ކޯވިޑް-19ގެ ހާއްސަ ހާލަތާއި ގުޅިގެން ށ. މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް، އެރަށުން ނަގަމުންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބެންދެން ދެމިއޮންނާނެ ކަމަށް މިލަންދޫ ކައުންސިލުން ބުނެފިއެވެ.

މިލަންދޫ ކައުންސިލުން ބުނީ ކޯވިޑްގެ ހާއްސަ ހާލަތާއި، ގުޅިގެން މިލަންދޫގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް މިހާރު ނަގަމުން ގެންދާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާ ލިބުމާހަމައަށް ދެމިގެންދާނެ ކަމަށާއި، އެކަމަށް ރައްޔިތުން ސަމާލުވުމަށް އެދޭ ކަމަށެވެ.

Ad
rt

ރެންޑަމް ސާމްޕަލްގެ ނަތީޖާ އަށްފަހު ރައްޔިތުން އަމަލު ކުރަމުން ގެންދާނެ އުޞޫލް ޢާއްމުކޮށް އިޢުލާން ކުރާނެ ކަމަށް ވެސް މިލަންދޫ ކައުންސިލުން ވަނީ ބުނެފައެވެ.

މިފަދަ ދަނޑިވަޅުތަކުގައި ރައްޔިތުންދޭ އެއްބާރުލުމާއި، ރައްޔިތުންގެ ކެތްތެރިކަން މިލަންދޫ ކައުންސިލުން ވަނީ ފާހަގަކޮށްފައެެވެ.

ކޯވިޑާއި ގުޅިގެން އަދިވެސް އެރަށް މޮނިޓަރިން ހާލަތުގައި އޮތްއިރު އެ ހާލަތުން ވީއްލުމަށްޓަކައި ރަށުގައި ބަލި ފެތުރިފައިވާ މިންވަރު ވަޒަން ކުރުމަށް އިއްޔެއާއި، މިއަދާއި އަދި މާދަމާ ވެސް އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

ކޯވިޑް-19 ގެ ހާލަތު ދެނެގަތުމުގެ ގޮތުން، ކޯވިޑަށް ޓެސްޓް ކުރުމުގެ ޑޯޓްޑޯ ހަރަކާތެއް ވެސް އެރަށުގައި މިމަހު ކުރީކޮޅު ވަނީ ފަށާފައެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން މިލަންދޫ މޮނިޓަރިންނަށް ލާފައި ވަނީ 27 އޯގަސްޓް 2021 ގައެވެ. އެއީ 26 އޯގަސްޓް 2021 ގައި އެ ރަށު ފުލޫ ކުލިނިކަށް ދެއްކި ހަތަރު ފަރާތެއް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.

އެރަށު ސިއްހީ މަރުކަޒުން އެންމެ ފަހުން ހާމަކުރެއްވި މައުލޫމާތަށް ބަލާއިރު ސެޕްޓެމްބަރު 6ގެ ނިޔަލަށް އެރަށުގައި ތިބި އެކްޓިވް ކޭސްތަކުގެ އަދަދަކީ 75 އެވެ.