ސްޕެއިންގެ ކަރަންޓީނު އަމުރާ ހިލާފުވެގެން ބެލްޖިއަމްގެ ޕްރިންސްއަށް 10،400 ޔޫރޯގެ ޖުރިމަނާއެއް
ހުސްވި މޭ މަހުގެ 24 ވަނަ ދުވަހު ސްޕެއިންއަށް ދަތުރުކުރި ބެލްޖިއަމްގެ ޕްރިންސް ޔޯޗިމް، ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވުމަށް ފަހު އެ ގައުމުގެ ކަރަންޓީނުގެ އަމުރާ ހިލާފުވި މައްސަލާގައި 10،400 ޔޫރޯއިން (11،800 ޑޮލަރު) ޖުރިމަނާ ކޮށްފި ކަމަށް ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓާސް ބުނެފިއެވެ. ޕްރިންސް ޖުރިމަނާ ކޮށްފައި ވަނީ ސްޕެއިން އަށް އެތެރެވުމަށް ފަހު 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީނު ވެފައި ނުވާތީއެވެ. އަދި ޕްރިންސް ޔޯޗިމް ވަނީ ކަރަންޓީނުގެ އުސޫލާއި ހިލާފުވި […]