ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅިއަކުން ލީކުވެ، އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވި ދެމައިންގެ ހާލު ރަނގަޅުކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ވިދާޅުވެއްޖެއެވެ. ކޭއާރުއެޗްގެ މީޑިއާ އޮފިސަރު މުޙައްމަދު މޫސާ ”ތިލަދުން” އަށް މިއަދު ވިދާޅުވީ، އެ ދެމައިން ފަރުވާއަށް އިއްޔެ އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ހެނދުނު 9:42 ހާއިރު ކަމަށެވެ. އިއްޔެ މެންދުރުން ފެށިގެން ދެ މައިންގެ ހާލުވެސް ރަނގަޅު ވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. ”އިއްޔެ މެންދުރުން ފެށ...
ޔުމްނާ ޢަލީ
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެންޗެސްޓާ ސިޓީއާއި، ކްރިސްޓަލް ޕެލަސްގެ މެޗުގައި ފަހަތުން އަރައި، 4-2 އިން ކްރިސްޓަލް ޕެލަސް ބަލިކޮށް ސިޓީން މެޗު ކާމިޔާބުކޮށްފިއެވެ. މިމެޗްގައި ހާލަންޑް ވަނީ 3 ގޯލް ޖަހައި އިނގިރޭސި ލީގުގައި އޭނަގެ ފުރަތަމަ ހެޓްރިކް ހަދާފައެވެ. ސިޓީ ކޮޅަށް މެޗުގައި ފުރަތަމަ ހާފުގައި ކްރިސްޓަލް ޕެލަސް އިން ދެ ގޯލު ޖެހިއިރު، މެޗުގެ ހަތަރު ވަނަ މިނިޓްގައި ޕެލަސް އިން ލީޑުނެގީ ސިޓީގެ ޖޯން ސްޓޯންސް އަތުން ބައިކޮޅަށް […]
އަލީ ރިޔާޟް
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހު ކުޅުނު މެޗުވެސް ކާމިޔާބުކޮށް ލީގުގައި ކުޅުނު 4 މެޗުންވެސް އާސެނަލް މޮޅުވެއްޖެއެވެ. ލީގުގައި ކުޅުނު 4 މެޗުން މޮޅުވުމުގެ ރެކޯޑް އޮތީ ހަމަ އެކަނި އާސެނަލް އަށެވެ. މި މެޗު އާސެނަލް ކާމިޔާބު ކުރީ ފަހަތުން އަރާ 2-1 ގެ ނަތީޖާއިން ފުލަމް ބަލިކޮށްގެންނެވެ. މެޗުގެ ފުރަތަމަ ގޯލު 56 ވަނަ މިނެޓްގައި ފުލަމްއަށް ކާމިޔާބު ކޮށްދިނީ އެލެކްސަންޑްރާ މިތުރޮވިޗް އެވެ. އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގެ އާސެނަލް އިން […]
އަލީ ރިޔާޟް
އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ލިވަޕޫލުން، ބޯންމައުތު ކޮޅަށް 9 ގޯލް ޖަހައި ލިވަޕޫލުން ބޮޑު މޮޅެއް ހޯދައިފިއެވެ. ވޭތުވެ ދިޔަ 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ލީގުގެ ފުރަތަމަ ތިން މެޗުގައި މޮޅެއް ނުލިބި އޮތް ލިވަޕޫލުން ބޯންމައުތު ކޮޅަށް 9 ގޯލު ޖެހިއިރު، އެ ޓީމަށް ލީޑުނަގައިދިނީ ތިން ވަނަ މިނިޓްގައި ލުއިޒް ޑިއާޒް ޖެހި ގޯލުންނެވެ. ހަ ވަނަ މިނިޓްގައި ހާވީ އެލިއަޓް ޖެހި ގޯލުން ލިވަޕޫލް […]
އަލީ ރިޔާޟް
އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ. މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގ...
އަލީ އާދިލް
މ. ދިއްގަރު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. ދިއްގަރުގައި މިރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އަރިހުގައި، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލާއި، ހެލްތު މިނިސްޓަރު އަލް އަޙުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ޙަ...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ (ހއ. އަތޮޅު) ކައުންސިލްތަކުގެ މާލީ ކަންކަން ހަރުދަނާ ކުރުމުގެ ގޮތުން ދައުލަތުގެ މާލިއްޔަތު ޤަވާއިދު، ވިޔަ މޮޑިއުލް އަދި ލޯކަލް ކައުންސިލްތަކުގެ މާލީ ބަޔާން ތައްޔާރުކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމެއް ފަށައިގެން ކުރިއަށް އެބަ ދެއެވެ. މި ޕްރޮގްރާމަކީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާއިން، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ތަމްރީނު ޕްރޮގްރާމް ފައްޓަވައިދެއްވީ ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކަ...
