މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ގދ. އަތޮޅުން ފެށިގެން ސ. އައްޑޫ ސިޓީ އަށް (19:00 އިން 23:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ

އެންމެ ފަހުގެ ލިޔުންތައް

39,413 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1724 ވަނަ ޞަފްޙާ

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހުކޮށްފި

ޓޫރިޒަމް ރަންޔޫބީލްގެ ލޯގޯ އިފްތިތާހުކޮށްފި

ރާއްޖޭގެ ޓޫރިޒަމްގެ ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމަށް ބޭނުންކުރާނެ “ގޯލްޑަން ޖުބްލީ” ލޯގޯ މިއަދު އިފްތިތާހުކޮށްފި އެވެ. އަބްދުﷲ ނަޝާތާއި މުހައްމަދު އަޒްލީފް ފަރުމާކުރި މި ލޯގޯ އިން ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މުއްސަނދިކަން އަދިސަގާފަތާއި ތަރިކަ ރަމްޒުކޮށްދެ އެވެ. މި ރަސްމިއްޔާތުގައި ހެލްތް މިނިސްޓަރު އަހުމަދު ނަސީމާއި ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ގެ އިތުރުން ކްރައުން ކުންފުނިގެ ވެރިޔާ ހުސެން އަފީފް ބައިވެރިވެވަޑައިގަތް ނެވިއެވެ. އަދި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން...

ޖަލްވާން ޖާދުﷲ
ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސީއެސްސީ އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކޮށްފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފް ވާހަކަތައް ނުފެތުރުމަށް އެކޮމިޝަނުން އިލްތިމާސްކޮށްފި އެވެ. ދިޔަރެސް ނޫހުގައި 09 މާޗް 2021 ގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެކްޓިން ޕީ.އެސް ސާމީ އަޤީލްއާއި ގުޅުވައި، ސިވިލް ސާވިސް ކޮމިޝަންއާއި ގުޅޭގޮތުން ލިޔެފައިވާ ވާހަކަ ތަކާއިގުޅޭގޮތުން ސީއެސްސީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އެއީ ހަޤީޤަތާއި ޚިލާފް ވާހަކަތަކެއް ކަމުގައެވެ. ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ މި ޚަބަރުގައި ބުނެފައިވަނީ ސާމީއަށް ތުހުމަތު ކުރެވޭ ގިނ...

އިބްރާހިމް ޚަލީލް
ވައުދުތައް ފުއްދާނުދީ ވެރިކަމުގެ ވާހަކަ އަޅުގަނޑު ދައްކަން ހެޔޮނުވާނެ: ރައީސް

ވައުދުތައް ފުއްދާނުދީ ވެރިކަމުގެ ވާހަކަ އަޅުގަނޑު ދައްކަން ހެޔޮނުވާނެ: ރައީސް

ވެރިކަމަށް ވަޑައިގަންނަވަން ރައްޔިތުންނަށް ވެ ވަޑައިގެންނެވި ވައުދުތައް ފުއްދައި ނުދީ އެމަނިކުފާނު ވެރިކަމުގެ ވާހަކަ ދައްކަން ހެޔޮވެސް ނުވާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު އޮންލައިންކޮށް ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ. ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ، ވެރިކަމަށް އަންނަ ފުރަތަމަ ދުވަހު އަނެއް ދައުރުގައި ކުރިމަތިލާން ނިންމައިފިނަމަ ރަނގަޅަށް ރައްޔިތުންނަށް ޚިދުމަތް ނުކުރެއްވޭނެ ކަމަށެވެ...

އަލީ އާދިލް
ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވައިފި

ކޯލިޝަން ދެމިއޮންނާނެ ކަމަށް ރައީސް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރަށްވައިފި

ރާއްޖޭގައި ވެރިކަން ކުރަމުންއަންނަ ކޯލިޝަން 5 އަހަރުވަންދެން ދެމިއޮންނާނެ ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވާ ވިދާޅުވުން މިއަދު ތަކުރާރު ކުރައްވައިފިއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސް ވެރިންގެ ބައްދަލުވުމުގައެވެ. ކޯލިޝަން ރޫޅާލަން ހަމަޖެހިފައިވޭތޯ ނޫސްވެރިޔަކުކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ވިދާޅުވީ މިއީ ކޯލިޝަން ސަރުކާރެއް ކަމަށެވެ. މި ސަރުކަރު ވެރިކަމަށް އައީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ”އިރާދަކުރެއްވިއްޔާ މި ފަސް އަހަރު ކޯލ...

