ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި ހދ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ކޯވިޑް-19 އަށް ނައްސިވެފައި ވާކަމަށް ކުމުންދޫ ކައުންސިލުން ބުނެފިއެވެ. މި ދެމީހުން ނައްސިވި ނަމަވެސް ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ. ކުމުންދޫ ދެ މީހުންގެ ސާމްޕަލް ނައްސިވި އިރު، ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި އުލިގަމު މީހެއް ފައްސިވުމުން އެ ބޯޓުން ދަތުރު ކުރި އިހަވަންދޫގެ 35 މީހަކާއި، ހދ. […]
ޔުމްނާ ޢަލީ
ކޯވިޑް-19 އަށް ށ. ނަރުދޫން އިތުރު 7 މީހުން ފައްސިވެފައިވާއިރު، އެ މީހުން ކަރަންޓީނު ކުރަން ގެންދިޔުން ލަސްވާތީ ރައްޔިތުން ތިބީ ކަންބޮޑުވެ، ހާސްވެފައިކަމަށް ނަރުދޫ ކައުންސިލް މެމްބަރަކު ވިދާޅުވެއްޖެއެވެ. ނަރުދޫ ކައުންސިލް މެމްބަރު މުޙައްމަދު ނިޒާރު މިނޫހަށް ވިދާޅުވީ، އެ ރަށުން އިތުރު 7 މީހުން ކޯވިޑަށް ފައްސިވިކަން އަންގާފައި ވާއިރު، 24 ގަޑި އިރު ފާއިތު ވަމުންދާއިރު އެމީހުންނަށް އިތުރު ފަރުވާއެއް ނުދެވި، ކަރަންޓީނު ފެސިލިޓީއަށްވެސް ނުގެންދެވި ތިބުމުން ރައްޔިތުން ތިބީ ހާސްކަމާއި، ކަންބޮޑުވުމުގައި [...
އަލީ އާދިލް
މާލެ ސަރަހައްދު ފުރަބަންދުގެ މުއްދަތު އިތުރު ކޮށްފި މާލެ ސަރަޙައްދު، އިތުރު 14 ދުވަހަށް ފުރަބަންދު ކުރުމަށް ނިންމަވައިފިއެވެ. މާލޭގެ ފްލޫ ކްލިނިކަކަށް ދެއްކި ދިވެހި އަންހެނެއް ކޯވިޑް-19އަށް ފައްސިވުމާއި ގުޅިގެން މާލެ ސިޓީ ހިމެނޭ ސަރަހައްދުގެ މާލެއާއި ހުޅުމާލެއާއި ވިލިމާލެ ފުރަބަންދުކޮށްފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު 2 ދެދުވަހުގެ މުއްދަތަކަށެވެ. ނަމަވެސް ކޯވިޑް-19 އަށް ޕޮޒިޓިވް މީހުން މާލެއިން ފެނުން އިތުރުވުމާގުޅިގެން މިމަހުގެ 17 ވަނަ ދުވަހު އިތުރު 14 ދުވަހުގެ މުއްދަތަކަށް […]
ޔުމްނާ ޢަލީ
ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރު ކުރި، ކޯވިޑަށް ފައްސިވި އުލިގަމު މީހާއާއި ގުޅިގެން އެ ދަތުރުގައި ހދ. ވައިކަރަދޫއަށް ދިޔަ 23 މީހުން ޓެސްޓު ކުރުމަށް ނެގި ސާމްޕަލްތައް ނައްސިވެއްޖެ ކަމަށް އެޗްޕީއޭއިން އަންގާފައިވާ ކަމަށް ވައިކަރަދޫ ކައުންސިލުން ހާމަކޮށްފިއެވެ. ވައިކަރަދޫ ކައުންސިލުން ކުރި ފޭސްބުކް ޕޯސްޓެއްގައި ބުނެފައި ވަނީ 2020 އޭޕްރީލް 15 ވަނަ ދުވަހު ހއ. އިހަވަންދޫ ކާވިޔާ ބޯޓުން ދަތުރުކުރި މީހަކު ކޯވިޑް-19 އަށް ފައްސި ވުމާއި ގުޅިގެން، އެދަތުރު ކާވިޔާ […]
ޝިއުނާ އާދަމް
