ހއ. އިހަވަންދޫގައި ރަޖިސްޓަރީ ކޮށްގެން ހިންގަމުން އަންނަ އިހަވަނަދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާގެ "ޣާޒީ ކަޕް ފުޓްބޯޅަ މުބާރާތް 2023" ގައި ހަ ޓީމެއް ބައިވެރި ވެއްޖެއެވެ.

މި މުބާރާތުގައި ބައިވެރި ވެފައިވާ ޓީމްތަކަކީ ފިއުޗަރ އެފްސީ، އެންވީކޭ، އެފްސީ ބޮޑުމަގު، ޖަންގަލް، ކުޅިމަގު އަދި ސެންސިޓީއެވެ.

Ad
rt

މި މުބާރާތަކީ އިމަގު ޖަމިއްޔާއިން އިސްނަގައިގެން އިހަވަންދޫ ޕޮލިސްޓޭޝަނާއި ގުޅިގެން، އެ ރަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް ރާވާފައިވާ ފުޓްބޯޅަ މުބާރާތެކެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އިހަވަންދޫގައި ދިރިއުޅޭ ޒުވާނުން ފުޓްބޯޅައަށް އޮންނަ ޝައުގުވެރިކަން އިތުރުކުރުމާއި، ޒުވާނުންގެ ޞިއްޙީ ދުޅަހެޔޮކަމަށް ކުޅިވަރުގެ ތެރެއިން އެދެވޭ ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް މަސައްކަތް ކުރުމާއި، ޒުވާނުންނަށް ކުޅިވަރު ކުޅުމަށް އިތުރު ފަހި ފުރުޞަތުތަކެއް ފަހިކޮށްދިނުމުގެ އިތުރުން ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމެވެ.

މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އިހަވަންދޫ ޣާޒީ ފުޓްބޯޅަ ދަނޑުގައެވެ. މުބާރާތް ފެށުމަށް ތާވަލު ކޮށްފައި ވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުއެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 10000 (ދިހަހާސް) ރުފިޔާ، ރަނަރަޕް ޓީމަށް 5000 (ފަސްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.