މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,440 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1378 ވަނަ ޞަފްޙާ

މޭޑޭގެ ހިނގާލުން ފަށައިފި

މޭޑޭގެ ހިނގާލުން ފަށައިފި

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް (މޭޑޭ)ގެ ހިނގާލުމަށް ފުލުހުންގެ ޚިދުމަތުން ހުއްދަ ދިނުމާއެކު އެ ހިނގާލުން ފަށައިގެން ކުރިއަށް އެބަދެއެވެ. މި ހިނގާލުން ފަށާފައި ވަނީ މާލޭ ރަސްފަންނު ސަރަޙައްދުންނެވެ. އެ ހިނގާލުން އިންތިޒާމުކުރުމުގައި އިސްކޮށް މަސައްކަތްކުރާ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ރޭ ވަނީ އެ ޔޫނިއަނުން އިސްވެ ބާއްވަން އުޅުނު ހިނގާލުން ރާވާފައިވާ ގޮތައް ކުރިއަށް ގެންދަން ފުރުޞަޠު ދެވެން ނެތްކަމަށް ފުލުހުން އެ ޔޫނިއަންއަން އަންގާފައިވާ ކަން ހާމަކޮށްފައެވެ. މިއަދު ފުލުހ...

ޔުމްނާ ޢަލީ
ޢަބްދުލްޣަފޫރު އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް، ލަޠީފު ފޮރިން ސެކްރެޓެރީ ކަމަށް

ޢަބްދުލްޣަފޫރު އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް، ލަޠީފު ފޮރިން ސެކްރެޓެރީ ކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެމްބެސެޑަރ އެޓް ލާޖްގެ މަގާމަށް މއ. އަތަމާވިލާ، ޢަބްދުލްޣަފޫރު މުޙައްމަދު އަދި ފޮރިން ސެކްރެޓެރީގެ މަގާމަށް ހ. ސީވީޑް، އަޙްމަދު ލަޠީފު މިއަދު ހަމަޖައްސަވައިފިއެވެ ޢަބްދުލްޣަފޫރު މުޙައްމަދު އެ މަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓެރީގެ މަގާމުން ވަކިކުރެއްވުމަށްފަހުގައެވެ. އަދި އަޙްމަދު ލަޠީފު އެމަޤާމަށް ހަމަޖެއްސެވީ ކުރިން ހުންނެވި ޖަރުމަނުވިލާތަށް ދިވެހިރާއްޖެއިނ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

ކުޅުދުއްފުށީ ދަމު ހިނގާ ލަވައާއި އޭގެ މާނަ

މިއީ ކުޅުދުއްފުށްޓަށް ޚާއްޞަ ކުޅިވަރެކެވެ. އަމިއްލަވަންތަ ސަގާފަތަކާއި އާދަކާދައެކެވެ. ދިވެހިވަންތަ ރީތި ކުޅިވަރެކެވެ. ކުޅުދުއްފުށީގައި ދަމުހިނގުމުގެ ކުޅިވަރު ކުޅެމުން އައީ ބޮޑު ޢީދުގެ ފަހުރޭގައެވެ. ކުރީ ޒަމާނުގައި މި ކުޅިވަރު ކުޅެއުޅޭ ގޮތާއި މި ޒަމާނުގައި ކުޅޭ ގޮތުގައި ކުދިކުދި ތަފާތުތައް ހުއްޓަސް ދަމުހިނގުމުގެ އަސްލަކަށް ބަދަލެއް ނާދެއެވެ. ބަދަލު އައީ މި ކުޅިވަރުގައި ބޭނުންކުރާ މާލިތަކަށާއި އެ މާލިތަކުގެ ހަރަކާތްތަކަށެވެ. ކުޅުދުއްފުށީގެ މަސައްކަތްތެރިންގެ މަސައްކަތްތައް ދައްކައިދޭގޮތާއި ވައްޓަ...

ޢަބްދުﷲ ސަޢީދު
މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ މަސައްކަތްތެރި ދިވެހީންނަށް ދޭންވީ ވަގުތު: ލޭބަރ ޕާޓީ

މިއީ ދިވެހިރާއްޖޭގެ މުއްސަނދިކަމުގެ ފައިދާ ރާއްޖޭގެ ބުރަކޮށް މަސައްކަތްކުރާ ދިވެހީންނަށް ދޭންވީ ވަގުތުކަމަށް މޯލްޑިވްސް ލޭބަރ އެންޑް ސޯޝަލް ޑިމޮކްރެޓިކް ޕާޓީ (އެމްއެލްއެސްޑީޕީ) އިން ބުނެފިއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހާއި ގުޅިގެން އެ ޕާޓީން އާންމުކުރި ނޫސް ބަޔާނެއްގައި ބުނީ މަސައްކަތްތެރިންނަކީ ގައުމުގެ އިގުތިސާދު ކުރިއެރުވުމުގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ބައެއް ކަމަށެވެ. ނަމަވެސް ދިވެހިރާއްޖޭގެ ތަބައީ މުއްސަނދިކަމުން ލިބޭ މަންފާގެ ބޮޑުބައި ޒަމާނުއްސުރެން ނަގަމު...