ށ. ބިލެތްފަހި ކޯވިޑް-19 ޓާސްކް ފޯހުގެ ހުއްދަނެތި އެ ރަށަށް އެރި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެ ތިން މީހުން ބިލެތްފައްސަށް ދިޔައީ ށ. ފޭދޫން ފުރައިގެން ކަމަށެވެ. މީހުން ހައްޔަރުކުރީ ބިލެތްފައްސަށް ދިއުމަށް ފަހު އެނބުރި ފޭދު އަށް ދިޔަ މަގުމަތީގަ އެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މިދަނޑިވަޅުގައި ރަށު ޓާސްކް ފޯސްތަކުގެ ހުއްދަ ނެތި ދަތުރު ނުކުރުމަށް ފުލުހުން ވަނީ އެދިފައެވެ. ފުލުހުން […]
ޝިއުނާ އާދަމް
ކޯވިޑް-19 އަށް ޓެސްޓު ކުރުމަށްޓަކައި ކާވިޔާ ބޯޓުން ދަތުރުކުރި 35 މީހެއްގެ ނަތީޖާ ނައްސި (ނެގެޓިވް) ވެއްޖެ ކަމަށް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން ބުނެފިއެވެ. އިހަވަންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ބުނެފައިވަނީ ކޮވިޑް 19 އަށް އިހަވަންދޫއިން ޓެސްޓްކުރި އެންމެންގެ ނަތީޖާ ނައްސި ވެއްޖެކަމަށެވެ. އިހަވަންދޫ ރައްޔިތުންގެ ފަރާތުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު ދަންނަވަން. ދެން ކުރިއަށްދާންވީ ގޮތުގެ އިރުޝާދު މާދަމާ ރައްޔިތުންނާ ހިއްސާ ކުރެވޭނެ. އެކައުންސިލްގެ އެންގުމު...
ޝިއުނާ އާދަމް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިޞަލް ނަސީމް ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ އިސްވެރިންނާއި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުގެ ވެރިންނާ ބައްދަލުކުރައްވައި ޞިއްހީދާއިރާގައި މިވަގުތު ހުރި ދަތިތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ. އޮންލައިންކޮށް ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރީޖަނަލް ހޮސްޕިޓަލުތަކާއި އަތޮޅު ހޮސްޕިޓަލުތަކުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ޚާއްޞަކޮށް މި ދަތި ދުވަސްކޮޅުގައި ކުރިމަތިވާ ދަތިތައް އޮޅުންފިލުއްވާފައި...
ޝިއުނާ އާދަމް
ޓުވިޓަރގައި ޒުވާން މަޝްވެރިންގެ ޖޯޝާއި ހިތްވަރު ގެނެސްދޭ ” ޒުވާން މަސްވެރިޔާ “ގެ ޓުވިޓަރ އެކައުންޓުން މިފަހަރު ދިނީ ގއ. ކޮނޑޭ އިން ކިނބުލެއް ފެނުނު ޚަބަރެވެ. ޒުވާން މަސްވެރިޔާގެ ފުރަތަމަ ބުނެފައި ވަނީ ގއ. ކޮނޑޭ ޒުވާނުންތަކެއް ދާ ޖަހައިގެން ކިނބުލެއް ހިފައިފި ކަމަށެވެ. ކިނބުލުގެ ފޮޓޯވެސް ހިމަނައިގެން ކޮށްފައިވާ އެ ޓުވީޓުގައި ބުނެފައި ވަނީ އެސަރަހައްދަށް މޫދަށް އެރޭ މީހުން ސަމާލު ވުމަށެވެ. https://twitter.com/ZuvaanMasveriya/status/1255181831088910337?s=20 ޒުވާން މަސްވެރިޔާގެ ދެވަނަ ޓުވީޓުގައި ބުނ...
