ކުޅުދުއްފުށި ސިޓީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ މަޝްރޫއަށް ފައިސާ ހަމަޖެހި، މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިޢްވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއުވާން މިފަދައިން ވިދާޅުވީ ކޮންމެ ހަފުތާއަކު ވެސް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތިލަދުން ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.
ތިލަދުން ނޫހުން ކުރި ސުވާލަކީ ކުޅުދުއްފުށި ސިޓީގައި އެޅުމަށް މި ސަރުކާރުން ވައުދުވެފައިވާ 100 އެނދުގެ އައު ޓާރޝަރީ ހޮސްޕިޓަލުގެ ފެށޭނީ ކިހާތާކުތޯ އާއި އަލަށް ހަދާ އޯޕީޑީގެ މަސައްކަތުގެ އެންމެފަހުގެ މައުލޫމާތަކީ ކޮބައިތޯ އެވެ.
މީގެ ތެރެއިން އައު ޓާރޝަރީ ހޮސްޕިޓަލާއި ގުޅޭގޮތުން މިއުވާން ވިދާޅުވީ މިހާރުކުރިއަށް ދަނީ ޕޭޕަރވޯކްގެ މަސައްކަތާއި އެ ހޮސްޕިޓަލުގެ ޑިޒައިން ގެ ބީއޯކިޔު ހެދުމުގެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
މިއުވާން ވިދާޅުވީ އޯޕީޑީގެ މަސައްކަތުގެ މައުލޫމާތު ޖެހޭނީ ސާފުކޮށްލަން ކަމަށާއި އެ މައުލޫމާތު ފަހުން ފޯރުކޮށްދެއްވާނެ ކަމަށެވެ.
މިއުވާން އިތުރަށް ވިދާޅުވީ ކާޑިއޮކް ޑައިގްނޯސްޓިކް ސަރވިސް ކުޅުދުއްފުށިން މިހާރުލިބެން ހުންނާނެ ކަމަށާއި މި އައި އޮޕްޓިމައިޒޭޝަން ތެރޭގައި އެކަންދާ ކަމަށެވެ. އަދި އިތުރު ޚިދުމްތައް ވެސް ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް މިއުވާން ވިދާޅުވި އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!