ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ރޭވުންތަކެއް ރޭވި ބަޔަކު އުރުދުން އިން ހައްޔަރުކޮށްފި
ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ރޭވުންތަކެއްގައި ބައިވެރިވި 16 މީހަކު އުރުދުން އިން ހައްޔަރުކޮށްފިއެވެ. އުރުދުންގެ ޖެނެރަލް އިންޓެލިޖެންސުން އަންގާރަ ދުވަހު ބުނެފައިވަނީ ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ރޭވުންތަކެއްގައި ބައިވެރިވި 16 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، މި ރޭވުންތަކުގެ މަޤްޞަދަކީ ހަމަނުޖެހުމާއި މާއްދީ ގެއްލުން ދިނުމުގެ ޒަރީއާއިން ޤައުމު ހަލަބޮލިކޮށްލުން ކަމަށެވެ. އޭޖެންސީން ހާމަކޮށްފައިވާ ގޮތުގައި މި ރޭވުންތައް 2021 އިން ފެށިގެން ނަގަހައްޓަމުން އައިސްފައިވެއެވެ. އަދި މީގެ ސަބަ...