މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން ގދ. އަތޮޅަށް (13:30 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,375 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1896 ވަނަ ޞަފްޙާ

އެމްޓީސީސީއިން ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

އެމްޓީސީސީއިން ފެލިދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްގެން ކުރިއަށްގެންދިޔަ ވ. ފެލިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް 30 ޖުލައި 2020 ގައި ނިންމާލެވިގައިވާ ކަމުގައި އެ ކުންފުނިން ހާމަކޮށްފިއެވެ. ފެލިދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކޮށްފައިވަނީ 05 ސެޕްޓެމްބަރ 2019 ގައެވެ. މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 02 ފެބްރުއަރީ 2020 ގައެ...

އިބްރާހިމް ޚަލީލް
"ރޯޔަލް 10" ބޯޓުގެ ހަތަރު ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

"ރޯޔަލް 10" ބޯޓުގެ ހަތަރު ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވްވެއްޖެ

މާލެއާއި މ. އަތޮޅުގެ ރަށްތަކާއި ދެމެދު ދަތުރު ކުރާ “ރޯޔަލް 10” ނަމަކަށް ކިޔާ ބޯޓުގެ 4 ފަޅުވެރިން ކޯވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ. ދިއްގަރު ކައުންސިލުން މީޑިއާއާއި މައުލޫމާތު ހިއްސާކޮށްފައި ވާގޮތުގައި އެ ބޯޓުގެ ފަޅުވެރިންތަކެއް ކޯވިޑަށް ޕޮޒިޓިވްވިކަން އެނގުނީ، މާލެއިން ފުރައިގެން އެ ބޯޓު މ. އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް ކަމަށެވެ. އަދި ޕޮޒިޓިވްވެފައި ވަނީ، އެ ބޯޓްގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ 4 މީހެކެވެ. އެ ހަތަރު މީހުންގެ ސާމަޕްލްވެސް […]

ޖަލްވާން ޖާދުﷲ
އުނގޫފާރު މޮނިޓަރިންގއަށް، އޮޅުވެލިފުށި ކަރަންޓީނަށް

އުނގޫފާރު މޮނިޓަރިންގއަށް، އޮޅުވެލިފުށި ކަރަންޓީނަށް

ރ. އުނގޫފާރު ހޮސްޕިޓަލް އިން މާލެ ގެނައި ބަލި މީހަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންގއަށް ލައި، ޅ. އޮޅުވެލިފުށި ކަރަންޓީނު ކޮށްފިއެވެ. އިއްޔެ އުނގޫފާރުން މާލެ ފޮނުވާލި އެ ބަލި މީހާއަކީ، އޮޅުވެލިފުށީ ސިއްހީ މަރުކާޒުގައި ފަރުވާދިނުމަށް ފަހު، މިދިޔަ މަހުގެ 29 ވަނަ ދުވަހު އުނގޫފާރު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. އެޗްޕީއޭ އިން އެ ދެރަށުގެ ކައުންސިލްތަކަށް އެޑްރެސް ކޮށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައި ވަނީ އެ ރަށުގައި ތިބި އެއްވެސް […]

ޖަލްވާން ޖާދުﷲ
ރާއްޖެއިން ކޯވިޑް-19 ބަލިީގައި އިތުރު މަރެއް!

ރާއްޖެއިން ކޯވިޑް-19 ބަލިީގައި އިތުރު މަރެއް!

ކޯވިޑް- 19 ބަލީގައި ދިވެއްސަކު މަރުވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ މިއަދު ހެނދުނު 9:30 ގައި ހުޅުމާލޭ މެޑިކަލް ފެސިލިޓީ އައިސީޔޫގައި އޮތް އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކޯވިޑް ބަލީ ގައި މަރުވެފައި ވާ ކަމަށެވެ. މިއީ ކޯވިޑް ބަލީގައި ރާއްޖެއިން މަރުވި 19 ވަނަ މީހާ ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ. ރެއާއި ހަމައަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ […]

ޝިއުނާ އާދަމް
އެއް ދުވަސްތެރޭ މުއްސަނދިވި މީހާއަށް އަނެއްކާވެސް 2 މިލިއަންގެ އަގުހުރި ހިލަކޮޅެއް

