މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1742 ވަނަ ޞަފްޙާ

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް

ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދުގެ ބަންދަށް ތިންދުވަސް

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު އިސްމާއިލްގެ ބަންދަށް ތިން ދުވަސް، ކްރިމިނަލް ކޯޓުން މިއަދު ޖަހައިފި އެވެ. ކުރީގެ މެންބަރު މުޙައްމަދު ހައްޔަރުކުރީ އިއްޔެ ވެރިރަށް މާލޭގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކުރިއަށްގެންދިޔަ އިހުތިޖާޖުގެ ތެރެއިން ނެވެ. މުޙައްމަދުގެ ބަންދަށް ތިން ދުވަސް ކްރިމިނަލް ކޯޓުން މިއަދު ޖަހައިފިކަމަށް އިދިކޮޅު ކޯލިޝަންގެ މައިޕާޓީ ޕީޕީއެމްގެ ކައުންސިލް މެންބަރަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އިއްޔެ ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދާމެދު...

އަލީ އާދިލް
45 ގައުމެއް ބައިވެރިވެ ޕާކިސްތާނުގެ ނޭވީ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

45 ގައުމެއް ބައިވެރިވެ ޕާކިސްތާނުގެ ނޭވީ ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލައިފި

މިހާތަނަށް ބޭއްވި ދުނިޔޭގެ އެންމެ ބޮޑު ނޭވީ ހަރަކާތް “އަމަން 21” ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ޕާކިސްތާނުން ބޭއްވި މި ހަރަކާތުގައި 45 ގައުމެއްގެ ނޭވީތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި އެމެރިކާ އާއި ރަޝިއާ، ޗައިނާ އަދި ތުރުކީ ފަދަ ބޮޑެތި ބާރުތައްވެސްހިމެނެއެވެ. މިއީ މި ގައުމުތައް ގުޅިގެން ބޭއްވި ފުރަތަމަ މިލިޓަރީ ހަރަކާތެވެ. އަމަން އަކީ ޕާކިސްތާނުން 2007 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ނޭވީ ހަރަކާތެކެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ބާރުތައް […]

އަޙްމަދު ވަހީދު
ހިޔާ ފުލެޓް ނުލިބުނު މީހުން އަލުން ފޯމުލާކަށް ނުޖެހޭ

ހިޔާ ފުލެޓް ނުލިބުނު މީހުން އަލުން ފޯމުލާކަށް ނުޖެހޭ

ހިޔާ މަޝްރޫއުގެ މިފަހަރު ފުލެޓް ނުލިބުނު މީހުން ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުން ބޯހިޔާވަހިކަން ހޯދަން އަލުން އެދޭއިރު އިތުރު ފޯމެއްލާން ނުޖެހޭނޭކަމަށް މިނިސްޓަރ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު ޢަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދު ކުރިއަށްދިޔަ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 7 ވަނަ ޖަލްސާގައި، ހިޔާ މަޝްރޫއާއި ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނެވެ. މިނިސްޓަރު އަސ...

ޝިއުނާ އާދަމް
މޯލްޑިވިއަންގެ ސީޕްލޭން މެއިންޓެނަންސްއަށްފަހު އެނބުރި އިންޑިއާއަށް

މޯލްޑިވިއަންގެ ސީޕްލޭން މެއިންޓެނަންސްއަށްފަހު އެނބުރި އިންޑިއާއަށް

އިންޑިއާގައި ބޭނުން ކުރާ ހަމައެކަނި ސީޕްލޭން މެއިންޓެނަންސަށް ރާއްޖެއަށް ގެނައުމަށްފަހު އެނބުރި އިންޑިއާއަށް ގެންގޮސްފިއެވެ. މިއީ އެ ގައުމުގައި ސީޕްލޭންގެ ހިދުމަތް ދޭން ފެށި ފަހުން މެއިންޓެނަންސަށް ސީޕްލޭން ރާއްޖެ ގެނައި 2 ވަނަ ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހުވެސް ހިދުމަތް މެދުކަނޑާލުމަށްފު މެއިންޓަނަންސަށް އެ ސީޕްލޭން ރާއްޖެ ގެނައެވެ. އިންޑިއާގައި ސީޕްލޭންގެ ހިދުމަތް ދެނީ ސްޕައިސް ޖެޓުންނެވެ. އެ އެއާލައިނުން މި ދަތުރުތަކުގައި ބޭނުންކުރަނީ މޯލްޑިވިއަން އިން ލީޒް ކޮށްފައިވާ ބޯޓެކެވެ. “ސްޕައިސް ޝަ...

