ށ. ފޭދޫ ފުޓުބޯޅަދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން އިއުލާން ކޮށްފިއެވެ. އެމިނިސްޓްރީއިން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިހާރު އެފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން މިމަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކުން މިފެބުރުއަރީ މަހުގެ 21 ވަނަ ދުވަހު 12:30 އަށް ވެލާނާގެ 3 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައަޅަނ...
އައިޝަތު ނަސާޔާ
2023 ވަނަ އަހަރު އޮންނަ ރާއްޖޭގެ ރިޔާސީ އިންތިޚާބަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތައްޔާރުވުމަށް، އެ ޕާޓީގެ މެނިފެސްޓޯ އެކުލަވާލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ދަތުރުތައް ފަށަން ނިންމާފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ. އެމްއެންޕީން މިއަދު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ރައީސް، ކުރީގެ ޑިފެންސް މިނިސްޓަރު އަދި މިހާރުގެ ދަނގެތީ ދާއިރާގެ މެންބަރު މުޙައްމަދު ނާޒިމް ވިދާޅުވީ، އެ ޕާޓީގައި މިހާރު ތިބި މެންބަރުންނަށްވުރެ އިތުރު މެމްބަރުން ހޯދުމުގެ މަސައްކަތް ކުރިއަށް...
އަލީ އާދިލް
އޮމިކްރޯން ވޭރިއަންޓްގެ އާ ވާޝަން، ގައިން ގަޔަށް ފެތުރުމުގެ ޗާންސް ބޮޑުކަމަށާއި އޮމިކްރޯން ޖެހިފައިވާ މީހުންނަށްވެސް އާ ވާޝަން ޖެހިދާނެކަަމަށް ސައިންސްވެރިންނާއި ހަވާލާދީ ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ ޑަބްލިޔު.އެޗް.އޯ އިން ހާމަކޮށްފިއެވެ. ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އޮމިކްރޯން ވޭރިއަންޓްގެ އަލަށް ފެނިފައިވާ ވާޝަން ހަލުވިކަމާއި އެކު މުޅި ދުނިޔެއަށް ފެތުރެން ފަށާފައިވާކަމަށާއި މި ވާޝަން ގައިންގަޔަށް އަރާ މިންވަރު ހަލުވިކަންވެސް ވަނީ ފާހަގަކޮށްފައެވެ. އެ ޖަމިއްޔާއިން ނެރެފައ...
އަޒްފާ ރަޝީދު
ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށި ސިޓީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މިނިސްޓްރީ އޮފް ފިނޭންސް އިން ބިޑަށް ހުޅުވާލައިފި އެވެ. މިނިސްޓްރީ އޮފް ފިނޭންސް އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީގައި 400 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ. މިމަސައްކަ...
އަލީ އާދިލް
ށ. ކަނޑިތީމުގެ ތާރީޚާއި ސަގާފަތާއި ތަރިކަ ރައްކާކޮށް ދިރުވާ އާލާކުރުމަށް ކޮމިޓީއެއް އެކުލަވާލުމަށް އެރަށު ކައުންސިލުން ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ކަނޑިތީމު ކައުންސިލްގެ ރައީސް އަހްމަދު އަހްސަން ވިދާޅުވީ މިކޮމިޓީ އެކުލަވާލުމަށް ހަމަޖެހިފައިވަނީ 7 މެމްބަރުންނާއި އެކުގައި ކަމަށެވެ. މި ކޮމިޓީގެ މެމްބަރަކަށް ވުމަށް ޝައުގުވެރިލައްވާ ފަރާތްތަކަށް އެކައުންސިލްގެ ފަރާތުން ވަނީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން އެފަރާތްތަކުން https://forms.gle/ijVbYAEvekHzipAs8 މި ލިންކް މެދުވެރ...
އައިޝަތު ނަސާޔާ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ. ރައީސް އޮފީހުން ވިދާޅުވީ، ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ފުރާވަޑައިގަތީ އެ ގައުމަށް ކުރަށްވާ ނުރަސްމީ ދަތުރުފުޅެއްގައިކަމަށެވެ. ރައީސް ޞާލިޙްގެ ދެކަނބަލުން މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގައި ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވިއެވެ.
ޝިއުނާ އާދަމް
މާފުށީ ޖަލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ވުމުން އެތަން އާންމު ހާލަތަކަށް ގެނެސްފައިވާކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ. ކަރެކްޝަނަލް ސާވިސް އިން މިއަދު ވިދާޅުވީ، މާފުށީ ޖަލުން ކޯވިޑަށް ޕޮޒިޓިވްވި ހުރިހާ ގައިދީން ބަލިން ރަނގަޅު ވެފައިވާ ކަމަށެވެ. އެހެންކަމުން މާފުށީ ޖަލު މިހާރު އާންމު ހާލަތަށް ގެނެސްފައިވާ ކަމަށެވެ. ޖަލު އާންމު ހާލަތަށް ގެނެވުމާއެކު، ގައިދީންނާއި ބަންދު މީހުންނަށް އާއިލީ އަދި ވަކީލް ބައްދަލުވުންތަކާއި ކޯޓުގެ އަޑުއެހުންތައް ކުރިއަށް ގެންދާނީ އާ އަންމ...