ޔުމްނާ ޢަލީ
އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭބީޑަބްލިއުސީއައި)ގެ ރާއްޖޭގެ ބްރާންޗް ރަސްމީކޮށް މިއަދު އިފްތިތާޙް ކޮށްފިއެވެ. މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައި އެކަމަށް އޮތް ރަސްމިއްޔާތެއްގައި އެ ބްރާންޗް އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އަދި އެއީ ބައިނަލްއަޤްވާމީގޮތ...
ޔުމްނާ ޢަލީ
ތެޔޮ ވިއްކާ ފަރާތްތަކުން މަސްވެރިންނަށް ތެޔޮ ވިއްކުމުގައި ތަފާތު ކުރުން ގެންގުޅޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޖަމިއްޔާއިން ބުނީ ތެޔޮ ވިއްކާ ޝެޑް ތަކުން އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް 16.32 ރުފިޔާ އަށް ވިއްކާ ކަމަށެވެ. ނަމަވެސް މަސްވެރިންނަށް ޑީސަލް ލީޓަރެއް ވިއްކަނީ އެއަށްވުރެ ބޮޑުކޮށް 19.02 ރުފިޔާއަށް ކަމަށް އެ ޖަމިއްޔާއިން ބުނެފަ ވެއެވެ. ”މީ ކޮންކަހަލަ އިންސާފެއްތޯ؟ ވަގުތުން ވަގުތައް މަސްވެރިންނަށް ތެޔޮ އަގުހެޔޮ […]
ޔުމްނާ ޢަލީ
މުލަކު އަތޮޅު މަޑުއްވަރީގެ ބަނދަރު ހަދާނީ މަޑުއްވަރީގެ ރައްޔިތުން ބޭނުންވާގޮތަށް ކަމަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިއަދު ވަނީ މުލަކު އަތޮޅު ފަސް ރަށަކަށް ކުރަށްވާ ދަތުރުފުޅެއް ފައްޓަވާފަ އެވެ. މި ދަތުރުފުޅުގެ ތެރެއިން މިއަދު މަޑުއްވަރީއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ މިއަދު އެރަށުގެ ކައުންސިލާ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމީޓީ އާއި ބައްދަލު ކުރެއްވިކަން ފާހަގަ ކުރަށްވާފައެވ...
ޔުމްނާ ޢަލީ
ހދ. ނޮޅިވަރަންފަރުގައި ގެގެއްގެ ބަދިގޭގައި ހުރި ގޭސްފުޅި ލީކުވުމުގެ ސަބަބުން ބަދިގޭގައި ރޯވެ އަންހެނަކަށާއި އޭނާގެ ދަރިފުޅަށް އަނިޔާވެއްޖެއެވެ. ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް ޢަބުދުﷲ ނަދީމް ”ތިލަދުން” އަށް ވިދާޅުވީ، މި ހާދިސާ ހިނގާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ. ނަދީމް ވިދާޅުވީ، ހާދިސާ ހިނގީ ގޭސް ލީކުވެފައި ހުރިކަން ނޭނގި އުނދުން ރޯކުރެވިގެން ކަމަށް ބެލޭވޭ ކަމަށެވެ. ”ދެމައިން ވެސް ވަނީ ފިހިފައި، ފިހިފައިވަނީ ހަށިގަނޑުގެ ކިތައް އިންސައްތަކަމެއް ދަންނަވާކަން ނޭނގޭ” ނަދީމް ވިދާޅުވިއެވެ. މިހާ...