އަޙްމަދު ވަހީދު
ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީއަށް އިތުރުވުމެއް

ރިސޯޓުތަކުގެ ބިމު ކުލިން ލިބުނު އާމްދަނީއަށް އިތުރުވުމެއް

ރިސޯޓުތަކުގެ ބިމުކުލިން ލިބިފައި އާމްދަނީ އިތުރުވެފައިވާ ކަމަށް ފިނޭންސްމިނިސްޓްރީގެ މާލީ ރިޕޯޓުން ދައްކައިފިއެވެ. ފިނޭންސް މިނިސްޓްރީން އެންމެފަހުން އާންމުކުރި މާލީ ރިޕޯޓު ދައްކާގޮތުން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ރިސޯޓުތަކުން ކުލީގެގޮތުގައި 57.2 މިލިއަންރުފިޔާ ވަނީ ދައުލަތަށް ލިިބިފައެވެ. ނިމުނު 2020 ވަނަ އަހަރު މިމުއްދަތުގައި 41.0 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއީ ގާތްގަނޑަކަށް 28 ޕަސަންޓުގެ އިތުރުވުމެކެވެ. ސަރުކާރުގެ މިއަހަރުގެ ބަޖެޓްގައި، ރިސޯޓުތަކުން ބިމުކުލީގެ ގޮތުގައި ލިބޭނެ ކަމަ...

ޔުމްނާ ޢަލީ
އެޕަލް ޕޭއިން ބިޓްކޮއިން ބަލައިގަންނަން ފަށައިފި

އެޕަލް ޕޭއިން ބިޓްކޮއިން ބަލައިގަންނަން ފަށައިފި

ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެޕަލްގެ “އެޕަލް ޕޭ” އިން ބިޓްކޮއިން ފަދަ ކްރިޕްޓޯ ކަރަންސީ ބަލައިގަންނަން ފަށައިފިއެވެ. ބިޓްކޮއިން އަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބޭނުން ކުރަމުން އަންނަ ޑިޖިޓަލް ފައިސާއެކެވެ. މި ފައިސާ އެންމެ ބޮޑަށް މަގުބޫލުވެފައިވަނީ އެމެރިކާގައެވެ. ބިޓްކޮއިން ފަދަ ޑިޖިޓަލް ފައިސާގެ އެޕެއް ކަމަށްވާ “ބިޓް ޕޭ” އިން ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުގައި މިހާރު ބިޓްޕޭ މާސްޓަކާޑުތައް އެޕަލް ޕޭ ވޮލެޓަށް އެޑްކުރެވޭނެއެވެ. އަދި އެޕަލް ބްރޭންޑުގެ ތަކެތި ގަތުމަށް ޑިޖިޓަލް...

އަޙްމަދު ވަހީދު
އެމްބާޕޭގެ ހެޓްރިކުން ބާސާ ލަދުގަންނަވާލައިފި

އެމްބާޕޭގެ ހެޓްރިކުން ބާސާ ލަދުގަންނަވާލައިފި

ކިލިޔަން އެމްބާޕޭގެ ހެޓްރިކުން އެފްސީ ބާސެލޯނާގެ މައްޗަށް 4-1 ލަނޑުން ޕީއެސްޖީން ބޮޑު މޮޅެއް ހޯދައިފިއެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރޭ ބާސެލޯނާ އަމިއްލަ ދަނޑުގައި ޕީއެސްޖީން އެ ބާސާ ލަދުގަންނަވާލިއިރު، މެޗްގެ 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުން ލަނޑެއް ކާމިޔާބުކޮށް ފުރަތަމަ މެޗްގެ ލީޑްނެގީ ބާސެލޯނާ އިންނެވެ. އަނިޔާގެ ސަބަބުން މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ ނޭމާ އަދި އޭންހެލް ޑިމާރިއާ ނުލާ ޕީއެސްޖީން ރޭ ކުޅުނު އެ މެޗްގައި ޕީއެސްޖީން ލަނޑެއްޖަހައި، ނަތީޖާ […]

ހުސައިން ހަބީބް
ރާއްޖޭގައި ކަނޑުމަތީގެ ޓްރެފިކް ފުލުހުން ތައާރަފްޖެހޭ: ރާޢީ

ރާއްޖޭގައި ކަނޑުމަތީގެ ޓްރެފިކް ފުލުހުން ތައާރަފްޖެހޭ: ރާޢީ

ރާއްޖޭގައި އެއްގަމު ޓްރެފިކް ޕޮލިހުން ތިބޭ އުސޫލުން ކަނޑުމަތީގެ ޓްރެފިކް ޕޮލިހުން ވެސް ތަޢާރަފްކުރަންޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެ އެވެ. ރާޢީ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 6 ވަނަ ޖަލްސާގައި ”ކަނޑު ދަތުރުކުރުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދިނުން އިތުރުކުރުމަށް ހުށަހަޅާފައިވާ ޤަރާރު” ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސްއަށް ވާހަކަ ދައްކަވަމުންނެވެ. ރާއީގެ ވާހ...

