ރާއްޖެއިން ދެ މީހެއްގެ ފަރާތުން ކޮރޯނާ ވައިރަސް ފެނިފައިވުމުން ފޭކް މަޢުލޫމާތު ދަޢުރު ވުން މިވަނީ އާންމު ވެފައެވެ. މީސްމީޑިޔާއިން ފެންނަ ކޮންމެ ޕޯސްޓެއްގެ ތެދުދޮގު ނުބަލާ ހިއްސާކުރުން މިވަނީ އާންމު ކަމަށްވެފައެވެ.
މިކަން މިގޮތައް ނުކުރުމަށް ސަރުކާރާއި ސިއްޙީމާހިރުން އަންނަނީ ނަސޭހަތް ތެރިވަމުންނެވެ. ވައިބަރ ގުރޫޕް ތަކުންނާއި އެނޫންވެސް ވަސީލަތްތައް ބޭނުންކޮށްގެން ގޮތްނޭންގޭ ތަފާތު އެކި އެކި ފޮޓޯތަކާއި ސައްހަ ނޫން މަޢުލޫމާތު ދަޢުރު ކުރާފަރާތްތަކަށް ސެއަރ ކުރެވެނީ ސަޙައްހަ ނޫން މަޢުލޫމާތުކަމެއް ގިނަފަހަރަށް އޮންނަނީ ނޭންގިފައެވެ.
އެހެން ކަމުން މިގޮތައް އަސްލެއްނެތް ދޮގު ފޭކް ހަބަރުތަކާއި މަޢުލޫމާތުތަކުގެ ލިސްޓެއް ޑރ މުޙައްމަދު އަލީ މިވަނީ ހިއްސާ ކުރައްވާފައެވެ.
— Dr. Mohamed Ali (@Moxamedalu) March 8, 2020
ދުނިޔޭގެ ކަންކޮޅުތަކުގައި މިހާރު ފެތުރެމުންދާ ކޯވިޑް-19 (ކޮރޯނާ ވައިރަސް) އާ ގުޅޭ ޚަބަރާއި މައުލޫމާތު މީޑިއާތަކުން ގެނެސްދިނުމުގައި ރައްޔިތުންގެ މެދުގައި ޝައްކާއި ބިރުވެރިކަން އުފެދޭ ގޮތަށް، ހަގީގަތާހިލާފު ދޮގު ޚަބަރާއި މައުލޫމާތު ގެނެސް ނުދިނުމަށާއި، މައުލޫމާތު އާއްމުކުރުމުގައި ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ އެދިފައެވެ. އަދި ކޮރޯނާވައިރަހާ ގުޅޭ ދޮގު ހަބަރު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!