10 ގައުމެއްގެ ފަތުރުވެރިންނަށް ކަރަންޓީނު ވާންނުޖެހި ނޮވެމްބަރުން ފެށިގެން ތައިލެންޑަށް އެތެރެވެވޭނެ
ކޯވިޑް-19 ކޮންޓްރޯލް ކުރެވިފައިވާ 10 ގައުމެއްގެ، ވެކްސިން ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ތައިލެންޑް ހުޅުވާލަން ނިންމައިފިއެވެ. މިގޮތުން އެ ގައުމުތަކުގެ ފަތުރުވެރިން ތައިލެންޑްއަށް އެތެރެވުމުގެ ކުރިން ސީޕީއާރް ޓެސްޓް ހަދައި، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވާންޖެހޭނެކަަމަށް އެ ގައުމުން ބުނެފަވެއެވެ. އަދި އެ ފަތުރުވެރިން ތައިލެންޑަށް އެތެރެވުމަށްފަހު ވެސް ޕީ.ސީ.އާރް ޓެސްޓް ހަދަންޖެހޭއިރު، އެ ޓެސްޓްގެ ނަތީޖާ ނެގެޓިވް ވެއްޖެނަމަ ތައިލެންޑްގައި ކަރަންޓީން ނުވެ އުޅެވ...