުން މިޙަރަކާތުގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން، މިޙަރަކާތް ހިންގުމަށް ރޭވިފައިވަނީ 14 މާރޗް 2020 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 07:00 ން މެންދުރުފަހު 16:00 އާ...

އިބްރާހިމް އަސްވާޤް
ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި

ކޮވިޑް-19 އާއި ގުޅިގެން ފުނަދޫ ކައުންސިލުން ރައްކާތެރި ކަމުގެ ފިޔަވަޅުތަކެއް އަޅައިފި

ދުނިޔޭގެ ކަންކޮޅުތަކަށް ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްއިން ށ. ފުނަދޫ ރައްޔިތުން ރައްކާތެރިވެ ތިބުމަށް ފޮނަދޫ ކައުންސިލުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅައިފިއެވެ. އެގޮތުން ފުނަދޫ ކައުންސިލުންވަނީ މިއަދުން ފެށިގެން ވަގުތީ ގޮތުން އެރަށުގެ ކުޑަކުދިންގެ ޕާކު ބޭނުން ކުރުން މަނާ ކޮށްފައެވެ. އިތުރު ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން ވަގުތީ ގޮތުން ފުނަދޫ އައުޓް ޑޯ ޖިމް ބޭނުން ކުރުންވެސް ވަނީ އެރަށު ކައުންސިލުން މަނާ ކޮށްފައެވެ. އެކައުންސިލުން ވަނ...

އިބްރާހިމް އަސްވާޤް
ޕޮލިސް އާއި ފެމެލީ އެންޑް ލީގަލް ކްލިނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

ޕޮލިސް އާއި ފެމެލީ އެންޑް ލީގަލް ކްލިނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފި

އާއިލީ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކުގައި އަނިޔާ ލިބިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގެވެށި އަނިޔާއާއިން ރައްކާތެރިވުމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ފެމެލީ އެންޑް ލީގަލް ކްލިނިކާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ މިއަދު ހެނދުނު ޝަހީދު ހުސައިން އާދަމް ބިލްޑިންގ ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މ...

ޔުމްނާ ޢަލީ

ވިލިވަރު ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ އާއި ހަވާލުކޮށްފި

ކަރަންޓީނު ކުރުމަށް 10 ދުވަސްތެރޭގައި ކ. ވިލިވަރު ތައްޔާރުކޮށް، ޑިޒާސްޓަރ މެނޭޖްމެންޓް އެތޯރިޓީ އާއި ހަވާލުކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ، ކ. ވިލިވަރުގައި ކަރަންޓީނު ކުރުމަށް 30 ކޮޓަރި ތައްޔާރުކޮށްފައިވާކަމަށެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ވިލިވަރުއަކީ އަތަމާއަށް ދޫކޮށްފައިވާ ރަށެއް ކަމަށެވެ. ނަމަވެސް އެ ރަށް ފަހުން މުހައްމަދު އަލީ ޖަނާހުއަށް ދޫކޮށްފައިވާކަމަށާއި، ޖަނާހު އަތުން ސަރުކާރުން އެ ރަށް ނެގީ އެގްރިމެން...

އިބްރާހިމް އަސްވާޤް
ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބި: މިނިސްޓަރު އަލީ ވަހީދު

ކުރެއްދޫގައި 696 ފަތުރުވެރިން އެބަތިބި: މިނިސްޓަރު އަލީ ވަހީދު

ޅ. ކުރެއްދޫ ރިސޯޓުގައި 696 ފަތުރުވެރިން އެބަތިބިކަމަށާއި، އޭގެތެރޭގައި 4 ދިވެހިން ފަތުރުވެެރިންގެ ގޮތުގައި އެބަތިބިކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކުރެއްދޫ އޮތީ އެކަނި ނޫންކަމަށާއި، ކުރެއްދޫއާއިއެކު، ސަރުކާރު އޮތްކަމަށެވެ. އަދި ކުރެއްދޫ ރިސޯޓުންދޭ އެހީތެރިކަމާއެކު، އެ ރިސޯޓުގައި ތިބި އެންމެންގެ ހާލު ގާތުން ބަލަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ މީ...