އެއް ދުވަސްތެރޭ މުއްސަނދިވި މީހާއަށް އަނެއްކާވެސް 2 މިލިއަންގެ އަގުހުރި ހިލަކޮޅެއް

މިދިޔަ ޖޫން މަސް ތެރޭގައި 2 ޓެންޒަނައިޓް ހިލަ 3.4 މިލިއަން ޑޮލަރަށް ވިއްކާލައިގެން އެއްދުވަސް ތެރޭގައި މުއްސަނދިކަން ލިބުނު މައުދަން ހޯދާ މީހާ އަނެއްކާވެސް އެފަދަ އެހެން ހިލައެއް ހޯދާ، އެހިލަކޮޅު 2 މިލިއަން ޑޮލަރަށް ވިއްކާލައިިފިއެވެ. ޓެންޒޭނިއާގެ ސަނިނިއު ލައިޒަރ ކިއާ މައިނިންގ ގެ މަސައްކަތް ކުރާމީހާ މިފަހަރު ހޯދާފައިވަނީ 6.3 ކިލޯގެ ޓަންޒަނައިޓްއެކެވެ. މި މައުދަނަކީ ހަމައެކަނި ޓެންޒޭނިއާއިން ލިބެންހުންނަ މައުދަނެކެވެ. ޓެންޒަނައިޓް އާއްމުކޮށް ނަގަނީ ޓެންޒޭނިއާގެ އުތުރުގެ ސަރަހައްދުންނެވެ. މިއީ ގ...

އައިމިނަތު ޔުމްނާ
އުރީދޫ ހަމަ ތަފާތު، "އަތޮޅު ދުވުން" ނަމުގައި ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރަން ބާއްވަނީ

އުރީދޫ ހަމަ ތަފާތު، "އަތޮޅު ދުވުން" ނަމުގައި ރާއްޖޭގެ ފުރަތަމަ ވާޗުއަލް ރަން ބާއްވަނީ

އުރީދޫގެ ޚިދުމަތް ރާއްޖޭގައި ފެށިތާ ފަނަރަހަ އަހަރު ވުމާއި ގުޅިގެން އެކަން ފާހަގަ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން އުރީދޫ މޯލްޑިވްސްއިން އިންތިޒާމްކޮށްގެން “އަތޮޅު ދުވުން” ނަމުގައި ވާޗުއަލް ރަންއެއް ބޭއްވުމަށް އިއުލާނުކޮށްފިއެވެ. މި ވާޗުއަލް ރަން މުޅިރާއްޖޭގައި ބޭއްވުމަށް އެ ކުންފުނިން ނިންމާފައިވާއިރު މިއީ ރާއްޖޭގައި މިގޮތަށް ބޭއްވޭ ފުރަތަމަ ވާޗުއަލް ރަންކަން ފާހަގަ ކުރަމުން އެ ކުންފުނީގެ ޗީފް ކޮމަރޝަލް އޮފިސަރ، ހުސެން ނިޔާޒް ވިދާޅުވެފައި ވަނީ އަތޮޅު ރަންގެ މައިގަނޑު […]

އިބްރާހިމް ޚަލީލް
އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުން އެބަދޭ، 24 މަޝްރޫޢެއް ފަށަނީ

އެމްޓީސީސީން ރާއްޖޭގެ 35 ރަށެއްގައި 48 މަޝްރޫޢުއެއްގެ މަސައްކަތް ކުރަމުން އެބަދޭ، 24 މަޝްރޫޢެއް ފަށަނީ

މޯލްޑިވްސް ޓްރާމްސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ)އިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި 35 ރަށެއްގައި 48 މަޝްރޫޢެއް މިހާރުވެސް ހުއްޓުމެއްނެތި ހިނގަމުން އަންނަކަމަށާއި، އަލަށް 24 މަޝްރޫޢުއެއް ފެށުމަށް ތައްޔާރު ވަމުންދާ ކަމަށް، އެ ކުންފުނީގެ  ޗީފް އެގްޒެކެޓިވް އޮފިސަރ، (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ “ރާއްޖެ މިއަދު” ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން  އާޒިމް ވިދާޅުވީ، ކޯވިޑް-19 ގެ ބަލިމަޑުކަމުގެ އަސަރު އެ ކުންފުނީގެ މަސައްކަތްތަކަށް ވެސ...