ޔުމްނާ ޢަލީ
ހއ. ކެލާ ބަނދަރު ސަރަހައްދުގައި ލޯކަލް މާރުކޭޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އެރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް ކަމަށް މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި ފެބުރުއަރީ މަހުގެ 17 ވަނަ ދުވަހުގެ 13:00 އަށް އެއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފު ކުރުމަށް އެދޭކަމަށެވެ. މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މިމަހުގެ 28 ވަނަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު […...
އައިޝަތު ނަސާޔާ
އެސްޓީއޯއިން ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް ފަށާ ރަމަޒާން ބާޒާރު މިއަހަރުވެސް ފަށައިފިއެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ސޭލް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. ސޭލް ފެށުމުގެ ގޮތުން އަމްރު ވަނީ ކަރައެއް ފަޅުއްވާފައެވެ. އަންނަ އޭޕްރިލް މަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލް ކުރިއަށްދާނީ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯގެ ރީޖަނަލް ފިހާރަތަކުގައެވެ. އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ލިބެން ހުންނަ ތަކެތިން 40 އިންސައް...
އަޙްމަދު ވަހީދު
ށ. ފޭދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އާ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ނެރު ފުންކުރުމުގެ މަސައްކަތް ކަމަށެވެ. މި މަސައްކަތުގެ 66 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 27،500 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 276 މީޓަރުގެ އެއްގަމުތޮށި ލުމާއި، 378 މީޓަރުގެ ބޭރުތޮށި […]
އަޙްމަދު ވަހީދު
މާލޭ ކުޑަކުދިންގެ ބަގީޗާގައި ކުރިން އޮތް ކިނބޫ، ކުރީ ސަރުކާރު ދުވަސްވަރު ގެއްލުވާލާފައިވާ ކަމަށާއި، އަދިއަދަށް ދާންދެންވެސް އެ ކިނބުލަށް ހެދިގޮތެއް ނޭނގޭކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ. މެންބަރު ރާޢީ މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި އޭނާ ސްޕޮންސާކުރަށްވައި، ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ، ނެތިދިޔުމުގެ ބިރުހީވެފައިވާ ދިރޭ ތަކެތީގެ ބައިނަލްއަޤްވާމީ ވިޔަފާރިކުރުމުގެ ބިލުގެ އިބްތިދާއީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ....
އަލީ އާދިލް
އެވިޑް ކޮލެޖްގައި ރިސަރޗް ގްރާންޓް ސްކީމެއް ތަޢާރަފްކޮށް އެ ސްކީމް ރަސްމީކޮށް އިފްތިތާޙްކޮށްފިއެވެ. މިރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހެނދުނު އެވިޑް ކޮލެޖްގެ ޑައިމަންޑް ކެމްޕަހުގައެވެ. މިރަސްމިއްޔާތުގައި އެކޮލެޖްގެ ފެކަލްޓީ އޮފް ރިސަރޗް އެންޑް އިނޮވޭޝަންސްގެ ނަން “ސެންޓަރ ފޯރ ރިސަރޗް އެންޑް އިނޮވޭޝަންސް” އަށް ބަދަލުކުރައްވިކަން ޢިއްލާން ކުރެއްވި އެވެ. ރަސްމީގޮތުން ރިސަރޗް ގްރާންޓް ސްކީމް އިފްތިތާޙްކޮށްދެއްވީ އެވިޑް ކޮލެޖްގެ ޗެއަރމަން އަލްފާޟިލް ޢަބްދުﷲ މުސްތާޤް ރަޝާދެވެ. މިރަސްމިއްޔާތުގައި އެ...
އަލީ އާދިލް
ޤަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ 266 ދޫންޏެއް އިއްޔެ މަރާލާފައިވާ މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ. އިއްޔެ މަރާލާފައި ވަނީ ފުރަބިތު އެކުއޭރިއަމް އެންޑް ޕެޓްސްއިން އެތެރެކުރި ދޫނި ތަކެކެވެ. މިދޫނިތައް ރާއްޖެ އެތެރެކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެކުންފުނިން އެތެރެކޮށްފައިވަނީ 194 ޖާވާ ފިންޗް އަދި 72 ސޮސައިޓީ ފިންޗް އެވެ. އޭގެ ތެރެއިން 266 ދޫނި އިއްޔެ ނައްތާލާނެކަމަށް އިއްޔެ މެންދުރުފަހުމަސްވެރިކަމާއި ދަނޑުވެރިކަމާ...
