އުރީދޫ މޯލްޑިވްސް އިން މި ރޯދަމަހު ކޮންމެ ހުކުރު ދުވަހަކު އާއްމުންނަށް ރޯދަ ވީއްލުމެއް ދޭން ނިންމައިފިއެވެ.
އެ ކުންފުނިން ވަނީ"ކޮމިއުނިޓީ އިފްތާރު" ގެ ފުރަތަމަ ރޯދަވީއްލުން އިއްޔެ ސަލްމާން މިސްކިތުގައި ބާއްވާފައިފައެވެ.
“ކޮމިއުނިޓީ އިފްތާރު” އަކީ ރޯދަމަހަށް ހާއްސަކޮށްގެން ބާއްވާ "ހަދިޔާ" ދިނުމާއި ބަދަލުކުރުމުގެ ކެމްޕެއިންގެ ދަށުން އާއްމުންނަށް ހުޅުވާލައިގެން އުރީދޫން ބާއްވާ ހަރަކާތެކެވެ. އެ ކުންފުނިން ނިންމާފައި ވަނީ މި ރޯދަމަހުގެ ކޮންމެ ހުކުރު ދުވަހެއްގައި އާންމުންނަށް ހުޅުވާލައިގެން ރޯދަވީއްލުމެއް ބާއްވައި ދިނުމަށެވެ.
To bring the community together through the spirit of giving and unity this Ramadan, Ooredoo hosted the first #CommunityIftar in partnership with the @MVIaffairs. You can join us every Friday at King Salman Mosque. pic.twitter.com/BxwhqmXxTm
— Ooredoo Maldives (@OoredooMaldives) March 24, 2023
މި ރޯދަ ވީއްލުން އުރީދޫ އިން ބާއްވަނީ އިސްލާމިކް މިނިސްޓްރީއާ ގުޅިގެންނެވެ. ފުރަތަމަ ރޯދަވީއްލުމަށް ކާއެއްޗެހި ފޯރުކޮށްދިނީ ލެސޫކް ރެސްޓޯރަންޓުންނެވެ.
އިއްޔެގެ ރޯދަ ވީއްލުން ވަރަށް ކާމިޔާބު ކަމަށް އުރީދޫއިން ބުންޏެވެ. އެގޮތުން އެ ރޯދަވީއްލުމުގައި 200 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށް އެ ކުންފުނިން ބުންޏެވެ.
އުރީދޫއިން ބުނީ ރޯދަމަހަކީ އެކަކު އަނެކަކަށް އެހީތެރިވެ، މުޖުތަމައަށް ވީ ވަރަކުން އެހީތެރިވެ، ސޮދަގާތް ކުރުން ފަދަ އަޅުކަންތައްތައް އިތުރު ކުރަން ޖެހޭ މަހަކަށް ވާއިރު، އެއީ އެ ފަދަ ކަންތައްތައް ކުރުމުގައި މިސާލު ދައްކައި، އެ ފަދަ ކަންތައްތައް ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.
މި އަހަރުގެ "ހަދިޔާ" ތީމްގެ ދަށުން އުރީދޫން ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ މީހުންނަށް ފަސޭހަކަމާ އެކު އެމް-ފައިސާ މެދުވެރިކޮށް އިފްތާރް ޕެކް ހަދިޔާ ކުރެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދީފައެވެ.
މިއީ އުރީދޫން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސްއާ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!