ބާރަށް ގުގުރާނެކަމަށް ލަފާކޮށް ބޮޑު ތިލަދުންމައްޗަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފައި ވަނީ ހއ އަތޮޅުން ފެށިގެން ނ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. އެލާޓް ނެރެފައި ވަނީ މިއަދު 10:10 އިން މެންދުރު 14:00 އާއި ހަމައަށެވެ.
މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދިވެހިރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރާގޮތައްބަލާއިރު ދެކުނުގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ އެވެ. މީގެތެރެއިން ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މެޓް އޮފީހުން މަޢުލޫމާތުދޭގޮތުގައި މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކުގެ މަދު ރަށްތަކަށް ގުގުރުމާއިއެކު ކެރީގެ އަސަރު ފޯރިނަމަވެސް މޫސުން އާންމު ގޮތެއްގައި ރަނގަޅު ވާނެ އެވެ.
ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށާއި ވިލާގަނޑުގައި ގަނޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވުން އެކަށީގެން ވާކަމަށް އެއިދާރާއިން މަޢުލޫމާތުދެއެވެ.
Alert White for significant thunderstorms expected. pic.twitter.com/OxBAtUbCUU
— Maldives Meteorology (@MetMaldives) March 20, 2021
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ އެވެ. ރާޅުގެ އުސްމިން ހުންނާނެކަމަށް ލަފާކުރަނީ 1 - 4 ފޫޓް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!