ޖަލްވާން ޖާދުﷲ
ޒަހާގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް

ޒަހާގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދުގެ އިތުބާރު މައްސަލައެއް ރައްޔިތުންގެ މަޖިލިސްއަށް ވައްދައިފިއެވެ. އެ މައްސަލަ މަޖިލީހަށް ހުށައަޅާފައިވަނީ، މަޖިލިސް ތަމްސީލް ކުރަށްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވެ ވަޑައިގަންނަވާ މެންބަރުންނެވެ. އެ މައްސަލާގައި އެގާރަ މެންބަރުން ސޮއިކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. އިދިކޮޅު ކޯލިޝަންގެ ޕިޖީގައި ހިމެނެނީ ޕީޕީއެމްގެ 6 މެންބަރަކާއި، ޕީއެންސީގެ 3 މެންބަރެކެވެ. އިތުރަށް އެ މައްސަލާގައި ސޮއި ކުރ...

އަލީ އާދިލް
އިކްރާމް އިސްތިއުފާ ދެއްވައިފި

އިކްރާމް އިސްތިއުފާ ދެއްވައިފި

މޯލްޑިވް ގޭސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަލީ އިކްރާމް އިސްތިއުފާ ދެއްވައިފި އެވެ. އެ ކުންފުނީގެ އެކްޓިންގ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދެވި އިކްރާމް އިސްތިއުފާ ދެއްވިއިރު، އޭނާގެ މައްޗަށް ވަނީ އެ ކުންފުނީގެ މުވައްޒަފެއްގެ މައްޗަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ މައްސަލައެއް ވެސް ފެންމަތި ވެފައެވެ. އެ ކަން އިކުރާމް ދޮގު ކުރަށްވާފައިވާއިރު، އެ މައްސަލަ ދަނީ އެ ކުންފުނިން ބަލަމުންނެވެ. މީގެއިތުރުން އޭނާގެ ޖިންސީ ފުރައްސާރައިގެ މައްސަލައިގެ އިތުރުން، […...

ޖަލްވާން ޖާދުﷲ
ރަޝިއާ އާއި ޗައިނާ ގުޅިގެން ސްޕޭސް ސްޓޭޝަނެއް ހަދަނީ

ރަޝިއާ އާއި ޗައިނާ ގުޅިގެން ސްޕޭސް ސްޓޭޝަނެއް ހަދަނީ

ރަޝިއާ އާއި ޗައިނާ ގުޅިގެން ލޫނާ ސްޕޭސް ސްޓޭޝަނެއް ހެދުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ރަޝިއާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެ ސްޕޭސް އޭޖެންސީގެ ހެޑް، ޑިމިޓްރީ ރޮގޯޒިންއެވެ. އަދި ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ އެ ގައުމުގެނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންގެ ޒަންގ ކޭޒިއަންއެވެ. މި ދެ ގައުމު ގުޅިގެން ސްޕޭސް ސްޓޭޝަނެއް ހަދަނީ އެމެރިކާގެ ސްޕޭސް ޕްރޮގްރާމާ ވާދަ ކުރުމަށެވެ. އެމެރިކާއިން ވަނީ ކައުނާ ބެހޭ ރިސާޗުތައް ހެދުމަށް މޮސްކޯއާ ގުޅިގެން […]

އަޙްމަދު ވަހީދު
ޕޯޓޯއިން ވަރުގަދަ ޔުވެންޓަސް ކަޓުވާލައިފި

ޕޯޓޯއިން ވަރުގަދަ ޔުވެންޓަސް ކަޓުވާލައިފި

ޔޫރަޕްގެ ކުލްބްތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފްވެރި ފުޓްބޯޅަ މުބާރާތް ކަމުގައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ކަޓުވާލުމަށް ފަހު ޕޯޗުގަލްގެ ޕޯޓޯ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ. ފުރަތަމަ ލެގުގެ މެޗު ޕޯޓޯގެ އަމިއްލަ ދަނޑުގައި ކުޅެފައިވާއިރު އެ ޓީމުން އެ މެޗު ކާމިޔާބު ކޮށްފައިވަނީ 2-1 ގެ ނަތީޖާއިންނެވެ. މި މުބާރާތުގައި މި ދެ ޓީމް ބައްދަލުކުރި ދެވަނަ ލެގުގެ މެޗް އަންގާރަ ދުވަހުގެ ރޭ ކުޅެފައިވަނީ […]

