އީރާނުގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ކުރި މަސައްކަތް ނާކާމިޔާބު: ރަޝިޔާ
އީރާނުގެ އިސްލާމީ ޖުމްހޫރިއްޔާގެ ވެރިކަން ބަދަލުކުރުމަށް އެމެރިކާއާއި އިސްރާއީލުން ގުޅިގެން ފަށާފައިވާ މަސައްކަތްތައް ފެއިލްވެ، ވޮޝިންގޓަން ވަނީ ސަރަހައްދީ ބޮޑު މަޅިއެއްގައި ތާށިވެފައި ކަމަށް ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާގެ މި ބަޔާނަކީ އެގައުމުގެ ޚާރިޖީ ސިޔާސަތަށް އައިސްފައިވާ ބޮޑު ބަދަލެއްގެ ގޮތުގައި މުހައްލިލުން ސިފަކުރެއެވެ. 12 މާރިޗު 2026 ގައި ކްރެމްލިންއާއި ރަޝިޔާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ދެއްވި ބަޔާނެއްގައި ވިދާޅުވީ، އެމެރިކާއާއި އިސްރާއީލުން ހިންގަމުންދަނީ ނާކާމިޔާ...