މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,446 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1285 ވަނަ ޞަފްޙާ

ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ބާރަށު ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން ސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ. ބާރަށުގައި ހަދާ ފެރީ ހަޓްގެ މަސައްކަތް ނިންމާލައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަސައްކަތް ނިމިފައިވަނީ މިއަދެވެ. މި ފެރީ ހަޓަކީ އާރުޓީއެލްގެ ފެރީ ގެ ޙިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް ބޭނުންތެރި ތަނަކަށް ވާނެ ކަމަށް އެމްޓީސީސީން އުއްމީދު ކުރެއެވެ. މި މަޝްރޫއުގެ ދަށުން، ކިއޮސްކަކާއި، ވެއިޓިން އޭރިއާއަކާއި ޔުނިވާސަލް ޓޮއިލެޓެއް ވަނީ […]

މުޙައްމަދު ވަސީމް
އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

އާދަމް ސަލީމް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީއަށް

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “އާދަމް ސަލީމް ކަޕް 2021” ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އަހުލީ ޓީމުން ހޯދައިފިއެވެ. މުބާރާތުގެ ލީގުބުރުގެ ފަހު މެޗު މިއަދު ހަވީރު ހަނިމާދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅެފައިވާއިރު، އެ މެޗުގައި ބައްދަލު ކޮށްފައި ވަނީ އަހުލީއާއި ޔޫތު ފްރެންޑެސްއެވެ. މި މެޗު 3-2 ގެ ނަތީޖާއިން އަހުލީ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފައެވެ. މުބާރާތް ރާވާލާފައި ވަނީ ބައިވެރިވި […]

އިބްރާހިމް ޚަލީލް
މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސް، ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހދ. އަތޮޅުން ފެށިގެން ފ. އަތޮޅަށް ޔެލޯ އެލާޓް ނެރެފިއެވެ. ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން އިން ނެރުނު ސަމާލުގެ މެސެޖްގައި ބުނެފައިވާ ގޮތުން ސަމާލުގެ ވަގުތުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ. މީގެއިތުރުން ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން […]

ޔުމްނާ ޢަލީ
ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ

ފީނަން ގޮސްއުޅުނު މީހަކު ނިޔާވެއްޖެ

ރ. އުނގޫފާރުގައި ފީނަން ގޮސްއުޅުނު މީހަކު ގެނބިގެން ނިޔާވެއްޖެއެވެ. ފުލުހުން ވިދާޅުވީ، އުނގޫފާރުން ފީނަންދިޔަ މީހަކު ގެނބިފައިވާ ކަމުގެ މަޢުލޫމާތު އެ އިދާރާއަށް މިއަދު ލިބުނު ކަމަށެވެ. އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް އުނގޫފާރު ހޮސްޕިޓަލުން މައުލޫމާތު ދެއްވިކަމަށް ފުލުހުން ވިދާޅުވިއެވެ. މި ހާދިސާގައި ނިޔާވެފައި ވަނީ، 25 އަހަރުގެ މީހެކެވެ. މިކަމާއިގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.

ޔުމްނާ ޢަލީ
ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަ ކުރެހުމުގެ މުބާރާތެއް

ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ކުޑަކުދިންނަށް ހާއްސަކޮށްގެން ބާއްވާ ކުރެހުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މި ކުރެހުމުގެ މުބާރާތަކީ، ދިވެހި ފުލުހުންގެ ޚިދުމަތް މަދަނީ ޚިދުމަތަކަށް ބަދަލުވި ދުވަހާ ގުޅުވައިގެން ބާއްވާ މުބާރާތެއް ކަމަށެވެ. ސޯޅަ އަހަރުން ދަށުގެ ކުދިންނަށް ބައިވެރިވެވޭގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ތިން ތީމަކަށް ކުރެހުންތައް ކުރެހެއެވެ. އެ ތީމް ތަަކަކީ: ގުޅިގެން، ގާތުން، ރައްޔިތުންގެ ޚިދުމަތުގައި އަވައްޓެރި...