އިބްރާހިމް ޚަލީލް
އުރީދޫ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދޫއަށް

އުރީދޫ ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް މާއުނގޫދޫއަށް

އުރީދޫ މޯލްޑިވްސްގެ ސުޕަނެޓް ފައިބަރ ބްރޯޑްބޭންޑުގެ ހިދުމަތް ށ. މާއުނގޫދޫއަށް ތާއަފުކޮށްފިއެވެ. މިއާއެކު މިހާރު އެ ރަށަށް 100 އެމްބީޕީއެސްއާ ހަމައަށް ހަލުވި ސްޕީޑުގައި އިންޓަނެޓް ލިބޭނެކަމަށް އުރީދޫ އިން ބުންޏެވެ. ހައި ސްޕީޑުގެ އިތުރުން ބޮޑެތިއެލަވަންސްތައް ލިބޭ ޕެކޭޖްތައްވެސް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. މީގެ އިތުރުން މާއުނގޫދޫ އިން ސުޕަނެޓް ހިދުމަތް ހޯދާ ފުރަތަމަ 20 ކަސްޓަމަރުންނަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބޭނެއެވެ. އުރީދޫގެ އެކްޓިންގް ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒ...

އަޙްމަދު ވަހީދު
އެސްޑީއެފްސީން ދޫކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއެޑް އިތުރުކޮށްދީފި

އެސްޑީއެފްސީން ދޫކުރި ރިކަވަރީ ލޯނުތަކުގެ ގްރޭސް ޕީރިއެޑް އިތުރުކޮށްދީފި

އެސްޑީއެފްސީ މެދުވެރިކޮށް ސަރުކާރުން ތައާރަފު ކުރި ރިކަވަރީ ލޯނުގެ ގްރޭސް ޕީރިއެޑް ގެ މުއްދަތު ފިނޭންސް މިނިސްޓްރީން ހަ މަހަށް އިތުރުކޮށްދީފިއެވެ. މިއީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގުތިސާދަށް ކުރިމަތިވި ހީނަރުކަމުން އަރައިގަތުމަށް ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ދޫކުރަން ފެށި ލޯނެކެވެ. އެގޮތުންގިނަ އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ ވިޔަފާރިތަކަށް އެ ބޭންކުން ވަނީ ލޯނު ދޫކޮށްފައެވެ. ފިނޭންސް މިނިސްޓްރީ އިން ބުނީ މިހާތަނަށް ނަގާފައިވާ ލޯނުތަކުގެ ގްރޭސް ޕީރިއަޑް...

އަޙްމަދު ވަހީދު
ރާއްޖެއާއެކު ހެދި އެއްބަސްވުމަކާއެކު އިންޑިއާ ކުންފުންޏެއްގެ ހިއްސާގެ އަގު މައްޗަށް

ރާއްޖެއާއެކު ހެދި އެއްބަސްވުމަކާއެކު އިންޑިއާ ކުންފުންޏެއްގެ ހިއްސާގެ އަގު މައްޗަށް

ރާއްޖޭގެ ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު ހެދި އެއްބަސްވުމަކާ ގުޅިގެން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓުގެ ހިއްސާގެ އަގު 13 އިންސައްތަ އިތުރުވެއްޖެއެވެ. މިހާރު އެ ކުންފުނީގެ ހިއްސާއެއްގެ އަގު ވަނީ 88.80 ރުޕީސްއަށް އަރައިފައެވެ. ޖޭއެމްސީ އިން ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކު އެއްބަސްވެފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 2000 ސޯޝަލް ހައުސިންގެ ޕްރޮޖެކްޓެއް ހިންގުމަށެވެ. މިޕްރޮޖެކްޓަކީ 137 މިލިއަން ޑޮލަރު (ދެ ބިލިއަން) ރުފިޔާގެ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓަށް ބޭނުންވާ ފައިނޭންސިން ހޯދަން ނިންމާފައިވަނ...

