ޖަލަށް އެތެރެކުރުމަށް ތައްޔާރުކޮށްފައިހުރިކަމަށް ބެލެވޭ ތަކެއްޗާއެކު ހަ މީހަކު ހުޅުމާލެއިން ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް ދެއަކުން މިއަދު ހެނދުނު ކަމަށެވެ. ފުރަތަމަ ފުލުހުން ހައްޔަރުކުރީ ތިޖޫރީއެއް ހިފައިގެން އުޅުނު ދެ މީހަކުކަމަށެވެ. އެގޮތުން، ތިޖޫރީއެއް ހިފައިގެން ފޭސް ދޭއްގެ ޓަވަރަކަށް އެރި ދެ މީހުންނަށް ފުލުހުން ފެނުމުން ތިޖޫރީ އެއްލާލައި އެ މީހުންވަނީ ފިލަން މަސައްކަތްކޮށްފައިކަމަށާއި ފުލުހުން އެ ދެ މީހުން ހުއްޓުވައި އެ މީހުން ގެންގުޅ...
އަލީ އާދިލް
ށ. ފުނަދޫގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލާއި، އެ އަތޮޅު ކޮމަންޑޫ ސިއްޚީ މަރުކަޒު ގުޅިގެން ކޮމަންޑޫގައި އައުޓްރީޗް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކޮމަންޑޫ ސިއްޚީ މަރުކަޒުން މައުލޫމާތު ދީފައިވާ ގޮތުގައި މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ބުދަ ދުވަހުއެވެ. އެގޮތުން ކޮމަންޑޫ ސިއްޚީ މަރުކަޒުން މިމަހުގެ 25 ވަނަ ދުވަހު ވަނީ މި ޕްރޮގްރާމްގެ ދަށުން ޑޮކްޓަރަށް ދައްކަވަން ބޭނުން ފުޅުވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތުވެސް ހުޅުވާލަފައެވެ. ކޮންމެ ޑޮކްޓަރަކަށް ދެއްކުމަށް އެންމެ ގިނ...
އައިޝަތު ނަސާޔާ
ވޯޓު ދޭނެ ގޮތެއް ނުނިންމާ ތިބި ކޮމަންޑޫ ދާއިރާގެ ރައްޔިތުން ވެސް، ކޮމަންޑޫ ދާއިރާ ބަހުސްއަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރާ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ގާނޫނީ ވަކީލު މޫސާ ފަތުހީ އާދަމްއަކީ އެންމެ ގާބިލު ކެންޑިޑޭޓްކަމަށް ނިންމައިފިކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލިދު ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އިންތިޒާމްކޮށްގެން ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓ...
ޔުމްނާ ޢަލީ
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީީޕީ) ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް މުޙައްމަދު ރާޝިދު (ރާޑޯ)ގެ ކެމްޕޭން ބާރަށް ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކުރިއަށްދާއިރު، މާލެ ސަރަހައްދުގައި ދިރިއުޅޭ އެ ދާއިރާގެ ރައްޔިތުންނަށް އަމާޒުކޮށްގެން ގިނަ ކެމްޕޭން ހަރަކާތްތަކެއް ހިންގަމުން އެބަދެއެވެ. މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮމަންޑޫ ރައްޔިތުންނާ ގާތަށް، ދޮރުން ދޮރަށް ހިންގުމުގެ ހަރަކާތެއް ރާޝިދު ކުރިއަށް ގެންދަވާފައިވާއިރު، އިތުރު އެކި ކެމްޕޭން ހަރަކާތްތަށް...
އަލީ އާދިލް
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ޓިކެޓްގައި ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓް އަބުދުލް ޙަންނާނު އިދުރީސްގެ ކެމްޕޭން ހިނގާލުމެއް މިއަދު ހަވީރު ހުޅުމާލެ ހިޔާ ފްލެޓް ސަރަހައްދުގައި ކުރިއަށް ގެންދަން ނިންމައިފިއެވެ. އެމްއެންޕީން ބުނީ އެ ހިނގާލުން ފެށޭނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ހިޔާ ފްލެޓް ސަރަހައްދު، އެޗް12 ކައިރި ބަސް ސްޓޮޕް ކުރިމަތިން ކަމަށެވެ. މި ހަރަކާތުގައި ބައިވެރިވުމަށް ހަންނާނަށް ތާއީދުކުރާ އެންމެހާ ފަރާތްތަކަށް އެމްއެންޕީގެ ފަރާތުން ވަނީ ދައުވ...