ޝިއުނާ އާދަމް
ށ. ނަރުދޫން މިހާތަނަށް ޖުމްލަ އަށް މީހެއް ކޯވިޑަށް ފައްސިވެފައި ވާކަމަށް އެޗްޕީއޭއިން ބުނެފިއެވެ. ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި މިހާރު ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ މެޑިކަލް އޮފިސަރ ޑރ. އަފްޒަލް ވިދާޅުވީ އަމާޒު ބޯޓުގެ ކޭހާއި ގުޅިގެން ބޯޓުގެ ކެޕްޓަނާއި އެކު އެރަށުން ޖުމްލަ އަށް މީހަކު މިހާރު ކޯވިޑަށް ފައްސި ވެފައި ވާކަމަށެވެ. އަދި އެރަށުގައި އެންމެ ބޮޑަށް ނޫންނަމަވެސް މުޖުތަމައު ތެރޭ ބަލި ފެތުރޭ ހާލަތް އޮތް […]
ޔުމްނާ ޢަލީ
އިތުރު 5 މީހަކު ފައްސިވެ އަދަދު 250 އަށް އަރައިފި އެވެ. އިތުރު 5 މީހަކު ފައްސިވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒެވެ. މީގެ އިތުރުން މިއަދު ފެނުނު 21 ކޭސްއަކީވެސް ކުރީގައިވެސް ފެނިފައިހުރި ކޭސްތަކާއި ގުޅުންހުރި މީހުންކަމަށާއި އަމާޒު ބޯޓާއި ގުޅުންހުރި 9 މީހަކު މިހާތަނަށް އައިއިރު ފައްސިވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ. އަމާޒު ބޯޓާ ގުޅިގެން މިހާރު ށ ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވޭ، އަމާޒު ބޯޓު ކްލަސްޓަރ...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް މަޖިލިސް ރައީސް ނިންމަވާފައިވަނިކޮށް މިނިސްޓަރު އަމީނުގެ ޖަވާބު މަޖިލިސްއަށް ފޮނުވައިފިއެވެ. މަޖިލީހުގެ މީޑިއާ ޑިރެކްޓަރު ހަސަން ޒިޔާއު މީޑިއާއަށް ވިދާޅުވީ މިއަދު އިރުއޮއްސި 6:31 ގައި އިމެއިލް މެދު...
އަލީ އާދިލް
ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހދ. ކުޅުދުއްފުށީ ސިޓީއިން ސާމްޕަލް ނެގި އެކެއްގެ ނަތީޖާ ނައްސިކަމަށް (ނެގެޓިވް) އެ ސިޓީގެ ކޮވިޑާ ގުޅޭ ޓާސްކު ފޯހުން ބުނެފި އެވެ. މިމީހާއަކީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި މީހެކެވެ. އެ ބޯޓުގެ ކައްޕި އާއި އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ. ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯސް ހިންގުމާއި ހަވާލުވެހުރި އަހުމަދު ދާއޫދު ވިދާޅުވީ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި މީހާގެ ނަތީޖާ މިރޭ ލިބިފައިވާއިރު […]
ޔުމްނާ ޢަލީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ މިހާރުގެ ހާލަތާއި ބެހޭގޮތުން އިނގިރޭސިވިލާތުގެ ފޮރިން ސެކްރެޓަރީ ރިޓަޔަރޑް އޮނަރަބަލް ޑޮމިނިކް ރާބް އާ ފޯނު މެދުވެރިކޮށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވައިފިއެވެ. މިއަދު މެންދުރު ކުރެއްވެވި މި ފޯނުކޯލުގައި ދެ ބޭފުޅުންވެސް ވަނީ މި ނުރައްކާތެރި ބަލިމަޑުކަމާއި ގުޅިގެން ދެ ޤައުމުގައިވެސް ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަޅަމުންދާ ފިޔަވަޅުތަކާއި ޢަމަލުކުރަމުން ގެންދާގޮތުގެ މަޢުލޫމާތު ޙިއްޞ...
ޝިއުނާ އާދަމް
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީންގެ އަރިހަށް ފޮނުއްވާފައިވާ ސުވާލު ނޯޓިސްގެ މުއްދަތު ހަމަވި އިރު ޖަވާބު ދެއްވާފައި ނުވާތީ ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދާ މިނިސްޓަރު އަމީން ޚިލާފުވެޑައިގެންފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެކިވަޑައިގަންނާ ކަމަށް މަޖިލިސް އިދާރާއިން ބުނެފިއެވެ. މަޖިލިސް އިދާރާއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވ...