އަލީ އާދިލް
"މިއީ އެކި ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރު އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް"

"މިއީ އެކި ދާއިރާތަކުގެ ފަންނުވެރިން ކުރާ މަސައްކަތާއި އެކަށޭނަ މިންވަރު އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް"

ޓީޗަރުންގެ މުސާރައަށް މިގެނައި ބަދަލަކީ ޤައުމުގެ ތަރައްޤީގައި ޙިއްޞާވާ، ތަފާތު ދާއިރާތަކުގެ ފަންނުވެރިން އެ ކުރައްވާ މަސައްކަތާ އެކަށޭނަ މިންވަރުގެ އުޖޫރައެއް ހޯދައިދިނުމުގެ ފެށުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނެވިކަން ޢިއުލާން ކުރެއްވުމަށް މިއަދު ދެއްވި ވީޑިއޯ މެސެޖެއްގައެވެ. ރައްޔިތުންގެ މަޖިލިސްއަށް އިއްވެވި މިއަހަރުގެ ރިޔާސީ ބަޔާނުގައި ރ...

ޙުސައިން ޝަހުދީ
ޅައިމަގު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ޅައިމަގު ބަނދަރުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން ދަނީ އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތާއި ކޮންކުރީޓް މަސައްކަތްތަކެވެ. އެއްގަމު ތޮށީގެ ބްލޮކް އިންސްޓޮލޭޝަން މަސައްކަތުގެ 59 އިންސައްތަ މިހާރު ފުރިހަމަ ކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 31،000 ކިއުބިކް މީޓަ...

އަޙްމަދު ވަހީދު
ޕިސްތާ މިލްކް ޝޭކު

ޕިސްތާ މިލްކް ޝޭކު

ބޭނުންވާ ތަކެތި 1 ޖޯޑު ޕިސްތާޝިއޯ 2 ޖޯޑު ކިރު 1/2 ސައިސަމްސާ ކާކުލަ ފެހި (ބޭނުން ނަމަ) 1 ސައިސަމްސާ ކޮފީ 1/2 1 ވެނީލާ އައިސްކްރީމް 2 ސަމްސާ ހަކުރު ތައްޔާރުކުރާނެގޮތް ބުލެންޑާޔަށް ކިރު، ހަކުރު، ކޮފީ، ޕިސްތާ އަޅާފައި ރަނގަޅަށް ގިރާލާށެވެ. ގިރުނީމާ އައިސްކްރީމް އަދި ކުލަ އަޅާލާފައައި އަނެއްކާވެސް ގިރާލާށެވެ. ވެނީލާ އައިސްކްރީމް ނުވަތަ ފުރުޓް އެންޑް ނަޓްސް އައިސް ކްރީމް ބޭނުން ކުރެވިދާނެ އެވެ. މިހާރު ހުންނަނީ ޕިސްތާޝިއޯ މިލްކް ޝޭކު ތައްޔާރު ވެފައެވެ.

ޝިއުނާ އާދަމް
ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފި

ރާއްޖޭގެ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުކޮށްފައިވާކަން، ރައީސުލްޖުމްޙޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މިއަދު އިއުލާނުކުރައްވައިފިއެވެ. އެކަން ޢިއުލާން ކުރެއްވުމަށް ޤައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ސަމާލުކަމެއް ދެނީ ވިސްނުން ތޫނު، އިލްމީ، ހެޔޮ ލަފާ ޖީލެއް ބިނާ ކުރުމަށް ކަމަށެވެ. މި ކަމުގައި ޓީޗަރުންނާއި އެ ދާއިރާގެ އެންމެހާ މުވައްޒަފުންގެ އަގު ސަރުކާރުން ވަޒަން ކުރާ ކަމަށް ރައީސް ވިދާޅުވ...

ތިލަދުން
"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"

"މަސައްކަތްތެރިންގެ ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށް ކުރަންޖެހޭ ކަންކަން ދަނީ ކުރަމުން"

މަސައްކަތްތެރިންގެ އެންމެހައި ޙައްޤުތައް ފުރިހަމައަށް ލިބިދިނުމަށްޓަކައި ކުރަންޖެހޭ ކަންކަން ސަރުކާރުން ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. މިއަދުގެ ޚިޠާބުގައި ރައީސް ވިދާޅުވީ، ޤައުމެއްގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީގެ މައި އިންޖީނަކީ، އެ ޤައުމެއްގެ ހީވާގި މަސައްކަތްތެރިންކަން ކަމަށެވެ. އަދި ދ...