ޝިއުނާ އާދަމް
ށ. ކަނޑިތީމު ފެނަކަ ބްރާންޗްގެ އައު އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން އެ ކުންފުނިން 27 ޖަނަވަރީ 2022 ގައި ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ އެ ކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ށ.ކަނޑިތީމު އައު އޮފީސް އިމާރާތްކުރުމުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ. މި ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ […]
އިބްރާހިމް ޚަލީލް
ހއ. މޮޅަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއިން މިދިޔަ 2021 ވަނަ އަހަރު ހިންގާފައިވާ ގިނަ ހަރާކާތްތައް ކާމިޔާބު ކަމަށް އެ ކޮމެޓީން އާންމުކުރި “ފާއިތުވެ ދިޔަ އަހަރަށް ކަނޑައެޅުނު ލަނޑުދަނޑިތަކުގެ ތެރެއިން ހާސިލް ކުރެވުނު މިންވަރާގުޅޭ ރިޕޯޓް 2021” ގައި ބުނެފިއެވެ. އެގޮތުން އެރިޕޯޓްގައި އެކޮމިޓީއިން ވަނީ ފާއިތުވެދިޔަ އަހަރުގެ އެކޮމީޓީއިން ކުރިއަށް ގެންގޮސްފައިވާ 5 ހަރަކާތުގެ ތެރެއިން 3 ހަރަކާތަކުން 100 ޕަސެންޓް ކާމިޔާބު ކަމާއިއެކު ލަނޑުދަނޑި ހާސިލްވެފައިވާ ކަން ފާހަގަކޮށްފައެވެ. އެ ހ...
އައިޝަތު ނަސާޔާ
ހދ. ހިރިމަރަދޫ ގޮނޑުދޮށުގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑުގައި އެއްވެސް ޒަހަމެއް ފެންނަން ނެތްކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ. ފުލުހުން ބުނީ ހިރިމަރަދޫ ގައި މީހަކު މަރުވެފަ އޮއްވާ ފެނިފައިވާކަމުގެ މައުލޫމަތު އިއްޔެގެ 13:30 އެހާކަންހާއިރު ފުލުހުންނަ ލިބިފައިވާކަމަށެވެ. މަރުވެފަ އޮއްވާ ފެނިފައިވަނީ 71 އަހަރުގެ އަންހެނެކެވެ. އެމީހާ ފެނިފައިވަނީ ހިރިމަރަދޫ އަތިރިމަތިން ރާޅު ޖަހާ ހިސާބު މޫދުގައި އޮއްވާކަމަށާއި މިހާތަނަށް ބެލިބެލުމުން ހަށިގަންޑުގައި އެއްވެސް ޒަހަމެއް ފެންނާކަށް ނެތްކަމަށް...
އިބްރާހިމް އަސްވާޤް
ހއ. އިހަވަންދޫގައި އެއްގަމު ލައިސަންސް ނެގުމަށް ޓްރެކެއް ހަދާދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ. މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން އެފަރާތްތަކުން މިފެށޭ ފެބުރުއަރީ މަހުގެ 06 ވަނަ ދުވަހުގެ 13:15 އަށް އެއިދާރާއަށް ދުރުވެ މައުލޫމާތު ސާފުކުރެއްވުމަށް ފަހު ފެބުރުއަރީ 14 ވަނަ ދުވަހުގެ 13:15 އަށް އަންދާސީ ހިސާބު ހުށައެޅުމަށް އެކަ...
އައިޝަތު ނަސާޔާ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފެލްޓްތަކަށް، ވަކި ގޮތެއް އަންގަންދެން ބިލް ނުކުރާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ. ވެމްކޯއިން މީގެ ކުރިން ވަނީ ހިޔާގެ އެޕާޓްމަންޓްތަކުގައި އުފެދޭ ކުނި އުކާލުމަށް އެދި ރަޖިސްޓްރީ ކުރުމަށް ވެމްކޯގެ ‘ހައުސްހޯލްޑް’ ކަލެކްޝަން ހިދުމަތުގެ ފޯމުގައި ބިލް ކުރަން ފަށަން ނިންމައިފައެވެ. ނަމަވެސް އެކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުން މިހާރު ބަދަލު ކޮށްފައިވާ ކަމަށެވެ. ވެމްކޯއިން ބުނިގޮތުގައި އެކުންފުނީ...
އަޙްމަދު ވަހީދު
ރާއްޖޭގައި ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ގޮތުން “ސަވާދީއްތަ ދަތުރު”ގެ ނަމުގައި މޯލްޑިވްސް އިންޓެގްރޭޝަން ރޫރިޒަމް ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ކުރިއަށް ގެންދާ ބައިނަލްއަގުވާމީ ޔޮޓު ރެލީގައި، ހއ. ހޯރަފުށީގައި ޔޮޓްތައް ބަނދަރުކުރުމުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ވޯޓަރ ސްޕޯޓްސް ޚިދުމަތްތައް ދޭނެ ފަރާތެއް ހޯދުމަށް ހއ. ހޯރަފުށި ކައުންސިލުން އިއުލާން ކޮށްފިއެވެ. ހޯރަފުށި ކައުންސިލުން ނެރެފައިވާ އިއުލާނުގައި ބުނެފައިވަނީ ސަވާދިއްތަ ދަތުރުގެ ފެށުމުގެ ރަސްމިއްޔާތުގެ ހޯރަފުށީގައި ބ...