އިބްރާހިމް ޚަލީލް
ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ޑެމޯ-2 ވަރަށް ކާމިޔާބު، އުޅަނދު ތިރިކޮށްލީ ގަލްފް އޮފް މެކްސިކޯއަށް!

ސްޕޭސް އެކްސްގެ ކްރޫ ޑްރެގަން ޑެމޯ-2 ވަރަށް ކާމިޔާބު، އުޅަނދު ތިރިކޮށްލީ ގަލްފް އޮފް މެކްސިކޯއަށް!

ދެމަސްދުވަހުގެ ތާރީޚީ މިޝަންއެއް އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަންގައި ފުރިހަމަ ކުރުމަށްފަހު ސްޕޭސް-އެކްސް ކްރޫޑްރެގަން ޑެމޯ 2 ގައި ދަތުރުކުރި ދެ އެސްޓްރޯނޯޓުން އެނބުރި ދުނިޔެއަށް އައިސްފިއެވެ. މި މިޝަންއަކީ ސްޕޭސް އެެކްސްއިން ޖައްވަށް އެސްޓްރޯނޯޓުން ފޮނުވުމަށް ތައްޔާރު ކޮށްފައިވާ ޖައްވީ އުޅަނދު ކްރޫޑްރެގަން ޓެސްޓުކުރުމަށް ކުރި 2 ވަނަ ދަތުރެވެ. މިއުޅަނދަކީ ހުރިހާކަމެއް ވެސް އޮޓަމެޓިކްއިން ކުރާގޮތަށް ތައްޔާރުކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދު ޑިޒައިން ކޮށްފައިވަނީ މައްޝޫރު އިލެކްޓްރިކް ކާރު ތައްޔާރު...

އައިމިނަތު ޔުމްނާ
އެމްޑަބްލިއުއެސްސީން އުފައްދާ ޕީވީސީ ހޮޅި ބާޒާރަށް!

އެމްޑަބްލިއުއެސްސީން އުފައްދާ ޕީވީސީ ހޮޅި ބާޒާރަށް!

މާލެ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އުފައްދާ ޕީވީސީ ޕްރެޝަރ ހޮޅި ރާއްޖޭގެ ބާޒާރަށް ނެރެން ތައްޔާރު ވެފައިވާކަން އެކުންފުނިން ހާމަ ކޮށްފިއެވެ. ފެންކުންފުނިން މާކެޓަށް ނެރެނީ ޕީވީސީ ޕްރެޝަރ ހޮޅިއަކީ ރާއްޖޭގެ މާކެޓްގައި އެންމެ އާންމު އަދި އެންމެ މަޤްބޫލު ތައިލޭންޑްގެ ސްޓޭންޑަރޑްކަމަށްވާ “ތައި ސްޓޭންޑާރޑް” އަށް ފެތޭގޮތައް ތައްޔާރުކުރާ ފެންވަރު ރަނގަޅު ހޮޅިއެކެވެ. އެ ކުންފުނިން ފެނާއި ނަރުދަމާ އާއި މަގު ހެދުމުގައި ބޭނުންކުރާ ހޮޅި އުފައްދާ ބޭނުންކުރާތާ ފަސް އަަހަރުވެފައިވާއިރު...

އަޙްމަދު ވަހީދު
8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް": އަޙްމަދު އަބްދުﷲ

8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ "އޯގާތެރިކަމުގެ ރީތި މިސާލެއް": އަޙްމަދު އަބްދުﷲ

ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ 8،488 ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި މިހާތަނަށް 35.1 މިލިއަން ރުފިޔާ ދޫކުރުމަކީ “އޯގާތެރިކަމުގެ ރީތި މިސާލެއް” ކަމުގައި ބާރަށު ދާއިރާގެ މެންބަރ އަޙްމަދު ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ކޯވިޑް- 19 އާއި ގުޅިގެން އާމްދަނީއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް “އިންކަމް ސަޕޯޓް އެލަވަންސް” ގެ ގޮތުގައި 2020 އޯގަސްޓް 2 ވަނަ ދުވަހާއި ހަމައަށް، 8،488 މީހަކަށް 35.1 މިލިއަން ރުފިޔާ ދޫކޮށްފައިވާތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު...

