މާލެސިޓީގެ މޭޔަރު ސިފާ މުޙައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅައިފިއެވެ.

ސިފާގެ އިތުބާރު ނެތްކަމުގެ މައްސަލަ އިއްޔެ ބޭއްވި މާލޭ ސިޓީ ކައުންސިލް ބައްދަލުވުމަށް ހުށަހެޅުއްވީ މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު މުޙައްމަދު ފަޒީނެވެ.

Ad
rt

މޭޔަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް ފާސްވީ 9 މެންބަރުންގެ ވޯޓުންނެވެ. އަދި މޭޔަރު ކައުންސިލް ހިންގެވުމަށް އިހުމާލެވެވަޑައިގެންފައި ވާތީ އެކަމަށް ޖަވާބުދާރިވުމަށް 10 ދުވަހުގެ މުހުލަތެއް ދިނުމަށް މިބައްދަލުވުމުގައި ވަނީ ނިންމާފައެވެ.

އިތުބާރުގެ މައްސަލައެއް އެކަމަނާ މައްޗަށް ވެއްދީ ކައުންސިލް ހިންގެވުމުގައި އިހުމާލުވެވަޑައިގެންފައިވާ ކަމަށް ތުހުމަތަކެއް ކޮށެވެ. ކައުންސިލްގެ ޒިންމާތައް އަދާނުކުރައްވާކަމާއި، ލާމަރުކަޒީ ޤާނޫނާއި މޭޔަރު ޚިލާފުވެވަޑައިގެންފައިވާކަމަށް ކައުންސިލްގެ ބައެއް މެންބަރުން ތުހުމަތުކުރެއްވިނަމަވެސް މޭޔަރު ސިފާ އެކަން ދޮގުކުރައްވައެވެ.

މާލެ ސިޓީކައުންސިލް އެކުލެވިގެން ވަނީ މޭޔަރާއި ޑެޕިއުޓީ މޭޔަރާއިއެކު ޖުމްލަ 13 މެންބަރުންގެ މައްޗަށެވެ.