އެމްއެންޑިއެފުގެ ފަރާތުން ހއ. އަތޮޅުގެ ތަކަންދޫއާއި މާރަންދޫގައި ފަޔާ އެވެއާނަސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޕްރޮގްރާމްތަކަކީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔާ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓުގެ ފަރާތުން އެރަށްތަކުގެ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ.

Ad
rt

މި ޕްރޮގްރާމްތައް އެ ދެ ރަށުގައި ވެސް ކުރިއަށް ގެންދިޔައީ މި ހިނގާ އޯގަސްޓް 27 ވަނަ ދުވަހު އެވެ. މިގޮތުން ތަކަންދޫ ގައި ހިންގި ޕްރޮގްރާމްގައި 30 މީހުން ބައިވެރިވެފައިވާއިރު، މާރަންދޫގައި ހިންގި ޕްރޮގްރާމްގައި 80 މީހުން ބައިވެރިވެފަވެއެވެ.

އެ ދެ ރަށުގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ހއ.ތަކަންދޫއިން 30 މީހުންނާއި ހއ.މާރަންދޫއިން 80 މީހުން ބައިވެރިވިއެވެ.

މި ޕްރޮގްރާމުގައި ކިޔަވައިދެވުނު ބައިތަކުގެ ތެރޭގައި އަލިފާންނިވި އަދި އަލިފާން ބްލޭންކެޓު ބޭނުން ކުރާނެ ގޮތުގެ އިތުރުން، އާންމުކޮށް ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަމަލުކުރަންޖެހޭ ރަނގަޅު ގޮތްތައް ހިމެނެއެވެ.

މި ޕްރޮގްރާމުގެ ބައިވެރިންނަށް މަޢުލޫމާތު ފޯރުކޮށްދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ފަޔަރ އެންޑް ރެސްކިޔު ސާވިސް ކޮމްޕޯނަންޓަށް ނިސްބަތްވާ ސިފައިންނެވެ.