އަލީ އާދިލް
ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ކޮއްކޮ އޮތީ ނަފުސާނީ ބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައި: ޝިފާޢު

ހއ. އިހަވަންދޫގައި ކަރަންޓީންގައި ހުއްޓާ މިރޭގެވަގުތެއްގައި ފިލައިގެން ގޮސްފައިވަނީ ނަފުސާނިބައްޔަކަށް ފަރުވާހޯދުމަށް އެނދުމަތިކުރެވިފައިވާ ކޮއްކޮއެއްކަމަށް އިހަވަންދޫ ދާއިރާގެ މެންބަރ މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. “ފިލައިގެން އުޅެނީ އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރުގެ ކޮއްކޮ” ކަަމަށް ބަޔެއް ނޫސްތަކުން މިރޭ ރިޕޯޓްކޮށްފައިވާތީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކުރަމުން މިރޭ ޝިފާޢު ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ މިރޭގެ ވަގުތެއްގައި އޭނާގެ ކޮއްކޮ ސިއްހީ މަރުކަޒުން ނިކުތުމުން ނޫސްތަކުން ޚަ...

އަލީ އާދިލް
ކޯވިޑް-19: 93 ދިވެހިންނާއިއެކު 129 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް-19: 93 ދިވެހިންނާއިއެކު 129 މީހުން ޕޮޒިޓިވް ވެއްޖެ

ކޯވިޑް- 19 ބަށްޔަށް މިއަދުވެސް ގިނަ ޢަދެއްގެ މީހުން ޕޮޒިޓިވެއްޖެ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ. އެޗްޕީއޭއިން ބުނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް އިތުރު 129 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 93 ދިވެހީންނާއި، 23 ބަންގްލަދޭޝް މީހުންނާއި އިންޑިއާ 8 މީހަކާއި ލަންކާ 4 މިހަކާއި، އަދި އިންޑޮނޭޝިއާ މީހެކެވެ. މިއަދު އަލަށް ޕޮޒިޓިވް މީހުން ތެރެއިން ގްރޭޓަރ […]

ޔުމްނާ ޢަލީ
އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ފިލައިގެން ހޯދަނީ

ހއ. އިހަވަންދޫގައި ކަރަންޓީނުގައި ހުރިމީހަކު ޑޮކްޓަރަށް ދެއްކުމަށް އާމިނާ ދިޔޯ ޞިއްޙީ މަރުކަޒަށް ގެންދިއުމުން ފިލައިފި އެވެ. އިހަވަންދޫ ކައުންސިލްގެ ރައީސް މުޙައްމަދު ރަޝީދު ވަނީ މިކަން “ތިލަދުން” އަށް ޔަގީންކޮށްދީފައެވެ. ރަޝީދު އިތުރަށް ބުނީ އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރަންމުން އަންނަކަމަށެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާއަކީ ހާލުބެލުމުގެ ޕޮޓަލްދަށުން ރަޖިސްޓްރީވެގެން އެރަށަށް ގޮސްފައިވާ މީހެކެވެ. އެމީހާ އަކީ އުމުރުން 32 އަހަރުގެ މީހެކެވެ. ފުލުހުންނާއި އާންމު ރައްޔިތުން ގުޅިގެނ...

އަލީ އާދިލް
މާދަމާއިން އަންނަ ބުރާސްފަށްޗަށް ސަރުކާރު ބަންދު ކޮށްފި

މާދަމާއިން އަންނަ ބުރާސްފަށްޗަށް ސަރުކާރު ބަންދު ކޮށްފި

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތީގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ. ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، 2020 އޮގަސްޓު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ކަމަށެވެ. “މި މުއްދަތުގެ ތެރޭގައި ގޭގައި ތިއްބަވައ...

އަޙްމަދު ވަހީދު
ހަޤީގަތުގައިވެސް ތުރްކްމަނިސްތާނުން ކޯވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވަނީތަ؟

ހަޤީގަތުގައިވެސް ތުރްކްމަނިސްތާނުން ކޯވިޑް-19 އަށް އެއްވެސް މީހަކު ޕޮޒިޓިވް ނުވަނީތަ؟