އަޙްމަދު ވަހީދު
މޭގަން އާއި ހެރީ ކުރިމަތިލާން ޖެހުނު ކަންކަމާ ގުޅިގެން ދެރަވަން: ޝާހީ އާއިލާ

މޭގަން އާއި ހެރީ ކުރިމަތިލާން ޖެހުނު ކަންކަމާ ގުޅިގެން ދެރަވަން: ޝާހީ އާއިލާ

މިދިޔަ އަހަރު ޝާހީ އާއިލާއާ ވަކިވި ޕްރިންސް ހެރީއާ އޭނާ އަނބިކަނބަލުން މޭގަން ކުރިމަތިލާން ޖެހުނު ކަންތައްތަކާ ގުޅިގެން ދެރަވާ ކަމަށް ޝާހީ އާއިލާއިން ބުނެފިއެވެ. އިއްޔެ ބަކިންގްހަމް ޕެލެސް އިން ނެރުނު ބަޔާނެއްގައި ބުނީ މޭގަން އިންޓަވިއުގައި ފާހަގަކުރެއްވި ނަސްލީ ތަފާތު ކުރުމުގެ ވާހަކަތައް ބަލައި އެކަންކަން ހައްލު ކުރާނެކަމަށެވެ. އަދި ފާއިތުވި އަހަރުތަކުގައި އެ ދެމަފިރިން ތަހައްމަލު ކުރަން ޖެހުނު ކަންކަމާ ގުޅިގެން ދެރަވާ ކަމަށްވެސް ވަނީ ބުނެފައެވެ. “ނަސްލީ ތަފާތު ކުރުމާ ގުޅިގެން ދެއްކެވި […]

އަޙްމަދު ވަހީދު
"ވެކްސިން ޕާސްޕޯޓް" ތައާރަފްކުރުމަށް ޑަބްލިޔުއެޗްއޯ އަދި ތާއީދެއް ނުކުރޭ!

"ވެކްސިން ޕާސްޕޯޓް" ތައާރަފްކުރުމަށް ޑަބްލިޔުއެޗްއޯ އަދި ތާއީދެއް ނުކުރޭ!

ބައިނަލްއަގްވާމީ ދަތުރުފަތުރު ކުރުމަށް “ވެކްސިން ޕާސްޕޯޓެއް” ތައާރަފްކުރާ ހާލަތަށް އަދި ދުނިޔެ ނުދާކަމަށާއި، އެކަމާމެދު ފުންކޮށް ވިސްނަންޖެހޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)އިން ބުނާ ބުނުން ތަކުރާރުކޮށްފިއެވެ. އެ ޖަމިއްޔާއިން ހުސްވި ފެބްރުއަރީ މަހުގެ 25 ވަނަ ދުވަހު ވެސް މި މޭރުމުން ވާހަކަ ދައްކާފައިވާއިރު، މި މަހުގެ 8 ވަނަ ދުވަހުގެރޭ ވެސް މި ވަނީ މިވާހަކަ ތަކުރާރުކޮށްފަ އެވެ. މީގެއިތުރުން “ވެކްސިން ޕާސްޕޯޓް” ތައާރަފް ކުރުމާ ގުޅޭގޮތުން އެ ޖަމިއްޔާއިން މިއަހަރުގެ ޖެނުއަރީމަހު […...

ހުސައިން ހަބީބް
ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ދުވާފަރު ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ރ. ދުވާފަރު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަވާލު ކޮށްފައިވަނީ މޯލްޑީވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ ދަށުން 22.2 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން 423 މީޓަރުގެ ސަރަހައްދުގެ ބޮޑު ހިލއިގެ ރިވެޓްމަންޓް ޖެހުމާއި 70 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. […]

އަޙްމަދު ވަހީދު
ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ގުރުއަތު ލައިފި