އަލީ އާދިލް
އަވަށްޓެރި ސްރީލަންކާގައި މިމަހުގެ 5 ވަނަ ދުވަހުގެ ރޭ މަރުވެފައި އޮއްވައި ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓް މޯޓަމް ހަދައިފި އެވެ. ލަންކާގެ ވެއްލަވައްތަގެ ގޮނޑުދޮށުގައި ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ޒުވާނާއަކީ، ދ. މީދޫއަށް އުފަން އުމުރުން 24 އަހަރުގެ އަފްހާމް ނަސީރު އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ހަވީރު ވިދާޅުވީ، ލަންކާގައި މަރުވެފައިވާ އޮއްވާ ފެނުނު ދިވެހި ޒުވާނާގެ ޕޯސްޓްމޯޓަމް މިއަދު ހަދާފައިވާ ކަމަށެވެ. އަދި ދިވެހި ފުލުހުންގެ ފަރާތުން ލަންކާގައި ހަރަކާތްތެރިވާ […]
ޝިއުނާ އާދަމް
ރާއްޖޭގެ މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ ރަށު ޕިކަޕުގެ ހުރިހާ ސްޕެއަރ ޕާރޓްސްއެއް އެންމެ އިތުބާރާއި ޔަގީން ކަމާއި އެކު އެންމެ އަގުހެޔޮކޮން ލިބެން ހުރި ފިހާރަ އަކީ ބެސްޓް ބަޑީގެ ފިހާރަތަކެވެ. ރާއްޖެ އަށް އެންމެ ފުޅާ ދާއިރާއެއްގައި ރަށު ޕިކަޕް އެތެރެކުރާ ފަރާތްކަމުގައިވާ ބެސްޓް ބަޑީއިން އަންނަނީ ރަށު ޕިކަޕުގެ ޓެކްނިކަލް ސަޕޯޓުވެސް ފުޅާދާއިރާއެއްގައި ދެމުންނެވެ. އަދި އާފްޓަރސޭލްސް ސާރވިސް ވެސް އެފިހާރައިން އަންނަނީ ފޯރުކޮށްދެމުންނެވެ. ރަށުޕިކަޕަކީ ބޭނުން ބޮޑުވެފައި ގެންގުޅެން ކުޑަބަޖެޓަކުން...
އިބްރާހިމް އަސްވާޤް
ހއ. ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއިން އިންތިޒާމް ކޮށްގެން އެރަށުގައި ފަނުން ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމެއް ކުރިއަށް ގެންދިޔުމަށް ނިންމައިފިއެވެ. “ތިލަދުން” އަށް މައުލޫމާތު ދެއްވަމުން ދިއްދޫ އަންހެނުންގެ ކޮމިޓީގެ ރައީސާ އާމިނަތު ނަހުލާ ވިދާޅުވީ މިއީ ރަށުގެ އަންހެން ބޭފުޅުންނަށް ހާއްސަކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތެއް ކަމަށެވެ. 3 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 14 ދުވަހުގެ ނިޔަލ...
އައިޝަތު ނަސާޔާ
ލަވަކިޔުންތެރިޔާ ހައްވާ އަސްރާ އާއި އޭނާގެ ލޯބިވެރިޔާގެ ތިބި ކޮޓަރިއަކުން މަސްތުވާތަކެތި ފެނުނު މައްސަލާގައި އެ ދެ މީހުންނަށް ކުރި ދައުވާގައި އަސްރާގެ ބައި ދައުލަތުން އަނބުރާ ގެންގޮސް އަދި އޭނާގެ ލޯބިވެރިޔާ ހައި ކޯޓުން ވެސް ސަލާމަތްވެއްޖެ އެވެ. އޮގަސްޓް، 2016 ގައި އަސްރާ އާއި އޭނާގެ ލޯބިވެރިޔާ ގ. ޖޫތީގޭ، ހަސަން ނަޒީހް މާލޭގެ ގެއެއްގެ ކޮޓަރީގައި ތިއްބާ އެތަނަށް ފުލުހުން ވަދެ ފާސް ކުރިއިރު އެތަނުން 30 ގްރާމަށް ވުރެ ގިނަ މަސްތުވާތަކެއްޗާއި […]
ހުސައިން ހަބީބް
ހއ. ތަކަންދޫގެ އެކި ސަރަހައްދުތަކަށް ބައެއް ފަރާތްތަކުން ގަވާއިދާއި ޚިލާފަށް ކުނި އަޅަމުން ދާތީ އެކަން އެގޮތަށް ނުކުރުމަށް އެރަށު ކައުންސިލުން އެދިއްޖެއެވެ. އެރަށު ކައުންސިލުން އިއްޔެ ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލު ކުރުމަށް އެކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ރަށުގެ ބައެއް ސަރަހައްދު ތަކަށް އަޅާފައިވާ ކުނި ނަގާ ސާފުކޮށް އެސަރަހައްދުތަކަށް ކުނި ނޭޅުމަށް ބޯޑު ތަކެއް ވަނީ ޖަހާފައެވެ. އަދި ކުނިއެޅުމަށް ހާއްސަ ކޮށްފައިވާ ސަރަހައްދ...
އައިޝަތު ނަސާޔާ