އަލީ އާދިލް
ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަނީ

ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަނީ

ރާއްޖޭގައި ކޯވިޑް-19 ބަލީގެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. އެ މިނިސްޓްރީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނ ކޯވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ. އެ މިނިސްޓްރީއިން މީގެ ކުރިން ވެސް ކޯވިޑްގެ ހާލަތު ގޯސްވި ފަހަރު ތަކުގައި ވަނީ ހުކުރު ހުތުބާ ކުރުކޮށްފަ އެވެ. […]

ޝިއުނާ އާދަމް
އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ

އިންޑިއާގައި ފަރުވާ ދެމުންދަނިކޮށް އިމްރާން ނިޔާވެއްޖެ

މިމަހުގެ 4ވީ ބުރާސްފަތި ދުވަހުގެ ރޭ މެންދަމު 2:15 ހާއިރު މާލޭ ވިޔަފާރި ބަނދަރުގައި ހިނގި ނުރައްކާތެރި ހާދިސާއެއްގައި، ގައިމަށްޗަށް ކާޕެޓް ރޯލެއް ވެއްޓި އަނިޔާވި ހދ. ނޮޅިވަރަމް، ނައިޓް ޑްރީމް، އުމުރުން 28 އަހަރުގެ އިމްރާން އަލީ ނިޔާވެއްޖެއެވެ. އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިމްރާން އިންޑިއާއަށް ގެންދިޔައީ އިއްޔެގެ ވަގުތެއްގައެވެ. އިމްރާން ނިޔާވީ އިންޑިއާގެ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލުގެ، އައިސީޔޫ ގައި ފަރުވާދެމުންދަނިކޮ...

ޔުމްނާ ޢަލީ
ގަރާރުގައި އޮތީ ދޮގާއި އޮޅުވާލުން، ލިބުނު ނޯޓިސް އަނބުރާ ފޮނުވާލާނަން: މަލީޙް

ގަރާރުގައި އޮތީ ދޮގާއި އޮޅުވާލުން، ލިބުނު ނޯޓިސް އަނބުރާ ފޮނުވާލާނަން: މަލީޙް

މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ، މުޙައްމަދު މަލީޙް ޖަމާލުގެ މައްޗަށް ރައްޔިތުންގެ މަޖިލިސްއަށް ހުށަހެޅި އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް މިއަދު ލިބުނުއިރު، އެ މައްސަލަ ހުށަހެޅި ގަރާރުގައި ހުރީ ދޮގާއި އޮޅުވާލުން ކަމަށާއި، މިއަދު ލިބުނު ނޯޓިސް މާދަމާ އަނބުރާ ފޮނުވާލާނެކަމަށް މިނިސްޓަރު މަލީޙް ވިދާޅުވެއްޖެއެވެ. މިނިސްތަޓަރު މަލީޙް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. މިނިސްޓަރު މަލީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ އެމްޑީޕީ ޕާލިމެންޓްރީ...

އަލީ އާދިލް
އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ

އެންމެ ގިނަ ގޮނޑި ކަށަވަރުވެ، އެންމެގިނަ ނަން ނެގި ޕާޓީއަކަށް އެމްޑީޕީ

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން އެންމެ ގިނަ ކެނޑިޑޭޓުން ނަން އަނބުރާ ގެންދިޔައީ ވެސް. އަދި އިންތިޚާބުގެ ކުރިން އެންމެ ގިނަ ގޮނޑި ކަށަވަރު ވީވެސް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން ބުނެފިއެވެ. މިއަދު މެންދުރުފަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުން ތަ...

އަލީ އާދިލް
ފަޅުރަށުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ޑިންގީން ދަތުރުކުރި މީހެއް: ފުލުހުން

ފަޅުރަށުގައި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ ޑިންގީން ދަތުރުކުރި މީހެއް: ފުލުހުން

ވ.އަތޮޅު ފޮއްތެޔޮ ބޮޑުފުށީގައި މިއަދު ނިޔާވެފައި އޮއްވާ ފެނުނު ބިދޭސީ މީހާއަކީ ވ.އަތޮޅު އަންބަރާ ބޭރުން އޮޔާ ދިޔަ ޑިންގީ އާއި ގުޅުން ހުރި މީހެއް ކަމަށް ފުލުހުން ބުނެފި އެވެ. ފުލުހުން މީގެ ކުރިން ނޫސްތަކަށް މަޢުލޫމާތުދެމުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ، މޭޖަރ އިބްރާހިމް އާޒިމް ވިދާޅުވީ ވ. އަންބަރާ ކައިރިން ދަތުރުކުރަމުންދިޔަ “މޯލްޑިވިއާނާ” ނަމަކަށް ކިޔާ […]

އަލީ އާދިލް
މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

މާލެ ސަރަހައްދުގެ ކާފިއު ދަންމާލައިފި

ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތު އިތުރު ދެ ހަފްތާއަށް އިތުރުކޮށްފި އެވެ. އެކަން ބަޔާންކޮށް، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ އާންމުކުރި އެންގުމުގައި ބުނީ، ރާއްޖޭގައި ކޯވިޑް19 ފެތުރުން ކޮންޓްރޯލުކޮށް އާންމު...

