"ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން" އަކީ، ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫން: ސީއެސްސީ
“ދިވެހި ސިވިލް ސަރވަންޓްސް އެސޯސިއޭޝަން” ގެ ނަމުގައި މީސްމީޑިއާގައި މިހާރު ޙަރަކާތްތެރިވާ ފަރާތަކީ، ގަވާއިދުން ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާއެއް ނޫންކަމަށް ސިވިލް ސަރވިސް ކޮމިޝަން (ސީއެސްސީ) އިން ބުނެފި އެވެ. ސިވިލް ސަރވިސް މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާ ގުޅުވައިގެން ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ފާޅުކުރަމުންދާ ޝުޢޫރުތަކާއި، މި ކަމާ ގުޅިގެން އިހުތިޖާޖުކުރުމުގެ ގޮތުން ބައެއް މުވައްޒަފުން މަސައްކަތް ހުއްޓާލައި، ސޯޝަލް މީޑިއާގައި ހާމަކުރަމުންދާ ޕޯސްޓްތަކާ ގުޅޭގޮތުން ސީއެސ...