ޔުމްނާ ޢަލީ
ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭ: މެޓް

އިންޑޮނޭޝިއާގެ ސްމާޓްރާއަށް މިއަދު ހެނދުނު އައި ބިން ހެލުމުން ސުނާމީއެއް އުފެދޭނެ ކަމަށް ނުބެލެވޭކަމަށް ރާއްޖޭގެ މޫސުމާގުޅޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިރިއޮލޮޖިކަލް ސާވިސަސް، މެޓް އޮފީހުން ބުނެފިއެވެ. މެޓް އޮފީހުން ބުނީ އިންޑޮނޭޝިއާގެ ސުމަތުރާއަށް މިއަދު ހެނދުނު 8:29 ގައި ބިންހެލުމެއ އައިސްފައިވާ ކަމަށެވެ. ’’ރާއްޖެއަށްވެސް އިހުސާސްކުރެވުނު. މިބިންހެލުމުން ސުނާމީއެއް އުފެދޭނެކަމަށް ނުބެލެވޭ’’ މެޓް އޮފީހުން ބުންޏެވެ. މެޓް އޮފީހުން މައުލޫމާތު ދެއްވާގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މާލެއާއި...

ޔުމްނާ ޢަލީ
ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަށް ވާނީ ޔާމީން ވެރިކަމަށް ގެނެސްދިނުން: ހަސަނާ

ޤައުމަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަށް ވާނީ ޔާމީން ވެރިކަމަށް ގެނެސްދިނުން: ހަސަނާ

ޤައުމަށާއި ރަށްޔިތުންނަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަށް ވާނީ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްޤައްޔޫމް އަންނަ ދައުރަށް ވެރިކަމަށް ގެނަން މަސައްކަތް ކޮށްދިނުން ކަމަށް މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދު އަބުދުލް ޤާދިރު (ހަސަނާ) ވިދާޅުވެއްޖެއެވެ. އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މަސައްކަތް ކުރަށްވާ ހަސަނާ މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ. ހަސަނާ ވިދާޅުވީ، ޤައުމާއި ރަށްޔިތުންނަށް މިއަދު ކޮށްދެވޭނެ އެންމެ ބޮޑު އެއް ޚިދުމަތަކަށްވާނީ ޕީޕީއެމް/ޕ...

އަލީ އާދިލް
ޕީއެސްޖީ، މޮނާކޯ މެޗަށް ހަމަހަމަ ނިމުމެއް

ޕީއެސްޖީ، މޮނާކޯ މެޗަށް ހަމަހަމަ ނިމުމެއް

ފްރާންސްލީގުގައި އާދީއްތަ ދުވަހުގެރޭ ފްރާންސްގެ ގަދަ ދެބާރު ޕީއެސްޖީ އަދި މޮނާކޯ ބައްދަލުކުރިމެޗް 1-1 ގެނަތީޖާއިން ދެޓީމް އެއްވަރުވެގެން ނިމިއްޖެއެވެ. މެޗުގެ ފުރަތަމަ ގޯލު ޖަހައިފައިވަނީ މޮނާކޯ އިންނެވެ. މިގޯލް ކާމިޔާބު ކޮށްދިނީ 30 އަހަރުގެ ޖަރުމަން ފޯވާޑް ކެވިން ވޮލަންޑް އެވެ. ޕީއެސްޖީ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މަތީޖާ ހަމަ ހަމަ ކުރުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ އެމްބާޕޭ އަށެވެ. އެގޮތުން ފުރަތަަމަ ހާފުގެ އެންމެ ފަހު މިނެޓްގައި ޑީ […]

އަލީ ރިޔާޟް
ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ. އަތޮޅު ކައުންސިލުން ބާއްވާ ވޮލީބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފި

ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް އެ އަތޮޅަށް ހުޅުވާލައިގެން ބާއްވާ ވޮލީ ބޯޅަ މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ އޮކްޓޫބަރު މަހު ކުރިއަށް ގެންދިޔުމަށް ތާވަލުކޮށްފައިވާ މި މުބާރާތް ހޯސްޓް ކުރުމުގެ ފުރުޞަތު ހދ. އަތޮޅުގެ ސިޓީ/ރަށު ކައުންސިލް އިދާރާތަކަށާއި ރަޖިސްޓްރީކޮށްގެން ހިންގާ ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ ވިޔަފާރިތަކަށާއި ކްލަބް ޖަމިއްޔާތަކަށް ވަނީ ހުޅުވާލާފައެވެ. މުބާރާތް ހޯސްޓް ކުރުމަށް ޕްރޮޕޯސަލް ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 28 އޮ...