ޝިއުނާ އާދަމް
ފުރަތަމަ ކުއާޓާގައި އެސްޓީއޯ ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް

ފުރަތަމަ ކުއާޓާގައި އެސްޓީއޯ ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް

މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެސްޓީއޯއަށް ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެއެވެ. އެ ކުންފުނިން ނެރުނު ކުއާޓާ ރިޕޯޓް ދައްކާ ގޮތުގައި އެ ކުންފުނީގެ އާމްދަނީ ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާ ބަލާއިރު 23 އިންސައްތަ އިތުރުވެފައެވެ. އެއީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އިތުރުވުމުން އައި ބަދަލެއް ކަމަށް ލަފާ ކުރެވެއެވެ. އެސްޓީއޯ އިން ބުނީ، ވިއްކި ތެލުގެ އަދަދު އިތުރުވުމުގެ އިތުރުން އެ […]

އަޙްމަދު ވަހީދު
ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި

ނެއްލައިދޫ ކައުންސިލް ޤުރުއާން މުބާރާތް ނިންމާލައިފި

ހދ. ނެއްލައިދޫ ކައުންސިލްގެ 5 ވަނަ ޤުރުއާން މުބާރާތް ކާމިޔާބު ކަމާއެކު ނިންމާލައި، މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ދިޔަ މަހުގެ 15 ވަނަ ދުވަހު ފެށި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ބާއްވައި، ވަނަވަނަ އަށް ހޮވުނު ބައިވެރިންނަށް އިނާމް ދީފައި ވަނީ އިއްޔެއެވެ. މި މުބާރާތުގައި މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ގޮފިން 1 ވަނަ ދެ ބައިވެރިއަކު ހާސިލް ކޮށްފައި ވެއެވެ. އެއީ ޢިޝާ އަޙްމަދު އަޝްރަފް އަދި ފާޠިމަތު ނައުޝީން އެވެ. […]

ޔުމްނާ ޢަލީ
މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނީ ކޮންޓްރޯލެއް ނެތި

މިއަދުން ފެށިގެން މިފްކޯއިން މަސް ގަންނާނީ ކޮންޓްރޯލެއް ނެތި

މިއަދުން ފެށިގެން ކޮންޓްރޯލެއް ނެތި މިފްކޯއަށް މަސް ކިރޭނެ ކަމަށް އެކުންފުނިން ބުނެފިއެވެ. މަސްވެރިކަން ރަނގަޅުވެ، މިފްކޯގެ ފްރީޒިން ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބޭތީ، މިދިޔަ މަހު އެކުންފުނިން ވަނީ މަސް ކިރުން ކޮންޓްރޯލް ކޮށްފައެވެ. އެގޮތުން ކޮންމެ ދޯންޏަކަށް ހަތް ޓަނު މަސް ކިރުވޭ ގޮތަށް ނިންމިއެވެ. މަސް ގަތުން ކޮންޓްރޯލް ކުރުމުން ދެކުނުގެ މަސްވެރިން ވަނީ އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާވެސް ކޮށްފައެވެ. އަދި މަސް ކިރުވަން ބައެއ ދޯނިތަކުން ހުޅުމާލެއަށްވެސް އައެވެ. […]

އަޙްމަދު ވަހީދު
އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް ހިންގާތީ ސަމާލުވާން އެދިއްޖެ

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ޕްރޮމޯޝަނެއް ހިންގާތީ ސަމާލުވާން އެދިއްޖެ

އެސްޓީއޯގެ ނަމުގައި އޮޅުވާލައިގެން ސޯޝަލް މީޑިއާގައި ޕްރޮމޯޝަނެއް ހިންގާތީ ސަމާލުވާން އެ ކުންފުނިން އެދިއްޖެއެވެ. އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެ ޕްރޮމޯޝަނަކީ ފައިސާގެ އިނާމު ލިބޭ ގޮތަށް ހިންގާ ޕްރޮމޯޝަނެއް ކަަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވުމަށާއި ފައިސާގެ އިނާމް ލިބޭ ފަދަ އެއްވެސް ޕްެރޮމޯޝަނެއް ހިންގާނީ އެ ކުންފުނީގެ އޮފިޝަލް ޕޭޖު މެދުވެރިކޮށް ކަމަށްވެސް އެސްޓީއޯއިން ބުންޏެވެ. މީގެ އިތުރުން އެސްޓީއޯ ޕްރޮމޯޝަންތަކުގައި ބައިވެރިވެގެން އިނާމް ލިބޭ ފަރާތްތަކަށް އެ ކުންފުނިން ގުޅާނީ ކޯ...