ހދ. އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ހދ.އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން  ކުރިއަށް ގެންދިއުމަށް އިއުލާން ކޮށްފައިވާ ވޮލީ މުބާރާތުގެ ގުތުއަތުލުން ބާއްވައިފިއެވެ. މި މުބާރާތުގެ އަންހެން އަދި ފިރިހެން ކެޓަގަރީގެ ގުރުއަތުލުން 09 މާޗް 2021 ގައި ބާއްވާފައިވާއިރު މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 12 މާޗް 2021 ވާ ހުކުރު ދުވަހުއެވެ. މާޗް މަހުގެ 12 އިން 28 އަށް ނޮޅިވަރަންފަރު ވޮލީކޯޓުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ […]

އިބްރާހިމް ޚަލީލް
ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކޮށް، ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި

ބޮޑު ތިލަދުންމަތީގެ އަތޮޅުތަކަށް މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ށ. އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައި ވަނީ، ހއ. އަތޮޅުން ށ. އަތޮޅަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައި ވަނީ މިއަދު ހަވީރު 18:30 އިން ފެށިގެން މިރޭގެ 22:00 އާ ހަމައަށެވެ. ރާއްޖޭގެ މޫސުން ކުރިއަށް ލަފާކޮށް […]

ޖަލްވާން ޖާދުﷲ
މާލޭގެ ހަލަބޮލި މާހައުލުގައި ދިރިއުޅެނީ ކީއްވެ؟

މާލޭގެ ހަލަބޮލި މާހައުލުގައި ދިރިއުޅެނީ ކީއްވެ؟

ކޮވިޑް-19ގެ ރާޅު މާލެތެރެއަށް ބީއްސާލީންސުރެ ބައްޔާއެކު ފެތުރެމުން ދިޔަ އެއް ވާހަކައަކީ ބަލިމަޑުކަމުގެ ރާޅުގެ އަސަރު ފިލަންދެން ތޮއްޖެހިފައިވާ މާލޭގެ ގެތަކުގައި ކެތްނުވާނެ ވާހަކައެވެ. ވައި ދައުރުނުވާ ގޮތަށް ވަށައިގެން ބަންދުވެއިވާ “ކޮށި”ތަކަށް އިރުގެ އަލިކަންވެސް ނުލިބޭ ވާހަކައެވެ. މާލެ ބަންދު ކޮށްފިނަމަ އާމްދަނީ ހޯދަން އޮތް މަގުވެސް ބަންދުވާނެ ވާހަކައެވެ. ދެން އިވިގެންދިއައީ “ރާއްޖެތެރޭގެ” ރައްޔިތުން މޭލެ ދޫކޮށް އެބައެއްގެ ރަށަށް ދިރިއުޅުން ބަދުލުކުރަން އަޑުގަދަ ފަރާތަކުން ގޮވާލި އެޑެއެވެ. މިއީ...

ފާޠިމަތު ޝިފާ
ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ހޯދުމަށް ފެނަކައިން ގޮވާލައިފި

ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ހޯދުމަށް ފެނަކައިން ގޮވާލައިފި

ނޫސްތަކުން މައުލޫމާތު ފޯރުކޮށްދޭއިރު ކަމުގެ ހަގީގަތް ސާފުވާނެހެން ލިޔުމަށް ފެނަކަ ކޯޕަރޭޝަނުން ގޮވާލައިފިއެވެ. އެ ކުންފުނިން މިހެން އެދުނީ “މިހާރު” ނޫހުގައި “ދެ ކުންފުންޏެއްގެ ކޮރަޕްޝަން ޙާލަތު: ޒީރޯ ޓޮލަރެންސް ކޮބާ؟” މި ސުރުހީގެ ދަށުން ލިޔެފައިވާ ހަބަރުގައި އެކުންފުންޏާ ގުޅޭގޮތުން ހަގީގަތް އޮޅޭގޮތަށް ލިޔެފައި އޮތުމާ ގުޅިގެންނެވެ. އެ ލިޔުމުގައި އެންޓި ކޮރަޕްޝަން ކޮމިޝަނާ ހަވާލާ ދީ ބުނެފައިވާގޮތުގައި ފެނަކައާ ގުޅޭ ގޮތުން ހުށަހެޅޭ ގިނަ މައްސަލަތަކުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެވުނީކޮރަޕްޝަން...

އަޙްމަދު ވަހީދު