ރޯވި ''އާގަލާ'' ބޯޓު އަނދާހުލިވެ، އަޑިއަށް ހިނގައްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގައި، ލިބުނު ގެއްލުމުގެ ސަބަބުން އެ ބޯޓު މިއަދު 8:20 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ.

Ad
rt

އާގަލާ ބޯޓުގައި އަލިފާން ރޯވެގެން، އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރުއެވެ.

އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި 15 މީހުން ވަނީ ކަނޑަށް ފުންމާލާފައެވެ. އޭގެ ތެރެއިން 14 މީހުން ސަލާމަތްކޮށް، މ. މުލީ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެކަކު ގެއްލިއްޖެ

މިހާތަނަށް އެކަކު އަދިވެސް ފެނިފައި ނުވާއިރު އެއީ އިންޑިއާއަށް ނިސްބަތްވާ މީހެކެވެ. އެމީހާ ހޯދުމުގެ މަސައްކަތް ކަނޑާއި ވައިގެ މަގުން އަންނަނީ ކުރަމުންނެވެ.

އެ ބޯޓު ދަތުރުކުރަމުން ދިޔައިރު ތިބީ 5 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނާއި އިންޑިއާ 5 މީހުންނެވެ.