ޔުމްނާ ޢަލީ
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައެވެ. މި މަޝްރޫއުގެ ދަށުން ބޭރުތޮށި ލުމުގެ މަސައްކަތުގެ 60 އިންސައްތަ ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަހައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ […]
އަޙްމަދު ވަހީދު
އިޓާލިއަން ސީރިއާ އޭ ގައި ރޭ އިންޓަ މިލާނާއި ލާޒިއޯ ކުޅުނު މެޗު ލާޒިއޯއިން ކާމިޔާބު ކޮށްފިއެވެ. ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން އިންޓަގެ މައްޗަށް ކުރި ހޯދާފައި ވަނީ 3-1 ގެ ނަތީޖާއަކުންނެވެ. ލާޒިއޯގެ ފަރާތުން ރަނގަޅު އެޓޭކްތަކެއް ފެނިގެންދިޔަ މި މެޗުގައި ފުރަތަމަ ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައި ވަނީ ވެސް އެ ޓީމުންނެވެ. ލާޒިއޯގެ ކެޕްޓަން އިމޯބިލޭ ފޮނުވާލި ހަމަލާ ގޮސްފައިވަނީ ގޯލު ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް […]
އިބްރާހިމް ޚަލީލް
ރާއްޖޭގެ އެއްވަނަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންތަކާއިއެކު ހއ ދިއްދޫ ކައުންސިލް ކަޕް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިމަހުގެ 28 އިން އަންނަމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގރންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި މިއަހަރު ޖުމްލަ 6 ޓީމުވަނީ ބައިވެރިވެފައެވެ. މިމުބާރާތުގައި ރާއްޖޭގެ އުރީދޫ ޕްރިމިއަ ލީގު އަދި އެފް އޭ ކަޕްގެ ތަށި ކާމިޔާބު ކުރި މާޒިޔާގެ 4 ކުޅުންތެރިން ބައިވެރިވެއެވެ. އެގޮތުން 2021 ވަނަ އަހަރުގެ ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަންޕު) […]
އިބްރާހިމް އަސްވާޤް
ދިހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުވާ ބިދޭސީ މީހާ ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު ޢަމަރުކޮށްފިއެވެ. ބިދޭސީ އަކު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ހުށަހެޅިފައިވާކަން ފުލުހުން ހާމަކުރެއްވީ ރޭގައެވެ. ފުލުހުން ވިދާޅުވިގޮތުގައި ޖިންސީ ގޯނާކޮށްފައި ވަނީ މާލޭގެ ފިހާރައެއްގެ ތެރޭގައެވެ. މި މައްސަލާގައި ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފައި ވަނީ 24 އަހަރުގެ ބިދޭސީ ފިރިހެނެކެވެ.
ޔުމްނާ ޢަލީ
ނޭކުރެންދޫ އިން 50 ބަންޑާރަ ގޯތި ދޫކުރުމަށް ނިންމައި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެރަށު ކައުންސިލުން ހުޅުވާލައިފިއެވެ. ނޭކުރެންދޫ ކައުންސިލުން ކުރި ޢިއުލާނެއްގައި ވިދާޅުވީ، އެރަށުން މީހުން ދިރިއުޅުމަށްޓަކައި 2000 އަކަ ފޫޓާއި 3000 އަކަފޫޓާއި ދެމެދުގެ 50 ގޯތި ދޫކުރުމަށް އެ ކައުންސިލުން ފާސްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުސޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް އެދި ހުށައެޅުމަށް ޝަރުތުހަމަވާ ފަރާތްތަކުން މިމަހުގެ 28 ވާ އާދިއްތަ ދުވަހުން ފެށިގެން އަންނ...
ޔުމްނާ ޢަލީ
ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް ލިބިއްޖެއެވެ. ފާއިތުވެދިޔަ ސީޒަންގައި ޔުއެފާގެ މަޤާމްތަކަށް ހޮވުނު ފަރާތްތަކުގެ ނަން އިޢުލާންކޮށް އެވޯޑް ހަވާލުކޮށްފައި ވަނީ ރޭ ތުރުކީގެ އިސްތަންބޫލުގައި ބޭއްވި ޗެމްޕިއަންސް ލީގު ގުރޫޕް ސްޓޭޖުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ބޭއްވި އިވެންޓްގައެވެ. ޔޫރަޕްގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ބެންޒެމާ ހޯދިއިރު، އެންމެ މޮޅު ކޯޗްގެ މަޤާމް ލިބިފަ...
އިބްރާހިމް ޚަލީލް
ނޫސްވެރިންނަށް މައުލޫމާތު ލިބޭ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހެއްކާއި ބެހޭ ބިލަށް އިސްލާހެއް ހުށަހެޅުމުގެ މަސައްކަތް މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ފަށައިފިއެވެ. އެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވެސް އެ ބިލާ މެދު އެމްޖޭއޭއާއި، އެމްއެމްސީން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން ކޮމިޓީ މަރުހަލާގައި ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ބިލަށް ވޯޓަށް އެހި ދުވަހު އިހުތިޖާޖުވެސް ކޮށްފައިވެއެވެ. ރައީސް އިބްރާހިމް މ...
ޝިއުނާ އާދަމް