އަޙްމަދު ވަހީދު
ކިނޮޅަހުގެ ބަނދަރު ހަދަން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ކިނޮޅަހުގެ ބަނދަރު ހަދަން ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ރ. ކިނޮޅަހުގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް އެރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާރު ކުރަމުން އަންނަނީ ހާބަ ބޭސިން އިތުރަށް ފުންކުރުމުގެ މަސައްކަތް ކަމަށެވެ. ކިނޮޅަސް ނެރުމައްޗަށް ފަސް އަރައި، ބަނދަރުން އޮޑިދޯނިފަހަރު ނުކުތުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ އަ...

އަޙްމަދު ވަހީދު
މިއަދާއި މާދަމާ ވެމްކޯގެ ކޯލް ސެންޓަރު ބަންދުވާނެ

މިއަދާއި މާދަމާ ވެމްކޯގެ ކޯލް ސެންޓަރު ބަންދުވާނެ

މިއަދާއި މާދަމާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)ގެ ކޯލް ސެންޓަރު ބަންދުވާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ކޯލްސެންޓަރު މި ދެދުވަހު ބަންދު ކުރަން ނިންމީ އީދާ ގުޅިގެންނެވެ. ކޯލްސެންޓަރު ބަންދުވި ނަމަވެސް ކަސްޓަމަރުންނަށް މި ދެ ދުވަހު ވެސް ވެމްކޯއިން ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދޭނެއެވެ. އެ ކުންފުނިން ބުނީ ކުނި ނުނަގާ ހުރި ނަމަ ނުވަތަ އެ ނޫންވެސް މައުލޫމާތެއް ހިއްސާ ކުރަން ބޭނުންވާނަމަ އޮންލައިންކޮށް އެކަން ކުރެވޭނެ ކަމަށެވެ. WAMCO […]

އަޙްމަދު ވަހީދު
ރެއާލް މެޑްރިޑުން 35 ވަނަ ފަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ރެއާލް މެޑްރިޑުން 35 ވަނަ ފަރަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްފި

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ އެސްޕަނިޔޯލް އަތުން މޮޅުވެ، ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގެ ތަށި 35 ވަނަ ފަހަރު ކާމިޔާބު ކޮށްފިއެވެ. ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ސްޕެނިޝް ލީގު އެންމެ ގިނައިން ކާމިޔާބު ކޮށްފައި ވަނީ ވެސް ރެއާލް މެޑްރިޑެވެ. ރެއާލުން 35 ތަށި ކާމިޔާބު ކޮށްފައިވާއިރު، ދެން އެންމެ ގިނަ ލީގު ތަށި ކާމިޔާބު ކޮށްފައި […]

އިބްރާހިމް ޚަލީލް
މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

މިލަންދޫގައި އެމް.ވައި.އެމް އިން ބޭއްވި “ތުއްތުކުދިންގެ މަދަހަ ކިޔުން 1443” ނިންމާލައިފި

ށ. މިލަންދޫގެ ޖަމްޢިއްޔާއެއްކަމުގައިވާ މިލަންދޫ ޔޫތު މޫވްމަންޓުން ކުރިއަށްގެންދިޔަ އެމް.ވައި.އެމް ތުއްތުކުދިންގެ މަދަޙަ ކިޔުން 1443 ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ. މިހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އޭޕްރީލް 29 ، 30 މިދެދުވަހު ފަސް ސެޝަނަކަށް ބަހާލައިގެން ނެވެ. މި ހިނގާ އެޕްރީލް މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރި މި ހަރަކާތަށް އެރަށުން ބޮޑު ތަރުހީބެއް ލިބިފައިވާކަމަށް އެމް.ވައި.އެމް އިން ހާމަކުރެއެވެ. ޖުމްލަ 99 ކުދިން ބައިވެރި މިހަރަކާތަކީ މިހިނގާ އޭޕްރީލް މަހުގެ ނިޔަލަށް 7 އަހަރު ނުފު...

އަލީ އާދިލް
ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ

ޢީދު ދުވަހަކީ ހޯމަ، މާދަން ފަހު ރޯދަ

މާދަމާ އަކީ 1443 ވަނަ އަހަރުގެ ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން އިއުލާންކޮށްފި އެވެ. ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ވިދާޅުވީ، މިއަދު އިރުއޮއްސުނުއިރު ރާއްޖޭގެ އެއްވެސް ރަށަަކަށް އަދި އިސްލާމީ އެއްވެސް ގައުމަކަށްވެސް 1443 ވަނަ އަހަރުގެ ޝައްވާލު މަހުގެ ހަނދު ފެންމަތިނުވާނެ ކަމަށް އިތުބާރު ހުރި ފަލަކީ […]

އަލީ އާދިލް