މުޅިދުނިޔެއަށް ބަލިމަޑުކަމެއް ފެތުރި ދުނިޔޭގެ އެންމެން ބިރުވެރިކަމެއްގެ ތެރޭގައި ތިބިއިރުވެސް ކޯވިޑް-19 ގެ އެއްވެސް ކޭސް އެއް ރިޕޯރޓްކޮށްފައިނުވަނީ ތުރްކްމެނިސްތާނުންނެވެ. އަވައްޓެރި އިރާން، ކަޒަކިސްތާން އުޒްބަކިސްތާން އަދި އަފްގާނިސްތާން ފަދަ ގައުމުތަކުން ކޯވިޑް-19 ގެ ކޭސްތައް ރިޕޯރޓްކޮށްފައިވާއިރު ތުރްކްމަނިސްތާނުން ވަނީ ހަމަ އެކަނި ނިއުމޯނިއާ ފެތުރޭކަމަށް ބުނެފައެވެ. އެގައުމުން ވަނީ ކޯވިޑް-19 ގެ އެއްވެސް ކޭސްއެއް ނުފެންނަ ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެގައުމުގެ ބައެއް އިދިކޮޅުފަރާތް ތަކުން...

އައިމިނަތު ޔުމްނާ
ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރުނު ޒުވާނެއް ނިޔާވެއްޖެ

ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރުނު ޒުވާނެއް ނިޔާވެއްޖެ

ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި އުޅުނު ޒުވާނެއް ނިޔާވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިއަދު މެންދުރު ހުޅުމާލޭ ފަޅުގައި އޮތް ދޯންޏެއްގެ މަސައްކަތެއް ކުރުމަށް މޫދަށް އެރި ދިވެހި ފިރިހެނަކު އަކުނިވަޔަށް ދަމައިގަނެގެން ހާލު ދެރަވެގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައި ވާކަމަށް ފުލުހުންނަށް ރިޕޯޓް ލިބިފައި ވާކަމަށެވެ. އެމީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މަޢުލޫމާތު ލިބިފައިވާ ކަމަށާއި، އަދި އެމީހާ އަކީ ޢުމުރުން 27 އަހަރުގެ މީހެއް ކަމަށް ވެސް ފުލުހުން ވަނީ […]

ޔުމްނާ ޢަލީ
އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

އުތުރުގެ 4 ރަށެއް ކަރަންޓީނު ކޮށްފި

ހއ. އިހަވަންދޫ ތަހުތު ބޯޓާއި، 242 ބޯޓުން ދަތުރު ކުރިބަޔަކު ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެ ބޯޓު ބަނދަރުކުރި އުތުރުގެ ހަތަރު ރަށެއް ކަރަންޓީނު ކޮށްފައި ވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މަނާކޮށްފިއެވެ. މިގޮތުން އެޗްޕީއޭއިން އަރައި ފޭބުން މަނާކޮށް، ކަރަންޓީނު ކުރީ އެ ދެ ބޯޓު ނިސްބަތްވާ ހއ. އިހަވަންދޫގެ އިތުރުން ހދ. ގެ 3 ރަށް ކަމަށްވާ ފިނޭ، ނޮޅިވަރަމް އަދި މަކުނުދޫ އަށެވެ. އެޗްޕީއޭއިން އެރަށްތަކަށް އަރާ ފޭބުން […]

ޝިއުނާ އާދަމް
އެމްޕީ ނާޒިމް ދާއިރާއަށް 14،000 މާސްކު ހަދިޔާ ކުރަށްވައިފި

އެމްޕީ ނާޒިމް ދާއިރާއަށް 14،000 މާސްކު ހަދިޔާ ކުރަށްވައިފި

ކޯވިޑް-19 އާއި ގުޅިގެން ދާއިރާގެ ރައްޔިތުން ބޭނުން ކުރުމަށް 14،000 މާސްކު، ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހަދިޔާ ކުރައްވައިފިއެވެ. ނާޒިމް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން އޭނާ ތަމްސީލު ކުރާ ދަނގެތި ދާއިރާގެ ސްކޫލް ދަރިވަރުންނާއި އަދި ރައްޔިތުން ހިމެނޭ ގޮތުން ބޭނުން ކުރުމަށް 14،000 ރިޔޫސަބަލް ފޭސް މާސްކު ހަދިޔާކޮށްފައިވާ ކަމަށެވެ. ކޯވިޑާއި ގުޅިގެން ނާޒިމްގެ ދާއިރާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެއްވިއިރު، ރާއްޖޭގައި ކޯވިޑް-1...

ޝިއުނާ އާދަމް