ޔޫރަޕުގައި ސީޕޯޓް ޗާޖަރު ބޭނުންކުރަން މަޖުބޫރުކޮށް ގާނޫނެއް ފާސްކޮށްފި އެވެ.

ޔޫރަޕިއަން ޕާލަމެންޓުން ފާސްކުރި މި ގާނޫނަށް އަމަލު ކުރަން ފަށާނީ 2024 ވަނަ އަހަރުން ފެށިގެންނެވެ. މި ގާނޫނު ބުނާގޮތުން ސްމާޓް ފޯނުތަކާއި ޓެބްލެޓުތައް އަދި ކެމެރާތައްވެސް ޗާޖު ކުރުމަށް ބޭނުން ކުރަން ޖެހޭނީ ސީ ޕޯޓް އެވެ.

Ad
rt

މި ނިންމުމާއި އެކު އެންމެ ބޮޑު އަސަރެއް ކުރާނީ އެޕަލް ކުންފުންޏަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެޕަލް ކުންފުނިން ދަނީ ފެށުނީންސުރެ އެމީހުންގެ ޗާޖަރުތައް ޔޫއެސްބީ ސީ ޕޯޓް ޗާޖަރަށް ބަދަލު ކުރަން ދެކޮޅު ހަދަމުންނެވެ.

ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތައް ޔޫރަޕްގައި މާކެޓް ކުރުމުގައި އެޕަލް އުޅެނީ ވަރަށް ގިޔަރު މަތިކޮށެވެ. އެކަމަކު އީޔޫ ޕާރލަމެންޓުގެ މި ނިންޓުގައި އެޕަލްގެ ވިޔަފާރިއަށް ވަރަށް ބޮޑަށް އަސަރު ކުރާނެ އެވެ.

މި ނިންމުން އެ ޕާލަމެންޓުން ނިންމީ ގިނަ ދިރާސާތަކެއް ކުރުމަށް ފަހު އެވެ. އެގޮތުން ވަކިމުމާއި އެކު ޔޫރަޕްގެ މާކެޓަށް ވަކިވަކި ޗާޖަރުތަކުން ސްމާޓް ޑިވައިސްތަކަށް ބޭނުން ކުރުމަށް ވުރެ އެއް މޮޑެލްއެއްގެ ޗާޖު ކުރުމުން 247.3 މިލިއަން އެމެރިކާ ޑޮލަރު ސަލާމަތް ކުރެވޭނެ އެވެ.

2019 ވަނަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ޔޫރަޕްގެ ގައުމުތަކުގައި ދެބައި ކުޅައެއްބައި މީހުން ގެންގުޅޭ ސްމާޓް ޑިވައިސްތަކުގައި ހުންނަނީ ޔޫއެސްބީ މައިކްރޯ ބީ ޗާޖަރެވެ. ޔޫއެސްބީ ސީ ޗާޖަރު ގެންގުޅެނީ 29 ޕަސެންޓު މީހުންނެވެ. އަދި އެޕަލް ފޯނުތަކާއި ޓެބްލެޓުތުތަކަށް ހާއްސަ ޗާޖަރު 21 ޕަސެންޓު މީހުން ގެންގުޅެ އެވެ.