އައިޝަތު ނަސާޔާ
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ޙިމާޔަތްކުރާ ކައުންސިލް އިންތިޚާބުގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސް އިން ހުޅުވާލައިފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާނޫނުގެ ދަށުން ބޭއް މި އިންތިޚާބަށް 4 ދާއިރަކުން މެމްބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން މިކަމަށް ކުރި ޢިއުލާންގައި ބުނެފަވެއެވެ. އެދާއިރާތަކަކީ: ނުކުޅެދުންތެރިކަ...
އައިޝަތު ނަސާޔާ
ށ. ގޮއިދޫ ފުޓްސެލް ދަނޑު މަރާމަތުކޮށް އޭ ކެޓަގަރީގެ ދަނޑެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ އިއްޔެ ވެވުނު މިއެއްބަސްވުމުގައި ކައުންސިލާއި އެކު ސޮއި ކޮށްފައިވަނީ މޯލްޑިވްސް އެޝުއަރ ސަޕްލައި ކޮމްޕެނީ ކަމަށެވެ. މި އެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކޮށްފައިވަނީ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދުއެވެ. އަދި އެކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރ...
އައިޝަތު ނަސާޔާ
އެސްޓީއޯއަށް މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ. މިއީ 2020 ވަނަ އަހަރާ އަޅާ ބަލާއިރު 41 އިންސައްތައިގެ ކުރިއެރުމެކެވެ. މިދިޔަ އަހަރު ކުއާޓަރަކަށްފަހު ކުއާޓަރެއް އާމްދަނީ ވަނީ އިތުރުވެފައެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓާގެ ރިޕޯޓު ދައްކާ ގޮތުން އަހަރު ނިމުނު އިރު ތެލުގެ އާމްދަނީގެ ގޮތުގައި ހަތް ބިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ. އަދި އެހެނިހެން ވިޔަފާރިތަކިން ތިން ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެސްޓީއޯއިން ބުނި […]
އަޙްމަދު ވަހީދު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފަރާތުން ހިންގާ “އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑް” ގެ ދަށުން ހަނިމާދޫ ސްކޫލް ލައިބްރަރީ އިތުރަށް ތަރައްޤީ ކުރުމަށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން ކާމިޔާބު ކޮށްފައިވާ ޕްރޮޖެކްޓްގެ ދަށުން އެ ލައިބްރަރީއަށް ފޮތް އިތުރު ކުރުމަށްޓަކައި ފޮތް ހަދިޔާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލައިފިއެވެ. ފޮތް ހަދިޔާ ކުރުމުގައި އަދަބިއްޔާތާއި ގުޅުންހުރި ފޮތާއި، ކުޑަކުދިންގެ ވާހަކަ ފޮތާއި، ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންގެ ދިވެހި އަދި އިނގިރޭސި ވާހަކަ ފޮތުގެ...
އިބްރާހިމް ޚަލީލް
ފ.މަގޫދޫ ބިންހިއްކުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މަގޫދޫގައި އެޅުމަށް ހަމަޖެހިފައިވާ އެއާޕޯޓް އަޅާ ބިން ހިމެނޭ ގޮތަށް، މި މަޝްރޫޢުގެ ދަށުން 47.8 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 3339 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ގްރޮއިން ޖެހުމުގެ މަސައްކަތް ވެސް ހިމެނެއެވެ. މިއީ 206.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނީ މިހާރުވެސް ރާއްޖޭގެ އެކި ރަށްތަކުގ...
އަޙްމަދު ވަހީދު
ޤަވާއިދުން ނުނެރޭ ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތަކެއް އުވާލުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން ނިންމައިފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ނޫސްމަޖައްލާ ފަދަ ތަކެތި ޝާއިޢުކުރުމާއި ބެހޭ ގަވާއިދުގައިވާ ގޮތަށް ނޫސް، މަޖައްލާ އަދި އޮންލައިން ނޫސްތައް ނުނެރޭނަމަ 28 ފެބްރުއަރީ 2022 ން ފެށިގެން އެނޫސްމަޖައްލާތައް ދަފްތަރުން އުނިކޮށް އުވާލާނެ ކަމަށެވެ. އެގޮތުން އެއިއުލާނުގައި މިފަދަ ނޫސްތަކުގެ ލިސްޓްވެސް ވަނީ އާއްމު ކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ: ރޯޅި...
އައިޝަތު ނަސާޔާ
ހއ. މޮޅަދޫ ބަނދަރު ސަރަހައްދު ހިލޭ ސާބަަހަށް ޑިޒައިން ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މޮޅަދޫ ކައުންސިލުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އަންނަ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި އެމުއްދަތުގެ ތެރޭގައި އެފަރާތްތަކުން ތައްޔާރުކޮށްފައިވާ ކޮންސެޕްޓް މޮޅަދޫ ކައުންސިލް އިދާރާއަަށް ހުށައަަޅަން ޖެހޭނެއެވެ. މީގެ އިތުރުން މިމަސައްކަތާއި ގުޅޭ ގޮތުން އިތުރ...
އައިޝަތު ނަސާޔާ