ޝިއުނާ އާދަމް
އިތުރު ފަރުވާއަށް އިމްރާން އަލީ އިންޑިއާއަށް ގެންގޮސްފި

އިތުރު ފަރުވާއަށް އިމްރާން އަލީ އިންޑިއާއަށް ގެންގޮސްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ސަރަޙައްދުގައި ކެރޭން ބޭނުން ކޮށްގެން ކާޕެޓް ރޯލުތަކެއް ދޯންޏަކަށް އެރުވުމުގެ މަސައްކަތުގެ ތެރެއިން ކާޕެޓްރޯލެއް ބޮލަށް ވެއްޓި އަނިޔާވި، ހދ. ނޮޅިވަރަމް، ނައިޓްޑްރީމް އިމްރާން އަލީ 28، އިތުރު ފަރުވާއަށް އިނޑިއާއަށް ގެންގޮސްފިއެވެ. މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ދަންވަރު ހިނގި މި ހާދިސާއަށް ފަހު އިމްރާނަށް ފަރުވާދެމުން އައިސްފައިވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ އައިސީޔޫގައެވެ. އިއްޔެގެ ވަގުތެއްގައި އިމްރާން އިންޑިއާއަށް ގެންގ...

އިބްރާހިމް ޚަލީލް
ފަޅުރަށަކަށް ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެ

ފަޅުރަށަކަށް ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެ

ވ. އަތޮޅުގައި އޮންނަ ފަޅުރަށަކަށް ދަނޑި ދަނޑިކަނޑަށް ދިޔަ ބަޔަކަށް މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ. ފުލުހުން ވިދާޅުވީ، ވ. ފޮއްތެޔޮ ބޮޑުފުށިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ބިދޭސީއެއް ކަމަށް ބެލެވޭ އެމީހާގެ ހަށިގަނޑު ފެނުނީ އެ ރަށަށް ދަނޑިކަނޑަށް ގޮސް އުޅުނު ބަޔަކަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އެ މީހާގެ ހަށިގަނޑު މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އަދި އެމައްސަލަ ތަހުގީގު ކުރައްވަމުން ދާކަމަށް […]

ޔުމްނާ ޢަލީ
ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ހިޔާ ފްލެޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމާލައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމް ކޮށްފައިވާ 7000 ހައުސިން ޔުނިޓުތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ނިންމާލައިފިއެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެމްޑަބްލިއުއެސްސީއާ ހަވާލު ކުރި މި ޕްރޮޖެންޓު އެ ކުންފުނިން ނިންމާފައިވަނީ ތާވަލު ކުރި މުއްދަތަށް ވުރެ އަވަހަށެވެ. މި މަޝްރޫއުގެ ދަށުން އެމްޑަބްލިއުއެސްސީން ވަނީ 16 ޓަވަރަށް ފެނާއި ނަރުދަމާގެ ހިދުމަތް ދޭން ބޭނުންވާ 3.7 ކިލޯމީޓަރުގެ ފެނުގެ މައި […]

އަޙްމަދު ވަހީދު
އެންމެ ފަސް ދުވަހުން ގުރައިދޫގެ ކުނި ފުނިތައް ހުސްކޮށްލައިފި

އެންމެ ފަސް ދުވަހުން ގުރައިދޫގެ ކުނި ފުނިތައް ހުސްކޮށްލައިފި

އެންނެ ފަސް ދުވަހުގެ ތެރޭގައި ކ. ގުރައިދޫގައި ގިނަ ވެފައި ހުރި ކުނިތައް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ނަގައި ހުސްކޮށްލައިފިއެވެ. އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ މި ޕްރޮޖެކްޓުގެ ދަށުން ގުރައިދޫން 1200 ޓަނުގެ ކުނި ނަގާފައިވާ ކަމަށެވެ. އަދި މިއާއެކު މިހާރު އެ ރަށުގެ ކުނި ކޮށި ހުރިސަރަހައްދު އެއްކޮށް ސާފުކޮށްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ރައީސް އޮފީހުގެ އިސްނެންގެވުމުގެ މަތިން ފެށި ޕްރޮޖެކްޓުގެ ދަށުން ކުނި ނެގުމުގެ […]

އަޙްމަދު ވަހީދު