އިބްރާހިމް ޚަލީލް
ލެވަންޑޯސްކީއާއި ބެންޒެމާގެ ލަނޑުތަކުން ބާސާއާއި ރެއާލަށް ވެސް މޮޅެއް

ލެވަންޑޯސްކީއާއި ބެންޒެމާގެ ލަނޑުތަކުން ބާސާއާއި ރެއާލަށް ވެސް މޮޅެއް

ސްޕެނިޝް ލަލީގާގައި ރޭ ބާސެލޯނާ ކުޅުނު މެޗު ފަސޭހަކަމާއިއެކު ކާމިޔާބު ކުރިއިރު، ރެއާލް މެޑްރިޑުން ވެސް އެ ޓީމް ކުޅުނު މެޗު ކާމިޔާބު ކޮށްފިއެވެ. ބާސާގެ އަމިއްލަ ދަނޑުގައި ވަލަޑޮލިޑާއި ދެކޮޅަށް ކުޅުނު މެޗު ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މުޅި މެޗު ކޮންޓްރޯލް ކޮށްގެން ބާސާއިން ކުޅެފައިވާއިރު، މެޗުގެ ފުރަތަމަ ލަނޑު 24 ވަނަ މިނެޓުގައި ރަފީނިއާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލެވަންޑޯސްކީއެވެ. ދެވަނަ ލަނޑު 43 ވަނަ […]

އިބްރާހިމް ޚަލީލް
ކޭންގެ ދެގޯލުން ނޮޓިންހަމް އަތުން ޓޮޓެންހަމް މޮޅުވެއްޖެ

ކޭންގެ ދެގޯލުން ނޮޓިންހަމް އަތުން ޓޮޓެންހަމް މޮޅުވެއްޖެ

އިނގިރޭސި ލީގުގައި އާދީއްތަ ދުވަހުގެރޭ ކޭން ޖަހައިދިން ދެގޯލުން ނޮޓިންހަމް ގެ މައްޗަށް ޓޮޓެންހަމް ކުރި ހޯދައިފިއެވެ. ރޭ ޓޮޓެންހަމްގެ ފުރަތަމަ ގޯލު ކޭންޖެހީ މެޗުގެ ފަސް ވަނަ މިނިޓްގައި ކުލުސެވްސްކީގެ އެހީތެރިކަމާއިއެކުގައެވެ. މެޗުގެ ދެވަނަ ގޯލުޖެހީ 81 ވަނަ މިނެޓްގައި ރިޗާލިސަންގެ އެހީތެރިކަމާއެކުގައެވެ. މި ގޯލު ޖެހުމިގެ ކުރިން މެޗުގެ 56 ވަނަ މިނެޓްގައި ކޭން ފޮނުވާލި ޕެނަލްޓީ އެއް ނޮޓިންހަމްގެ ގޯލްކީޕަރު ޑީން ހެންޑަސަން ވަނީ މަތަކޮށްފަ އެވެ. މިމެޗުގައި ގިނަވަގުތު ބޯޅަ ހިފައްޓައިގެން […]

އަލީ ރިޔާޟް
އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެ

އއ. އަތޮޅުގެ ތިން ރަށެއްގެ މަގުބައްތި މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތާ ސްޓެލްކޯއިން ހަވާލުވެއްޖެއެވެ. އެ ކުންފުނިން ހަވާލުވީ އެ އަތޮޅުގެ އުކުޅަހާއި ތޮއްޑޫ އަދި ރަސްދޫގެ މަގުބައްތިތައް މަރާމާތުކޮށް، ބެލެހެއްޓުމުގެ މަސައްކަތާއެވެ. އެ ކުންފުނިން އެ ރަށްތަކުގެ މަގުބައްތިތަކާ ހަވާލުވީ، ބައެއް ބައްތިތައް ނިވި، އެ ރަށްރަށުގެ މީހުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ގޮތުންނެވެ. ސްޓެލްކޯއިން މިއަދު ވަނީ މި މަސައްކަތްތަކާ ހަވާލުވެ، ތިން ރަށުގެ ކައުންސިލާއެކު އެމްއޯޔޫއެއްގައި ސޮއި ކޮށްފައެވެ. މި...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ތިން ސްކޫލަކަށް ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށީ ތިން ސްކޫލަކަށް ސިޓީ ކައުންސިލުން ދޭ "ޕީ.ޓީ.އޭ ގްރާންޓް" އެއްބަސްވުމުގައި ސޮއިކޮށްފި