އަލީ އާދިލް
މި ވަގުތު އެ މީހަކަށްވެވުނު ގޮތަކަށް އަނެކާއަށް އެހީތެރިވަމުށާއި، އެ މީހަކަށް ލިބިފައިވާ ހުނަރެއްގެ ނުވަތަ ނިޢުމަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ކުރަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އިލްތިމާސް ކުރަށްވައިފިއެވެ. އެކަމަނާ އެމަގުން އިލްތިމާސް ކުރެއްވީ ކޯވިޑު ނަވާރައާއި ގުޅިގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، ބައެއް މީހުން މީސް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓް ހިއްސާ ކުރައްވަމުން މިއަދު ކުރެއްވެވި ޓުވީޓެއްގައެވެ. ވަޒީރު ޔުމްނާ ވިދާޅުވީ މި ކަމުން އަރައިގަނެ...
ޔުމްނާ ޢަލީ
ށ. މިލަންދޫ މީހަކުވެސް ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. މިލަންދޫ އިން ކޯވިޑް-19 އަށް ފައްސިވެފައިވަނީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރުކުރި މީހަކަށެވެ. އެޗްޕީއޭގެ ރަސްމީ ބަހެއް މިކަމަށް ލިބިފައި ނުވިޔަސް އެރަށުން މިކަން މި ނޫހަށް ވަނީ ޔަޤީން ކޮށްދީފައެވެ. މިލަންދޫ މީހަކު ކޯވިޑަށް ފައްސިވިއިރު، އަމާޒު ބޯޓު ނިސްބަތްވާ ނަރުދޫން މިހާތަނަށް މި ބައްޔަށް ހަ މީހަކު ވަނީ ފައްސިވެފައެވެ. ނަރުދޫ އަމާޒު ބޯޓުގެ ކެޕްޓަން ފައްސިވެފައިވާއިރު، އެ ބޯޓުން ވަނީ އެކި ރަށް ރަށުގެ […]
ޝިއުނާ އާދަމް
ށ. ނަރުދޫ އިން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު 6 އަށް އަރައިފިއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ވަނީ އެރަށުން ކޯވިޑް-19 އަށް ފައްސިވި މީހުންގެ ޢަދަދު ހަޔަކަށް އަރާފައިވާ ކަމަށް ބުނެފައެވެ. އޭނާ ބުނީ އެރަށުން ކޯވިޑް-19 ފައްސިވެފައި ވަނީ އަމާޒު ބޯޓުގެ ކެޕްޓަނާއި، އޭނާގެ އަނބިމީހާއާއި، ދެ ދަރިންނާއި އަދި އަމާޒު ބޯޓުގެ ދެ ފަޅުވެރިން ކަމަށެވެ. އެ ރަށުން […]
ޝިއުނާ އާދަމް
ށ. ނަރުދޫ އިން އިތުރު ތިން މީހަކު ކޯވިޑް-19 އަށް ފައްސިވެއްޖެއެވެ. އެޗްޕީއޭއިން މިކަން އަދި ރަސްމީކޮށް ޔަޤީން ކޮށް ދީފައި ނުވިނަމަވެސް ނަރުރޫން މިނޫހަށް ވާހަކަ ދެއްކި މީހަކު ބުނީ އެ ރަށުން އިތުރު ތިން މީހަކު ފައްސިވެފައިވާ ކަމަށެވެ. އެކަން އެ ޢާއިލާއަށް އަންގާފައިވަނީ މީގެ އިރުކޮޅެއް ކުރިން ކަމަށްވެސް އޭނާ ބުންޏެވެ. އެ ރަށުން ވިހި މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، އަލަށް ފައްސިވި ތިން މީހުންނަކީވެސް އަމާޒު ބޯޓު ކެޕްޓަނާއި ސީދާ […]
ޝިއުނާ އާދަމް