ރާއްޖޭގައި ކޯވިޑް-19 ބަލީގެ ހާލަތު ގޯސްވެފައިވާތީ ހުކުރު ހުތުބާ ކުރުކުރަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނ ކޯވިޑް 19 އާއި ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން 19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރިޔަށްވުރެ ކުރުވާނެ ކަމަށެވެ.
އެ މިނިސްޓްރީއިން މީގެ ކުރިން ވެސް ކޯވިޑްގެ ހާލަތު ގޯސްވި ފަހަރު ތަކުގައި ވަނީ ހުކުރު ހުތުބާ ކުރުކޮށްފަ އެވެ. އަދި މިސްކިތްތައް ވެސް ބަންދުކޮށްފައި ވެއެވެ.
19 ފެބްރުއަރީ 2021 ވާ ހުކުރު ދުވަހުން ފެށިގެން ރާއްޖޭގޭ ހުރިހާ ރަށެއްގައި ކިޔާ ހުކުރު ހުތުބާ ކުރުކުރަން އިސްލާމިކް މިނިސްޓްރީއިން ނިންމާފައިވާއިރު ދިވެހިރާއްޖޭގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަޅާ ފިޔަވަޅުތަކުގެ ދަށުން މާލެ ސަރަހައްދުގައި ހިންގާފައިވާ ކާފިއުގެ މުއްދަތު ރޭ ވަނީ އިތުރު ދެ ހަފްތާއަށް އިތުރުކޮށްފައެވެ.
ރާއްޖޭގައި ކޯވިޑް ހާލަތު ގޯސްވެ ރާއްޖެއިން މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ޢަދަދުވަނީ މިހާރު ވަނީ 18 ހާހުން މައްޗަށް އަރާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!