ކުޅުދުއްފުށި ސިޓީގައި ހުންނަ ތިން ސްކޫލްތަކަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ދޭ “ޕީ.ޓީ.އޭ ގްރާންޓް” އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި “ޕީ.ޓީ.އޭ ގްރާންޓް” ސްކީމް ދަށުން މި އެހީތެރިކަން ފޯރުކޮށް ދެނީ އެކަމަށް ހުޅުވާލި ފުރުސަތުގައި ޕްރޮޕޯސަލް ހުށަހެޅި ސްކޫލްތަކަށެވެ. މިގޮތުން މި ގްރާންޓް ސްކީމްގެ ދަށުން އެހީތެރިކަން ހޯދުމަށް އެ ސިޓީގައި ހުންނަ ސަރުކާރުގެ ތިން ސްކޫލް ކަމަށްވާ، ޖަލާލުއްދީން ސްކޫލާއި، ހދ. އަތޮޅު ތަޢުލީމީ މަރުކަޒާއި އަދި އަފީފުއްދީ...

ޔުމްނާ ޢަލީ
''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''

''ފެނަކައަކީ ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއް''

ފެނަކައަކީ މިއަދު ރައްޔިތުންގެ އިތުބާރު ލިބިފައި އޮތް ކުންފުންޏެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވީ މުލަކު އަތޮޅު ވޭވަށުގައި އަލަށް އިމާރާތްކުރި އިންޖީނުގެއާއި އޮފީސް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މިއަދު ދެއްކެވި ވާހަކަ ފުޅުގައެވެ. މިއަދު މެންދުރުކުރި ވޭވަށުގެ އާ އިންޖީނުގެ ސަރަޙައްދުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަސާސީ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓ...

ޔުމްނާ ޢަލީ
ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފި

މ. ވޭވަށުގެ އާ އިންޖީނުގެއާއި ފެނަކަ އޮފީސް ހުޅުވައިފިއެވެ. މި އިންޖީނުގެ ހުޅުވާފައިވަނީ މިއަދު އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ރަށުގެ އާ އިންޖީނުގެ ހުޅުވާފައިވަނީ 29 އަހަރުވީ ކުރީގެ އިންޖީނުގެ ނިއްވާލުމަށްފަހުއެވެ. މިހާރު ފެނަކަ ކޯޕަރޭޝަނުން އެ ރަށުގައި ހިދުމަތް ދޭނީ އާ އިންޖީނުގެއިންނާއި އާ އޮފީސް އިމާރާތުންނެވެ. ވޭވަށުގައި ކުރިން ހުރި އިންޖީނ...

އަޙްމަދު ވަހީދު
ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ހުޅުދޫ ބަނދަރުގެ މަސައްކަތް ނިމެނީ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނިގޮތުގައި މި މަޝްރޫއުގެ 91 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި ހާބަ ބްރިޖް ހެދުމާއި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 88،623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 114 މީޓަރުގެ ބޭރުތޮށި ލުމާއި، 624 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، […]

އަޙްމަދު ވަހީދު
ވޭވަށު ބަނދަރު ހުޅުވައިފި

ވޭވަށު ބަނދަރު ހުޅުވައިފި

މ. ވޭވަށުގެ ބަނދަރު ހުޅުވައިފިއެވެ. މި ބަނދަރު ހުޅުވާފައިވަނީ މިއަދު ހެނދުނު ވޭވަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބަނދަރު ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުއެވެ. މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕްލޭނިން، މިނިސްޓަރު މުޙައްމަދު އަސްލަމާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި، ހެލްތު މިނިސްޓަރު އަޙުމަދު ނަސީމާއި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީއާއި، ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފާއި، ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް...

އަޙްމަދު ވަހީދު
ޅައިމަގު އެއްގަމުތޮށިލާން ބޭނުންވާ ކޮންޓްރީޓް ގަލުގެ 3 ވަނަ ޝިޕްމަންޓް ގެންގޮސްފި

ޅައިމަގު އެއްގަމުތޮށިލާން ބޭނުންވާ ކޮންޓްރީޓް ގަލުގެ 3 ވަނަ ޝިޕްމަންޓް ގެންގޮސްފި

ށ. ޅައިމަގު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހާބަ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 58 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 31،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 350 [...

އަޙްމަދު ވަހީދު