ޔުމްނާ ޢަލީ
ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ

ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 4 ގޮނޑި ކަށަވަރުވެއްޖެ

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2020 ގެ ހދ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއަށް އިންތިޚާބުކުރާ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި، ކުރިމަތިލީ ކެނޑިޑޭަޓުންނަށް ކަށަވަރު ވެއްޖެއެވެ. ނޮޅިވަރަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ 5 ގޮނޑީގެ ތެރެއިން 4 ގޮނޑި ކަށަވަރުވީ އެމްޑީޕީގެ 2 ކެނޑިޑޭޓުންނަށާއި، ޕީޕީއެމް 2 ކެނޑިޑޭޓުންނަށެވެ. އެމްޑީޕީން ދެގޮނޑި ކަށަވަރުކުރީ، ޢާއިޝަތު އާދަމް، ވެސްޓްސައިޑް/ހދ. ނޮޅިވަރަން އަދި ޙައްވާ ޒާހިރާ، އިޙްސާސް/ހދ....

ޝިއުނާ އާދަމް
އަތްދޮވުމުގެ މުހިއްމުކަން: ފަސޭހައިން ކުރެވޭ، އަތުން ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫން!

އަތްދޮވުމުގެ މުހިއްމުކަން: ފަސޭހައިން ކުރެވޭ، އަތުން ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫން!

އަތްދޮވުމަކީ ބަލިތަކުން ރައްކާތެރިވެ، ސަލާމަތުން ހުރުމަށްޓަކައި ކުރެވިދާނެ މުހިއްމު ކަމެކެވެ. މިއީ ފަސޭހައިން ކުރެވޭ އަތުން ލާރިތަކެއް ޚަރަދުކުރަންޖެހޭ ކަމެއް ނޫނެވެ. ސައިބޯނި ލައިގެން އަތްދޮވުމަކީ ކުޑަކުދިން އެންމެ ގިނައިން މަރުވާ ބަލިތައް ޖެހުމުގެ ހިރާސް ކުޑަކޮށްދޭނެ ކަމެކެވެ. އަތްދޮންނަށްޖެހެނީ ކީއްވެ؟ ސައިބޯނިލައިގެން އަތްދޮވުމަކީ ގައިންގަޔަށްއަރާ ތަފާތު އެތައް ބަލިތަކެއް ހުއްޓުވޭނެ އެންމެ ފަސޭހަ އަދި އެންމެ ރަނގަޅު އެއްގޮތެވެ. އެހެނީ ސައިބޯނިލައިގެން އަތްނުދޮވުމަކީ ގައިންގަޔަށްއަރާ ވަރަށް ގ...

ތިލަދުން
ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙު ކޮށްފި

ހދ.އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތައް ގުޅިގެން މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތެރެއިން، ހިރިމަރަދޫގައި ޢިމާރާތްކުރާ ދެކޮޓަރީގެ އެޕާރޓްމަންޓްގެ މަޝްރޫޢު އިފްތިތާޙުކޮށް، ކޮންޓްރެކްޓަރާއެކު ސޮއިކޮށްފިއެވެ. މިކަމަށްޓަކައި، 05 މަރޗް 2019 ވީ ބުރާސްފަތި ދުވަހު، ހިރިމަރަދޫ ސްކޫލުގައި ބޭއްވުނު ރަސްމިއްޔާތުގައި މިމަޝްރޫޢު އިފްތިތާހު ކޮށްދެއްވީ ހދ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް އާދަމް ޢަލީއެވެ. މިރަސްމިއްޔާތުގައި ވަަނީ ދެކައުންސިލް ގުޅިގެން މިމަސައްކަތް ކުރުމަށް، ހދ.އަތޮޅު ކަ...

ޝިއުނާ އާދަމް
އަންހެނުންގެ ދުވަހުގެ ތަހުނިޔާ!

އަންހެނުންގެ ދުވަހުގެ ތަހުނިޔާ!

މިއަދަކަކީ ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެވެ. މިއަދުގެ ތަހުނިޔާ ދިވެހި އެންމެހާ ކަނބަލުންނަށް އަރިސް ކުރަމެވެ. ބައެއް ފަރާތްތަކުން މިއަދުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުތަކާއި، ބައެއް ހަރަކާތްތަކަށް ކުރުކޮށް ބަލައިލާނަމެވެ. ހދ.އަތޮޅު ކައުންސިލްގެ ފިރިހެން މުވައްޒަފުންގެ ފަރާތުން ވަނީ އެ ކައުންސިލްގެ އަންހެން މުވައްޒަފުންނަށް ދުނިޔޭގެ އަންހެނުން ދުވަހުގެ ތަހުނިޔާ ކިޔައި ހާއްސަ ކޭކެއް ފަޅާފައެވެ. ހއ. އަތޮޅު ކައުންސިލްގެ ފިރިހެން މުވައްޒަފުންގެ ފަރާތުންވެސް ވަނީ އެ ކައުންސިލްގެ އަ...

ހުސައިން ހަބީބް